Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުދަލު ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ލިބުނީ 91.5 މިލިއަން ރުފިޔާ

މިއީ 2021 ވަނަ އަހަރު ބަލައިގަތް އަދަދަށްވުރެ 0.4 އިންސައްތަ އިތުރު އަދަދެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 11:14
ޒަކާތް ދިނުން

ޒަކާތް ދިނުން

މިދިޔަ އަހަރު ނިމުނުއިރު މުދަލު ޒަކާތުގެގޮތުގައި 91.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް, މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 91،539،895ރ. (ނުވަދިހަ އެއް މިލިއަން ފަސްލައްކަ ތިރީސް ނުވަ ހާސް އަށްސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ވަނީ ބަލައިގެންފައެވެ. މިއީ 2021 ވަނަ އަހަރު ބަލައިގަތް އަދަދަށްވުރެ 0.4 އިންސައްތަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު ނިމުނުއިރު މީރާއިން މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 91،519،250ރ. (ނުވަދިހަ އެއް މިލިއަން ފަސް ލައްކަ ނަވާރަ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު މީރާއިން ބަލައިގެންފައިވާ މުދަލުޒަކާތުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، 91.4 މިލިއަން ރުފިޔާ ބަލައިގެންފައިވަނީ ދިވެހި ފައިސާއިންނެވެ. އަދި 8،315 ޑޮލަރު ވަނީ ބަލައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ދެ ފަހަރަކު، މުދަލުގެ ޒަކާތް ވާޖިބުވާ ނިސްބަތަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޖޫން މަހު ކަނޑައަޅާފައިވާގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6396.25 ރުފިޔާއެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ކަނޑައެޅި ގޮތުގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 5777.45 ރުފިޔާއެވެ.

އާންމު ގޮތެއްގައި މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ)އިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

ނިސާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ، އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.

މީގެ ކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތް ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ.

މުދަލު ޒަކާތްމީރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު