Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ނިކުންނާނީ ކުރީ މެޗުން ފިލާވަޅުތަކެއް ދެނެގަނެގެން

14 ޖެނުއަރީ 2023 | ހޮނިހިރު 04:38

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 6-3 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2023 | ހޮނިހިރު 04:38
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނީ ކުރީ މެޗުން ފިލާވަޅުތަކެއް ލިބިގަނެގެން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ސީޒަންގެ ލީގުގައި މި ދެ ޓީމު ވަނީ ސިޓީގެ ދަނޑުގައި ކުރިން ބައްދަލުކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 6-3 އިންނެވެ. އެ މެޗުގައި ސިޓީގެ އާލިން ހާލަންޑު އާއި ފިލް ފޮޑެން ހެޓްރިކު ވެސް ހެދި އެވެ. ނަމަވެސް އޭގެ ފަހުން ޔުނައިޓެޑުން އަންނަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކުރަމުންނެވެ.

ލީގުގައި ޔުނައިޓެޑު އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވާއިރު، އެ ޓީމު ވަނީ އެފްއޭ ކަޕާއި ކަރަބޯ ކަޕްގެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ޓެން ހާގް ބުނީ ކުރިން މެޗުން ލިބުނީ ރަނގަޅު ފިލާވަޅެއް ކަމަށާއި، އޭގެން ކަންކަން ދެނެގަނެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ޓެން ހާގް ބުނީ އެ މެޗަކީ ނިމިފައި އޮތް މެޗެއް ކަމަށާއި، އެ މެޗުގެ ވާހަކަ ދައްކައިގެން ކުރެވޭނެ ކަމެއް މިހާރު ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް މެޗުން ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެއީ މާޒީ ކަމަށާއި، އެއްވެސް މީހަކަށް މާޒީ ބަދަލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް މުސްތަޤުބަލު ބަދަލު ކުރެވިދާނެ ކަމަށެވެ. އިތުރަށް ޓެން ހާގް ބުނީ، ކޯޗެއްގެ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ގިނަ ކަންކަން ހުރަސްކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް ދާން ބޭނުންވާ މިސްރާބަކާއި ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ސިޓީން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ އަށް ބަލަން މާބޮޑަށް ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ސިޓީން ކުޅޭ ބައިވަރު މެޗުތައް ފެންނަ ކަމަށާއި، ބޭނުންވަނީ ޔުނައިޓެޑުގެ ރަނގަޅު ކުޅުން ދައްކައި މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ. ލީގުގައި އެންމެ ފަހުން ސިޓީން ކުޅުނު މެޗު އެއްވަރުވެފައިވާއިރު، ސައުތެމްޓަން އަތުން ބަލިވެ އެ ޓީމު ވަނީ ކަރަބޯ ކަޕް އިން ވެސް ކަޓައިފަ އެވެ.

ލީގުގައި ޔުނައިޓެޑާއި ސިޓީ ބައްދަލު ކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:30 ގައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީމެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް