Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްފަރި ފަރަށް ލިބުނު ގެއްލުން

ރަސްފަރި ފަރު އަލުން އިއާދަކޮށްދޭނެ ބަޔަކު ހޯދަނީ

މިއީ 5 އަހަރުގެ ޕްރޮޖެކްޓެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 12:24
ރަސްފަރި ފަރު

ރަސްފަރި ފަރު

ރަސްފަރި ފަރަށް ލިބުނު ގެއްލުންތަކަށްފަހު، އެ ފަރު އަލުން އިއާދަކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ، އެ އިދާރާއާއެކު މި މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

Advertisement - newsAdvertisement

އީޕީއޭއިން ކޮށްފައިވާ އިއުލާނުގައިވާގޮތުން; "ރަސްފަރި ރިސްޓޮރޭޝަން ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ. ފަރު އަލުން އިއާދަކުރުމުގެ ބޮޑެތި މަސައްކަތްތައް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން މި ޕްލޭނާ އެއްގޮތަށް މަސައްކަތް ނިންމުމަށް އީޕީއޭއާއެކު މަސައްކަތްކުރާނެ ބަަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މިކަމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދި މި ޕްރޮޖެކްޓުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް އީޕީއޭގެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، މުރަކައިގެ ނާސަރީތައް ބިނާކުރުމާއި، އެތަންތަން މޮނިޓަރކޮށް މުރަކަ އަލުން އިންދުންފަދަ މަސައްކަތްތައް ހިމެނެއެވެ.

ޕެނަމާގެ އާގުބޯޓެއް ކަމަށްވާ "އެމްވީ ނަވިއޯސް އަމަރިލިސް" ރަސްފަރި ފަރަށް އެރުމާއެކު، އެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާގެ ގޮތުގައި އީޕީއޭއިން ވަނީ 100 މިލިއަން ރުފިޔާއިން އެ ބޯޓު ޖޫރިމަނާކޮށްފައެވެ.

މި މައްސަލާގައި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް، ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ އަސްލު އަދަދު 893 މިލިއަން ރުފިޔާއަށް އަރައެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާއެވެ.

ރަސްފަރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، 1995ން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއް ވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި، އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބުލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

އީޕީއޭރަސްފަރި ފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު