Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާރާތްކުރުމުގެ މަސައްކަތްތައް

އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑު ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުން އިސްތިސްނާވާ ޙާލަތްތައް އިތުރުކޮށްފި

11 ޖެނުއަރީ 2023 | ބުދަ 08:23

އެވޯޑްކުރުމުގައި އަމަލުކުރަންވީ ގޮތުގެ ހާއްސަ އުސޫލުތައް ބަޔާން ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2023 | ބުދަ 08:23
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

ބުދަ ދުވަހު އަމަލު ކުރަން ފެށީ މި އިސްލާޙުގައި ވަނީ ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުން އިސްތިސްނާ ވާ ޙާލަތްތައް އިތުރު ކޮށްފައެވެ.

Advertisement - newsAdvertisement

މީގެ ކުރިން އިސްތިސްނާ ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ޑިފަރޑް ޕޭމަންޓް ގޮތުގައި އިއުލާނުކޮށްގެން ކުރިޔަށްގެންދާ މަސައްކަތްތަކާއި، ލޯނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިޔަށްގެންދަން ނިންމައިފައިވާ ޕްރޮކިއުމަންޓްތަކުގައި، އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުކުރަން ލާޒިމުކުރާ ޕްރޮކިއުމަންޓްތަކުގެ މަސައްކަތްތަކުގެ އިތުރުން، ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުން، ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް މަސައްކަތް ހަވާލުކުރުމަށް ޝަރުތުކުރާ މަސައްކަތްތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގެ ދަށުން އެވޯޑުކުރެވޭ މަސައްކަތްތަކެވެ.

އެހެންނަމަވެސް، ބުދަ ދުވަހު އަމަލު ކުރަން ފެށި އިސްލާޙުގެ ދަށުން ވަނީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް މި އުސޫލުގެ ދަށުން އިސްތިސްނާ ކޮށްފައެވެ.

އޭގެ އިތުރުން، މި އިސްލާޙުގައި ވަނީ ކްރޮސް ސަބްސިޑީ މާނަ ކުރާ ގޮތްވެސް ބަޔާންކޮށްފައެވެ. އެގޮތުން ކްރޮސް ސަބްސިޑީ ކަމަށް ބުނެފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކްރޮސް ސަބްސިޑީއަށެވެ.

ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ  ގޮތުގެ އުސޫލަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ، ބައެއް ދާއިރާތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައްޔާއި، އެވޯޑްކުރުމުގައި އަމަލުކުރަންވީ ގޮތުގެ ހާއްސަ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވަ އުސޫލެކެވެ.

މި އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި، އެންމެ ގިނަވެގެން އެވޯޑު ކުރެވޭނެ މިންވަރު ނުވަތަ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ ތާވަލެއް ވަނީ އެކުލަވާލާފައެވެ.

މި އުސޫލުގެ މަގުސަދަކީ ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ މަސައްކަތްތައް ވީހާވެސް ގިނަ ފަރާތްތަކަށް ލިބުމަށް މަގުފަހިކުރުމާއި، ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިންނަށް އެވޯޑުކުރާ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ބާރުއެޅުމުގެ އިތުރުން، ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިއަކަށް އެއްފަހަރާ އެވޯޑުކުރެވޭނެ މަސައްކަތުގެ އަދަދު ކަނޑައެޅުމެވެ.

ފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

2

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

3

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް