Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް އެސޯސިއޭޝަން

ތަމްރީނުތަކަށް ގައުމީ ރިލޭ ޓީމު އިންޑިއާއަށް

ތަމްރީނުގައި ރާއްޖޭގެ 10 އެތުލީޓަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2023 | ބުރާސްފަތި 10:51
ތަމްރީނުގައި ބައިވެރިވާ ރާއްޖޭގެ އެތުލީީޓުން

ތަމްރީނުގައި ބައިވެރިވާ ރާއްޖޭގެ އެތުލީީޓުން

ތަމްރީނުތަކެއް ފުރިހަމަކުރުމަށް ގައުމީ ރިލޭ ޓީމު އަވައްޓެރި އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

މި ތަމްރީނު ދަތުރަކީ މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. ރާއްޖެއިން ވަނީ އައިއޯއައިޖީން މެޑަލެއް ހޯދުމަށް ޓާގެޓުކޮށްފައެވެ. މި ތަމްރީނު ކުރިއަށްދާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް، އިންޑިއާގެ ބެންގަލޫރުގައެވެ. ތަމްރީނުގައި ރާއްޖޭގެ 10 އެތުލީޓަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފަސް އަންހެން އެތުލީޓުންނާއި ފަސް ފިރިހެން އެތުލީޓުންނެވެ. ތަރްރީނުގައި ބައިވެރިވާ އަންހެން އެތުލީޓުންނަކީ އާމިނަތު ޖާއިޝާ ޖުނީޒް، ޒީވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސެއިން އަދި އައިޝަތު ޝަބާ ސަލީމެވެ. ފިރިހެން އެތުލީޓުންނަކީ ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސައިން ޒީކް ސުއާދު، ހުސައިން ރިޒާ އަދި އަބްދުއް ރަޝީދު އިސްމާއީލެވެ. މި ޓީމުގެ އޮފިޝަލުންނަކީ އަހުމަދު ފާއިލް، މަފާޒާ މުސްތަފާ އަދި ޝިފާޒް ރާޝިދެވެ.

އައިއޯއައިޖީގެ ކުރިން ފައިނަލް ސްކޮޑާއެކު މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގެ ޓީމު ބޭރު ގައުމަކުން ތަމްރީނު ހޯދުމަށް ވަނީ ނިންމާފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު