Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަން ތާޖު ޤުރުއާން މުބާރާތް

ރަން ތާޖު ގދ. ތިނަދޫ އޮޑިޝަން 18 ވަނަ ދުވަހު

އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ން ފެށިގެން 6:00 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖެނުއަރީ 2023 | ހޯމަ 12:53
ރަންތާޖު ޤުރުއާން މުބާރާތުގެ އައްޑޫ ސިޓީގެ އޮޑިޝަންގެ ތެރެއިން

ރަންތާޖު ޤުރުއާން މުބާރާތުގެ އައްޑޫ ސިޓީގެ އޮޑިޝަންގެ ތެރެއިން

އައްޑޫ ސިޓީއަށްފަހު، ރަން ތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގެ ދެވަނަ ބުރު ގދ. ތިނަދޫގައި ބުދަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ގދ. ތިނަދޫގައި 18 ވާ ބުދަ ދުވަހު އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ން ފެށިގެން 6:00 އަށެވެ. އޮޑިޝަން އޮންނާނި ތިނަދޫގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ ހޯލުގައެވެ.

Advertisement - newsAdvertisement

މިހާތަނަށް ތިނަދޫއިން 11 މީހަކު ވަނީ އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައެވެ. ތިނަދޫގައި އޮންނަ އޮޑިޝަންގެ ޖަޖުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އަލްޤާރީ މުޙައްމަދު ނަޢީމް، އަލްޤާރީ މޫސާ އަޙްމަދު އަދި އަލްޤާރީ އިބްރާހީމް ޝިފާއުއެވެ.

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ރަން ތާޖު" ގެ އޮޑިޝަން ބާއްވާ ރަށްތަކާއި ތާރީހުތަކަށް ގެނައި ބަދަލުތަކާއެކު ކުރިން އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ރަށްތަކުގައި މިހާރު އޮޑިޝަން ނެތްނަމަވެސް އެރަށްރަށުގެ އޮޑިޝަންގައި ރަޖިސްޓްރީވި ފަރާތްތަކަށް ފުރުސަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މުބާރަތް ލޯންޗު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އޮޑިޝަންގެ މަރުހަލާގައި ދަތުރުފަތުރުކުރުމާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސާނީ އެބައިވެރިއަކު އަމިއްލައަށެވެ . ނަމަވެސް އޮޑިޝަނަށްފަހު ހޮވޭ 20 ބައިވެރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮންނަ އޮޑިޝަންތަކުން އެންމެ މަތިން މާކްސް ލިބޭ 20 ބައިވެރިން ކަނޑައަޅާނެއެވެ. މުބާރާތުގެ ޖަޖުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް ގާރީ ބޭފުޅުންގެ 10 ބޭފުޅުން ހިމެނޭނެއެވެ. މީގެ އިތުރުން މުބާރާތުގައި ރާއްޖެއިން ބޭރުގެ ފުންނާބު އުސް ޤާރީންވެސް ޖަޖުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދެމެދުގައެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރެވޭނެއެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާނެ ތާރީހުތައް:

15 ޖެނުއަރީ 2023 - ސ. ހިތަދޫ

18 ޖެނުއަރީ 2023 – ގދ ތިނަދޫ

21 ޖެނުއަރީ 2023 – ދ ކުޑަހުވަދޫ

1 ފެބްރުއަރީ 2023 - ބ. އޭދަފުށި

4 ފެބްރުއަރީ 2023 – ހދ ކުޅުދުއްފުށި

އަދި 16 ފެބްރުއަރީ 2023 - މާލެ

މުބާރާތުގައި ވަކިވެގެންދާ ބައިވެރިން ކަނޑައެޅުމުގައި އެއްވަނަ ޝޯގައި ކިޔަވާ 20 ބައިވެރިންގެ ތެރެއިން 5 ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ދެވަނަ ޝޯގައި ކިޔަވާ 15 ބައިވެރިންގެ ތެރެއިން 4 ބައިވެރިން މުބާރާތުން ވަކިވެގެންދާއިރު ތިންވަނަ ޝޯގައި ކިޔަވާ 11 ބައިވެރިންގެ ތެރެއިން ދެ ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ހަތަރު ވަނަ ޝޯގައި ކިޔަވާ ބައިވެރިންގެ ތެރެއިން ދެ ބައިވެރިން، ފަސް ވަނަ ޝޯގައި ކިޔަވާ 7 ބައިވެރިންގެ ތެރެއިން ދެ ބައިވެރިންވެސް ވަކިވެގެން ދާނެއެވެ. ހަވަނަ ޝޯގައި ކިޔަވާނީ މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިންނެވެ. މި ބައިވެރިންގެ ތެރެއިން 1 ވަނަ ބައިވެރިޔަކު ހޮވިގެންދާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތްގދ. ތިނަދޫމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
10 ސެޕްޓެމްބަރު 2025

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު