Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ކޮވިޑުން ރާއްޖެ ސަލާމަތްކުރެއްވި ކުޅަދާނަ ގޮތް، މުޅި ދުނިޔެއަށް ނަމޫނާއަކަށް

15 ޖެނުއަރީ 2023 | އާދީއްތަ 10:32

374658 ގޭބިސީއެއްގެ ކަރަންޓު ބިލަށް 209.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ޖެނުއަރީ 2023 | އާދީއްތަ 10:32
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ)އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ)އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން

ވެރިކަމެއްގެ ކާމީޔާބީ މިނެކިރާލެވޭ އެއްގޮތަކީ ވެރިކަމެއްގައި އެ ގައުމަކަށް ކުރިމަތިވާ ކާރިސާއެއް މެނޭޖްކުރުމުގައި އަމަލުކުރާ ގޮތެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑުގެ ވަބާއަކީ އެފަދަ ކާރިސާއެކެވެ. ނުވެސް އެނގިތިއްބައި ކުއްލިއަކަށް އެކުރިމަތިވި ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުނެވެ. ބޮޑެތި ގައުމުތަކުގެ ހާލަތު ގޯސްވެ މެނޭޖް ނުކުރެވިގެން ދިޔައެވެ. ދުނިޔޭގެ މުއްސަނދި ގައުމުތައްވެސް ގޮތް ހުސްވެ، ގައުމުގެ ބޯޑަރުތައް ބަންދުކޮށް ގިނަ ދުވަހަށް ތިބެން ޖެހުނެވެ.

އެކަމުން ލިބޭ އާމްދަނީއަށް ރާއްޖޭގެ އިގުތިސޯދު ބޮޑަށް ބުރަވެފައިވާ ފަތުރުވެރިކަން އެއްކޮށް ހުއްޓާލައި ރާއްޖޭގެ ބޯޑަރުވެސް ބަންދުކުރިއެވެ.

ގިނަ ގައުމުތަކެއް ބަނޑަށްޖެހި 6.7 މިލިއަނަށްވުރެ ގިނަ މީހުން މަރުވި މިކާރިސާ ކުރިމަތިވިހިނދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންގެ ފުރާނައަށާއި ރައްޔިތުންގެ އާއްމު ހާލަތަށެވެ. ރައްޔިތުން ނިކަމެތިވެ ބަނޑަށް ޖެހުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުއްވުމަށެވެ. ސަރުކާރު މުވައްޒަފުންގެ ވަޒީފާތައް އެގޮތުގައި ދަމަހައްޓައި އެވެރިންގެ މުސާރައިން ލޯލާރިއެއްވެސް އުނިނުކޮށް ސިވިލް ސަރވަންޓުންގެ ކަންކަން ހަމަޖެއްސެވިއެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންގެ އާއްމު ހާލަތަށް މެދުވެރިވި ނުތަނަވަސްކަން ފިލުވައި މާލީގޮތުން އެހީތެރިވުމަށްޓަކައި، 374658 ގޭބިސީއެއްގެ ކަރަންޓު ބިލަށް 209.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް ސަރުކާރުންވަނީ ދީފައެވެ. އަދި 209421 ގޭބިސީއެއްގެ ފެންބިލަށް 88.6 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ވަނީ ދީފައެވެ. ގޭގައި ކުރަމުންއައި، ކޭކު އެޅުމާއި ފެހުންފަދަ ކުދި ވިޔަފާރިތަކަށް ލިބުނު ހީނަރުކަން ފިލުވައި، އަމިއްލަ ކުންފުނިތަކުން ވަޒީފާގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 22940 ފަރާތަކަށް މިހާތަނަށް 421 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވެއެވެ. ކޮވިޑާ ގުޅިގެން އާއްމު ރައްޔިތުންނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސްޓިމިއުލަސް ލޯނުގެ ގޮތުގައި ޖުމުލަ 3.27 ބިލިއަން ރުފިޔާގެ ލުއި ލޯނު ފޯރުކޮށްދިނެވެ.

ކޮވިޑަށްފަހު އެއްމެ ފުރަތަމަ ބޯޑަރު ހުޅުވި ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ކުޑަކުޑަ ދިވެހިރާއްޖެއެވެ. އެކަން ކުރުމަށްޓަކައި ޓެސްޓިންގ ކެޕޭސިޓީ ސުމަކުން 5600އަށް އިތުރުކުރެވުނެވެ. ކަރަންޓީންވުމަށް 3000ށްވުރެގިނަ އެނދު، އަދި އައިސޮލޭޝަންއަށް 2000ށްވުރެ ގިނަ އެނދު ގާއިމްކުރިއެވެ. އެކި ރަށްރަށުގައި އަލަށް އިންވެސްޓްކޮށްގެން ހަދާފައިވާ ކޮވިޑް-19 ފެސިލިޓީތަކާއި ހޮސްޕިޓަލް 442 އެނދު އިތުރުކުރިއެވެ.

ކޮވިޑުން އަރައިގަތުމަށް އެންމެބޮޑު އިސްކަމެއް ސަރުކާރުން ދިނީ ވެކްސިން ހޯދުމަށެވެ. އެގޮތުން ވެކްސިން ނުވެސް އުފެއްދެނީސް އެވެކްސިން ހޯދުމުގެ މަސައްކަތް ދެގޮތަކަށް ސަރުކާރުން ވަނީ ފަށާފައެވެ. އެއީ ހިލޭ ލިބިދާނެ ވެކްސިން ހޯދުމަށާއި، ހިލޭ ނުލިބިއްޖެނަމަ ގަނެގެންވެސް އެ ވެކްސިން ހޯދުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެންމެއަވަހަށް ވެކްސިން ލިބުނު މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެވެ. ދޭސީއެއް ބިދޭސީއެއް ނުބަލައި އެންމެނަށް ހިލޭ ވެކްސިން ފޯރުކޮށްދިން ގައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން މިހާތަނަށް 385,082ށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްދީފައިވެއެވެ.

ކޮވިޑާގުޅިގެން ދެއަހަރަށްވުރެ ގިނަ ދުވަސް އެކަމުގައި ހޭދަކުރަން ޖެހުނުއިރުވެސް ސަރުކާރުން ފަށާފައިވާ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިޔައެވެ. އަދި އިގުތިސޯދު މެނޭޖްކުރެވި އެންމެ އަވަހަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި މިކުޑަކުޑަ ދިވެހިރާއްޖެ ހިމެނޭކަމަށް ބޭރުގެ މާލީ އިދާރާތަކުން އެ ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް ކޮވިޑްގެ މިއާލަމީ ވަބާގައި ރައީސް ސޯލިހު ރާއްޖޭގެ ހާލަތު ކޮންޓްރޯލް ކުރައްވައި، އިގުތިސޯދު މެނޭޖްކުރެއްވި ގޮތް އެއީ ރައީސްގެ ކުޅަދާނަ ލީޑަރޝިޕް ރަމްޒުކޮށްދޭ އެއްކަމެވެ. އިމްޕޯޓަށް ބަރާސޯވެފައިވާ މިގައުމު، ކާބޯތަކެއްޗަށާއި ބޭސްފަރުވާއަށް ޖެހުނަކަ ނުދެއްވިއެވެ. ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިގެންދިޔަނަމަވެސް، ރާއްޖޭގައި ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް އަދި އާއްމު ވިޔަފާރިތަކަށް ދެއްވި އެހީތެރިކަމަކީ ނަމޫނާއެކެވެ. ކޮވިޑްގެ ދުވަސްވަރު މެނޭޖްކުރެއްވިގޮތުން ސާބިތުވެގެންދިޔައީ ރައީސް ސޯލިހުގެ ކުޅަދާނަ ލީޑަރޝިޕެވެ. މުޅި ރާއްޖެ އަދި މުޅި ދުނިޔެ ރައީސަށް އެކަމުގައި ސެލިއުޓް އަރުވައެވެ.

ރައީސް ސާލިހު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
11 ސެޕްޓެމްބަރު 2023

ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު
01 ސެޕްޓެމްބަރު 2023

އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ

01 ސެޕްޓެމްބަރު 2023
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
01 ސެޕްޓެމްބަރު 2023

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

01 ސެޕްޓެމްބަރު 2023
ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް
28 އޯގަސްޓު 2023

އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް

28 އޯގަސްޓު 2023
އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް