Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ

ބޮމުގެ ހަމަލާގެ ޝިކާރައަކަށްވި މީހުންނަށް ބަދަލެއްގެ ގޮތުގައި 100 މިލިއަން ރުޕީސް ދޭން ސިރިސޭނަގެ މައްޗަށް ހުކުމްކޮށްފި

12 ޖެނުއަރީ 2023 | ބުރާސްފަތި 17:37

ސްރީލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި 269 މީހުން ވަނީ މަރުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2023 | ބުރާސްފަތި 17:37
ސިރިސޭނަ

ސިރިސޭނަ

2019 ވަނަ އަހަރު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންނާއި އަނިޔާ ލިބުނު މީހުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި 100 މިލިއަން ރުޕީސް ދައްކަން، ސްރީލަންކާގެ ކުރީގެ ރައީސް މަތިރިޕާލަ ސިރިސޭނަގެ މައްޗަށް ހުކުމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސްރީލަންކާގެ ސުޕްރީމް ކޯޓުން މިފަދަ ހުކުމެއް ކޮށްފައިވާއިރު، މި ހުކުމަކީ 2019 ވަނަ އަހަރު ކްރިސްޓިއަނުންގެ ދީނީ ހަރަކާތެއް ކަމަށްވާ "ސަންޑޭ އީސްޓަރ"ގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ. މި ހަމަލާގެ މައުލޫމާތު އެ ގައުމުގެ އިންޓެލިޖެންސް އިދާރާތަކުން ދިން ނަމަވެސް އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ސިރިސޭނައާމެދު ޖިނާއީ ތަހުގީގެއްވެސް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ދަނީ ކުރަމުންނެވެ.

އެ ހުކުމަކީ ސުޕްރީމްކޯޓުގެ ހަތް މެމްބަރުން ހިމެނޭ ބެންޗުން އިއްވާފައިވާ ހުކުމެކެވެ. އެ ކޯޓުން ވަނީ، ޖާނުން ފިދާވެގެން ދިން އެ ހަމަލާތައް ހުއްޓުވުމަށް އެކަށީގެންވާ މައުލޫމާތު އޭރުގެ ސަރުކާރަށް ލިބުނުކަން ފާހަގަކޮށްފައެވެ. ނަމަވެސް ސިރިސޭނަގެ ސަރުކާރުން އެކަން ހުއްޓުވަން ނުކުޅެދިފައިވާ ކަަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ހަމަލާގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާގައި 100 މިލިއަން ރުޕީސްގެ ބަދަލެއް ދޭން ސިރިސޭނަގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، ހަމަލާގެ ޖާސޫސީ މައުލޫމާތު ލިބުމުންވެސް އެކަށީގެންވާ ފިޔަވަޅެއް ސިރިސޭނަ އަޅާފައި ނުވާކަން، މަދަނީ މިންގަނޑުތަކަށް ބަލާއިރު ސާބިތުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ސިރިސޭނަގެ އިތުރުން އޭރު ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ މައްޗަށްވެސް ހަމަލާގެ ޝިކާރައަކަށްވި ފަރާތްތަކަށް ބަަދަލު ދިނުމަށް ވަނީ ހުކުމްކޮށްފައެވެ. އޭގެތެރޭގައި އޭރު ސްޓޭޓް އިންޓެލިޖެންސާއި ފުލުހުންނާއި ނޭޝަނަލް އިންޓެލިޖެންސްގެ އިސް ފަރާތްތައް ހިމެނެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ސްރީލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި 269 މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޖާނުން ފިދާވެގެން ހަލަމާދިން 8 މީހުންވެސް ހިމެނެއެވެ.

ސްރީލަންކާމައިތިރިޕާލަ ސިރިސޭނަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް