Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނަތް

ޔާމީނުގެ ޙުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މުއްދަތުގެ ތެރޭގައި ދޫކުރެވޭނެ: ކޯޓު

މިހާތަަނަށްވެސް ޙުކުމް އިސްތިއުނާފަށް ހުށައަޅާފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 08:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅާފައެއް ނުވެއެވެ.

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވެއެވެ. އެގޮތުން މައްސަލައިގެ ޚުލާސާ ރިޕޯޓު ނުލިބިގެން ޔާމީނުގެ ވަކީލުން އިހުތިޖާޖުވެސް ކުރައްވާފައިވެއެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ޖެހިގެން އައި ދުވަހު ވަނީ ޚުލާސާ ރިޕޯޓު ދޫކޮށްފައެވެ. އަދި ޔާމީނުގެ ވަކީލުން އޭރު ވަނީ އިސްތިއުނާފު މަރުޙަލާ އަށް ހުށަހެޅުމަށް ފޯމު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް މިހާތަަނަށްވެސް ޙުކުމް އިސްތިއުނާފަށް ހުށައަޅާފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ޔާމީނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ހެޔޮވަރު ވަރަކަށް އޮޅިފަ އޮތް ކަންވާރު ބޮޅެއް ފިލުވާލަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، ޖިނާޢީ މައްސަލައެއްގައި ދިފާޢީ ވަކީލުކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ ގިނަ ވަގުތު ބޭނުންވާ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ބަންދު ދުވަސްތައް ނުހިމަނައި 60 ދުވަސް ލިބެއެވެ.

މީގެ އިތުރުން، ޔާމީނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާންތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާހަމައަށްވެސް އެ ރިޕޯޓް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

އެހެންނަމަވެސް، ޝަރީއަތުގެ ޚުލާސާއެއް އެކުލެވޭ ގޮަތަށް ޚުލާސާ ރިޕޯޓު ދޫކޮށްފައިވާކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ކޯޓުން ދޫކުރި ރިޕޯޓުގައި ދެފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނެތްކަން ފާހަގަކުރައްވައި ޝިޔާޒު ވިދާޅުވީ، އިސްތިއުނާފްގެ އެއް މަސްދަރަކަށްވާނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ކަމަށެވެ.

ޚުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން ޢަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވޭކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޚުލާސާ ރިޕޯޓަކީ މީގެ ކުރިން ކޯޓުން ތައްޔާރުކުރަމުން ދިޔަ އެއްޗެއް ކަމަށެވެ.

އޭރު ޚުލާސާ ރިޕޯޓާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަމުން ދިޔަ ނަމަވެސް މިހާރު ސުޕްރީމް ކޯޓުގެ އައު ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން ދޫކުރަނީ ޝަރީއަތް ނިމުނު ގޮތް ކަމަށް ވެބްސައިޓުގައި ހިމަނާފައިވާ ރިޕޯޓާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެވެ.

ޙުކުމް ކުރި ދުވަހުން ފެށިގެން ރަސްމީ 14 ދުވަސް ތެރޭގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ދޫކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.  

ކްރިމިނަލް ކޯޓްރައީސް އަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު