Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭސް

ޑެނީ އަލްވޭސް އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަލްވޭސް ބުނީ އޭނާ އަކީ އަންހެނަކަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށާއި، އަންހެނުންނަށް ނުހަނު އިޙުތިރާމް ކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2023 | ބުދަ 02:51
ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ސްޕެއިންގެ ބާސެލޯނާ އަށް ކުރި ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ސްޕެއިންގެ ކެޓަލޯނިއާގެ ސްޕްރީމް ކޯޓުން ބަލަމުން އަންނަ މި މައްސަލަ އަކީ އުމުރުން 39 އަހަރުގެ އަލްވޭސް، މިދިޔަ ޑިސެމްބަރު މަހު ކެޓަލޯނިއާގެ ނައިޓް ކުލަބެއްގައި ޕާޓީ ކުރުމުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ އެކެވެ. އެ ކޯޓުން ބުނީ މިހާރު އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އެންމެހާ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެ ކޯޓުން އާންމު ކުރި ސްޓޭޓުމަންޓެއްގައި އަލްވޭސްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކޯޓުގެ މީޑިއާ އޮފިޝަލު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ މައްސަލަ އާއި އަލްވޭސްއާ ގުޅުމެއް އޮތް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ނޭނގޭ ކަމަށެވެ.

އެ ކޯޓުން އަލްވޭސްގެ މައްސަލަ ބަލަމުން އަންނައިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަލްވޭސް ބުނީ މިދިޔަ ޑިސެމްބަރު ރަހުމްތެރިންތަކަކާއެކު އޭނާ ޕާޓީ ކުރުމަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅުވައިގެން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން އަލްވޭސް ބުނީ އޭނާ އަކީ އަންހެނަކަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށާއި، އަންހެނުންނަށް ނުހަނު އިޙުތިރާމް ކުރާ ކަމަށެވެ.

އަލްވޭސް ވަނީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އިން ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅުނެވެ. އެއާއެކު އަލްވޭސް ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން އަލްވޭސް އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ޓްރޮފީ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. އަލްވޭސް ވަނީ ޖުމުލަ 43 ޓްރޮފީ ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާބްރެޒިލްޑެނީ އަލްވޭސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު