Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބުގެ ޚަރަދު ކުޑަ ކުރަން މަސައްކަތްކުރާނަން، 10 މިލިއަން ކުޑަކުރެވިދާނެ ކަަމަށް ބެލެވޭ: އިލެކްޝަން

އިންތިޚާބު ބޭއްވުމަށް ޚަރަދު އަންދާޒާކުރީ 120 މިލިއަން ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 12:26
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ރިޔާސީ އިންތިހާބުގެ ޚަރަދުތައް ކުޑަ ކުރުމަށް މަސައްކަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިކަންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބުގެ ޚަރަދު ކުޑަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 10 މިލިއަން ރުފިޔާ ޚަރަދު ކުޑަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ހަރަދު ކުޑަކުރެވޭނެ ގޮތްގޮތް ފެންނަ ކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް އިންތިހާބުގެ ކަންކަމުގައި ބޭނުންކުރެވޭ މިންވަރު އިތުރު ކޮށްގެން ޚަރަދު ކުޑަ ކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހޭ ނަމަ އިންތިހާބު ބޭއްވުމަށް މިހާރު ބަޖެޓުކޮށްފައިވާ އަދަދުގެ އިތުރަށް މަދުވެގެން 30 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ޚަރަދު އަންދާޒާކުރީ 120 މިލިއަން ރުފިޔާ ކަމަށާއި އިންތިޚާބު ބޭއްވުމަށް ލިބުނީ 90 މިލިއަން ރުފިޔާ ކަމަށް ވުމުން ދަތިތަކެއް ހުރިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ބޭނުންވާ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ފުވާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތިޚާބުގެ ޚަރަދުތަކާއި މެދު ފިނޭންސް މިނިސްޓްރީ އާއި ވާހަކަދެކެވެމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެެއްގެ ގޮތުގައި އީސީއިން ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ގޮސްފި ނަމަ ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހެވެ. އިންތިހާބުގައި ކެނޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން އޮގަސްޓު މަހުގެ ތިންވަނަ ދުވަހާއި ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބުފުއާދު ތައުފީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު