Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއޯޝަން ބަބުލްސް ކެފޭ ހުޅުވުން

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

6 ޖެނުއަރީ 2023 | ހުކުރު 18:35

މިތަނުން ބަބްލް ޓީގެ އެތައް ވައްތަރެއް ލިބެން ހުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖެނުއަރީ 2023 | ހުކުރު 18:35
އޯޝަން ބަބުލްސް ކެފޭ ރަސްމީކޮށް ހުޅުވައިދެއްވުން، ކެފޭ ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

އޯޝަން ބަބުލްސް ކެފޭ ރަސްމީކޮށް ހުޅުވައިދެއްވުން، ކެފޭ ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ރޮބޮޓް ވެއިޓަރެއްގެ ޚިދުމަތްދޭ ކެފޭ "އޯޝަން ބަބުލްސް" ރާއްޖޭގައި ހުޅުވައިފިއެވެ.

މި ކެފޭ ހުޅުވާފައިވަނީ މަޖީދީމަގުގެ އިރުމަތީކޮޅުގައި (ކުރީގެ އުރީދޫ އޮފީސް) ހުރި އިމާރާތުގައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކެފޭ ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ކެފޭ ހުޅުވުމަށްޓަކައި ކަތުރު ހިފައިގެން ރޮބޮޓް ވަނީ މިނިސްޓަރުގެ އަރިހަށް ގޮސްފައެވެ.

މި ކެފޭ އަކީ 25 މީހުންގެ ޖާގައިގެ ތަނަކަށްވާއިރު މިތަނުން ބަބްލް ޓީގެ އެތައް ވައްތަރެއް ލިބެއެވެ. އެއަށް ކަސްޓަމަރުން ބޭނުންވާ ފްލޭވާއެއްގެ ޓީ ބްރޫ ކުރުމަށްފަހު، ބޭނުންވާ ފްލޭވާއެއްގެ ޖޫހެއް އެއް ކުރުމަށްފަހު ވީހާވެސް ފްރެޝްކޮށް ކަސްޓަމަރާއި ހަމައަށް ގެނެސްދެއެވެ. ކޮންސެންޓްރޭޓެޑް ޖޫހުގެ ގޮތުގައި 20 އާއި 30 ދެމެދުގެ އަދަދަކަށް ފްލޭވާތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ލައިޗީ، މެންގޯ، ޕެޝަން ފްރުޓް ހިމެނެއެވެ.

މި ކެފޭ އިން އެންމެ މީރު ޖެލާޓޯގެ ތަފާތު އެކިއެކި ފެލޭވާތައް ލިބެއެވެ. އޭގެ އިތުރުން، ރެއްލާ ކޭކް އާއި ޑޯނަޓް، ސޭންޑްވިޗް ފަދަ ސްނެކްސް ގެ އެކި ބާވަތްތައް މި ތަނުން ލިބެން ހުރެއެވެ.

އޭގެ އިތުރުން، އެތައް ފްލޭވާއެއްގެ މީރު އައިސްޑް ޓީގެ އެކި ވައްތަރުތަކާއި، ހޫނު ޓީގެ އެކި ވައްތަރުތަކާއި ފެންވަރު ރަނގަޅު މީރު ކޮފީ މިތަނުން ލިބެއެވެ.

މިތަނުގެ ޓީތައް ތަފާތެވެ. މިއީ ޕްރިމިއަމް ޓީއެކެވެ. ޕިރަމިޑް ބްރޭންޑްގެ މި ޓީއަކީ ސިންގަޕޫރްގެ އުފެއްދުމެކެވެ. އެ ކުންފުނިން އަންނަނީ އަމިއްލަ ފާމްސް އާއި ފްކެޓްރީ ހިންގަމުންނެވެ. މި ޓީއަކީ މިރަހައިގެ ގޮތުންވެސް، އަދި ޓީ ބޭގްގެ ގޮތުންވެސް ތަފާތު ޓީއަކަށް ވާއިރު، ޚިދުމަތް ދޭ ގޮތްވެސް ތަފާތު ވާނެއެވެ. މި ވައްތަރު ޓީގެ 11 ވައްތަރެއް މިތަނުން ލިބޭނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ވިޒިޓް އެންޑް ވިން ލަކީ ޑްރޯއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ލަކީޑްރޯ ގަނޑު ކޮޅުތައް ނަންގަވައިދެއްވީ މިނިސްޓަރ ނަހުލާއެވެ. އެއްވަނަ ހޮވުނު ފަރާތަށް ދީފައިވަނީ އައިފޯނެކެވެ. ދެވަނަ އަށް ހޮވުނު ފަރާތަށް ސެމްސަންގް ގެލެކްސީ ގަޑިއެއް ދީފައިވާއިރު ތިންވަނައަށް ހޮވުނު ފަރާތަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ ޓެބްލެޓް އެކެވެ.

މި ރަސްމިއްޔާތުގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ނެށުންތަކާއި ހުށަހެޅުންތަކާއި މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މަރިޔަމް މައިޝާ އާއި އާޝާ ވަނީ ކެފޭ ތެރޭގައި ހުށަހެޅުންތައް ހުށަހަޅައިދީފައެވެ.

މި ކެފޭ ރާއްޖޭގައި ހުޅުވާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމެވެ. ރަފީއުއްދީނަކީ ރާއްޖެއަށް މީގެ ކުރިން އެތައް ޚިދުމަތެއް ތައާރަފު ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ސައިރިކްސްގެ ބާނީއެވެ. އަދި ވިންޑޯސް ރާއްޖެއަށް ގެނެސްދެއްވި ބޭފުޅާ ވެސް މެއެވެ. އަދި ކޮމްޕިޓަރު އުގަންނައިދިނުމުގެ ޚިދުމަތް ރާއްޖޭގެ އުތުރާއި ދެކުނަށް ފޯރުކޮށްދިނުމުގައި އޭނާ އިސް ދައުރެއް އަދާ ކުރެއްވިއެވެ. އަދި ކޮމްޕިއުޓަރު ދިވެހިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް