Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

މިދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން މަސްތުން ސަލާމަތްވެ މުޖުތަމައަށް ނެރުނު: އެންޑީއޭ

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކަށް ވަނީ ފަރުވާދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖެނުއަރީ 2023 | ހުކުރު 08:00
އެންޑީއޭ

އެންޑީއޭ

ފަރުވާ ފުރިހަމަ ކުރުމަށްފަހު، މި ނިނުމު 2022 ވަނަ އަހަރު 200 އަށްވުރެ ގިނަ މީހުން މުޖުތަމައަށް ނެރެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.

އެންޑީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކަށް ވަނީ އެ އިދާރާ މެދުވެރިކޮށް ފަރުވާ ދީފައެވެ. މީގެ ތެރެއިން ފަރުވާ ނިންމައި، މުޖުތަމައަށް ނެރެފައިވަނީ 242 މީހުންނެވެ. އަދި 775 މީހުން މިހާރު ވެސް ފަރުވާ ހޯދަމުން ކަމަށް ވަނީ ބުނެފައެވެ.

އެންޑީއޭއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓަރުތައް ހިންގަމުން އަންނައިރު އެ އިދާރާއިން ވަނީ އެ ސެންޓަރުތަކުގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ އަދަދު ވެސް ހާމަކޮށްފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު މިވަގުތު ފަރުވާ ހޯދަމުންދަނީ މާލޭގައި ހުންނަ ކޮމިއުނިޓީ ސަރވިސް ސެންޓަރުންނެވެ. އެ ސެންޓަރުގެ އިތުރުން ހުޅުމާލެ ހާފްވޭ ހައުސް އާއި ހިންމަފުށީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރުގެ ތެރެއިން ކޮންމެ ސެންޓަރަކުން ވެސް 100 އަށްވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

އެންޑީއޭގެ ސެންޓަރުތަކުން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު:

އެންޑީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ ފަސް އިންސައްތަ މީހުން ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން އަމިއްލައަށް އެދިގެން ފަރުވާ ހޯދަމުން އަންނައިރު އަދިވެސް ބޮޑު އިންސައްތައެއް ފަރުވާ ހޯދަނީ ކޯޓު އަމުރުގެ ސަބަބުން ކަމަށް އެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެ އިދާރާގެ  ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ގޮންޖެހުންތަކާ ދިމާވެއެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމަައުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމެވެ. އެ ވިސްނުން ބަދަލުކޮށް މުޖުތަމައުން އެ މީހުން ބަލައިގަންނަން ފެށުމުން އަމިއްލައަށް ފަރުވާއަށް އެދި ދާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަން ވެސްވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ގެނައި ބަދަލާއެކު އެންޑީއޭ ވަނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ހެލްތު މިނިސްޓްރީން ވަނީ އެންޑީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އެޖެންސީ ބޯޑު އެކުލަވާލައިފައެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީމަސްތުވާތަކެތި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
20 ނޮވެމްބަރު 2025

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
14 ނޮވެމްބަރު 2025

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި

14 ނޮވެމްބަރު 2025
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު