Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާޖަންޓް އާދަމްގެ މަރު

ޕޮލިސް ސާޖަންޓް އާދަމްގެ މަރު: ސަމާހުގެ ވަކީލާ ގުޅޭ ޝަކުވާތަކެއް ހުރުމުން ވަކީލު ވަކިކޮށްފި

އޭނާ ޝަރީއަތުގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 05:14
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގެ އަޑުއެހުންތައް ފަށައިފިއެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

Advertisement - newsAdvertisement

މުހައްމަދު ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދު ކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފައެވެ.

އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީއެވެ.  

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސާޖަންޓު އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

ޑިއުޓީއަށް ދިޔަ މަގުމަތީގައި އެ އޮފިސަރަށް ޙަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.

ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމްކުރީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އަދި އޭނާގެ ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.

މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށާއި، އެފަދަ އިއުތިރާފްތަކާ އެއްގޮތަށް ހުކުމް ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ އިސްތިއުނާފު ހުށައެޅުމެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެންކަން ފާހަގަކޮށް އިސްތިއުނާފު ހުށައަޅުއްވަމުން އޭނާގެ ވަކީލު ވިދާޅުވީ، އެ އިއުތިރާފުގެ ސައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އޭނާގެ ވަކީލު ވިދާޅުވީ، ޙަމަލާ ދިންއިރު އޭރު ހުރީ މަސްތުގެ ޙާލަތުގައި ކަމަށެވެ.  

އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި އެ ޙުކުމް ބާތިލު ކޮށްދެއްވުމަށާއި، އެ ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްވެސް ބާތިލުކޮށްދޭން އެދިފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ސަމާހު ވަނީ އޭނާގެ ވަކީލު ބަދަލުވުމާއި، ވަކީލަކު އައްޔަނު ކުރުމުގެ ކަންކަން ދިޔަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނާ ގޮތުގައި އެކި ފަހަރުމަތިން ވަކީލުން ބަދަލުވެ، ސުޕްރީމް ކޯޓުގެ މަރުޙަލާއަށްވީއިރު ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބިފައެއް ނުވެއެވެ. އެކަން ބަޔާންކޮށް އެކި ފަހަރުމަތިން އޭނާ ވަނީ ބަންޑާރަނައިބުގެ އޮފީހަށް ސިޓީވެސް ހުށައަޅާފައެވެ.

މިއަދާ ހަމައަށްވެސް އެ ވަކީލުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ. އޭނާ މިހާރު އެދެނީ އެކަށީގެންވާ ވަކީލެއްގެ އެހީތެރިކަން ލިބެންދެން މި މައްސަލައިގެ ޝަރީއަތް ފަސް ކޮށްދިނުމަށެވެ.

އޭނާ ބުނާ ގޮތުގައި އޭނާ ޝަރީއަތުގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުއެވެ. އެގޮތުން އަމިއްލައަށް ވަކީލަކު ހަމަޖެއްސޭތޯވެސް އޭނާ މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.

އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާގެ ވަކީލު ވިދާޅުވީ، ސަމާހު ދެއްކި ވާހަކަތަކުގައި ހަގީގަތްތަކެއް އެކުލެވޭ ކަމަށެވެ. ވަކީލު ބައްދަލުވުން ހަމަޖައްސައިދެނީ އޭޖީ އޮފީހުންކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް އޭޖީ އޮފީހުގެ ދަތުރުތައް ހަމަޖެއްސުމުގެ އިންތިޒާމުތައް އޮންނަ ގޮތުން އެކަމުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކުރެވުނު ހިސާބުންވެސް މުވައްކިލާ ބައްދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ކަރެކްޝަނަލް ސަރވިސްއިން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސިފައި ނުވާތީ އެކަން ނުވީކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވާ ގޮތުގައި އެންމެ ފަހުންވެސް އޭނާ ސަމާހުއާ ބައްދަލުކޮށްފައިވަނީ އަމިއްލަ ޚަރަދުގައި ގޮހެވެ.

އޭނާގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދިމާވަމުންދަނީ އޭނާގެ އަމިއްލަ ބާރު ނުފޯރާ ޒާތުގެ ގޮންޖެހުންތަކެކެވެ.

ފަނޑިޔާރުގެ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާގެ ވަކީލު އިތުރަށް ވިދާޅުވީ، އޭނާ މުޙައްމަދު ސަމާހުއާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާއަށް ކުރެވުނު މަސައްކަތެއް މިހާތަނަށްވެސް ކޮށްފައިވާނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މި މައްސަލައިން އޭނާގެ ވަކީލު ވަކި ކުރެއްވުމަށް ނިންމަވާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސަމާހު އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވާތީ، އޭނާއަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަރުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު