Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

މިއަދު ރައީސް ސާލިހު ފަހަތަށް އެރުމުން އަޅުގަނޑުމެން ނުވި އެމްޑީޕީ މީހުންނަށް: މާރިޔާ

ހަމައެކަނި ތިމާ އަބަދު މިއީ ވެރިމީހާއޭ ކިޔާ ނުކުތަސް ނުވާނެ، އެހެން މީހަކަށް އެސިސްޓްކޮށްދިނުމުގެ ގޮތުން ލީޑަރޝިޕް ރޯލް ވެސް ކުޅެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޖެނުއަރީ 2023 | ބުދަ 02:45
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ވަޑައިގަތުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ވަޑައިގަތުން

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ތާއިދު ކުރެއްވުމުން އެބޭފުޅުން އެމްޑީޕީ މީހުންނަށް ވެސް ނުވި ކަމަށް ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ސްޕޯކްސްޕަރސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭސިޓީގެ ރައްޔިތުންނާއެކު ރައީސް ސާލިހު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ސާލިހުއަށް ތާއިދު ކުރެއްވުމަށް ނިންމެވީ އެމްޑީޕީއަށް ދެން ވެރިކަމެއް ލިބޭނީ އެމަނިކުފާނާއެކު ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ.

Advertisement - newsAdvertisement

ވެރިޔަކަށް ވާން އެނގުމަކީ ވެރިޔަކަށް ހުރެ ފަހަތަށް ޖެހެން ޖެހޭ ވަގުތުތަކުގައި ފަހަތަށް ޖެހިލުމަށްފަހު، ލީޑަރޝިޕަށް ސަޕޯޓް ކުރުން ކަމަށާއި އެއީ ލީޑަރެއްގެ ކިބައިގެ ހުންނަޖެހޭ ސިފަތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެސް އެންމެ ކުރިން ވިދާޅުވަމުން ގެންދެވީ ރައީސް ސާލިހަކީ އެންމެ ގާތް ބޭފުޅާ ކަމަށާއި އަބަދުވެސް ފެނިގެންދިޔައީ ރައީސް ސާލިހު މީހުންނާއެކީގައި މަސައްކަތް ކުރައްވާ މަންޒަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ކެމްޕޭން ކުރެއްވިއިރު މާރިޔާ ފައިވާނާއެކު ގެއަކަށްވަދެވަޑައިގެން އިންނެވިއިރު އެގޭ މީހަކު ހުސްފަޔާ އިނުމުން އެކަމަށް ފާޑުކިޔާ ބައެއް މީހުން ދައުރު ކުރަމުންދާ ފޮޓޯއަކާއި ގުޅިގެން މާރިޔާ ވަނީ ރައްދު ދެއްވާފައެވެ.

މާރިޔާ ވިދާޅުވީ އެބޭފުޅުން ހަމައެކަނި ކުރަނީ ސޯޝަލް މީޑީއާ ކެމްޕޭނެއް ނޫން ކަމަށެވެ. އަދި ބޮޅު އެޅުމަށްފަހު ފޮޓޯތައް ދައުރުކުރުމަކީ އެމްޑީޕީގެ ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއެމްޑީޕީ ޕްރައިމަރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު