Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައޫދީ ލީގު

ވިއްސާރަވެ ކަރަންޓުގެ މައްސަލައެއް ދިމާވުމުން، އައްނަސްރުން ކުޅެން އޮތް މެޗު ފަސްކޮށްފި

މެޗު ފަސްކުރީ ވިއްސާރަވުމުގެ ސަބަބުން މެޗު ކުޅުމަށް ހަމަޖެހިފައި އޮތް ދަނޑުގެ ކަރަންޓަށް ދިމާވި މައްސަލައަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖެނުއަރީ 2023 | ބުރާސްފަތި 13:24
އައްނަސްރުގެ ފަރިތަކުރުމުގައި ރޮނާލްޑޯ

އައްނަސްރުގެ ފަރިތަކުރުމުގައި ރޮނާލްޑޯ

ސައުދީ ޕްރޯ ލީގުގައި އައްނަސްރާއި އައްތާއީ ބައްދަލު ކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މި ދެ ޓީމު ބައްދަލު ކުރަން އޮތް މެޗު ފަސްކޮށްފައި ވަނީ ވިއްސާރަވެ، ކަރަންޓަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އައްނަސްރުން ކުރި ޓުވީޓެއްގައި ބުނީ، މެޗު 24 ގަޑިއިރަށް ފަސްކޮށްފައިވާ ވާހަކަ އެ ކުލަބަށް އަންގާފައިވާ ކަމަށެވެ. ސަބަބީ ވިއްސާރަވުމުގެ ސަބަބުން، މެޗު ކުޅުމަށް ހަމަޖެހިފައި އޮތް ދަނޑުގެ ކަރަންޓަށް ދިމާވި މައްސަލައަކުން ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

މެޗު ފަސްކޮށްފައިވާއިރު، މިއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ބަދަލުވިފަހުން އައްނަސްރުން ކުޅެން އޮތް ފުރަތަމަ މެެޗެވެ. ނަމަވެސް އެ މެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. ރޮނާލްޑޯއަށް އެ މެޗުގައި ނުކުޅެވެނީ އޭނާ އެންމެ ފަހުން ކުޅުނު މެންޗެސްޓަރ ޔުނައިޓެޑުގައި ހުރެ ހިންގި އަޚުލާގީ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ޕްރިމިއަރ ލީގުގައި އެވަންޓަން އަތުން ޔުނައިޓެޑު ބަލިވި މެޗަށްފަހު، ރޮނާލްޑޯ ވަނީ ދަނޑުން ފައިބައިގެން ދަމުން ސަޕޯޓަރެއްގެ ފޯނަށް ހަމަލާ ދީފައެވެ. މި މައްސަލަ ބެލުމަށްފަހު ރޮނާލްޑޯ އަށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ދެ މެޗަށް ސަސްޕެންޑު ކުރުމާއެކު، ރޮނާލްޑޯ 50،000 ޕައުންޑުން ޖޫރިމަނާކުުރުމަށް އިނގިރޭސި އެފްއޭއިން ވަނީ ނިންމާފައެވެ. އެ އަދަބު ރޮނާލްޑޯއަށް ދިނީ، ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލިފަހުންނެވެ.

މެޗު ފަސްކޮށްފައިވާއިރު، ދިމާވި މައްސަލަ ހައްލުކޮށް އެ މެޗު އަލުން ކުޅޭނީ ހުކުރު ދުވަހު ކަމަށް ސައޫދީގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2020

މުޅިން ފިޓްނުވަނީސް ޑެމްބެލޭއަށް އަނިޔާގެ އިތުރު މައްސަލައެއް

04 ފެބުރުއަރީ 2020
މުޅިން ފިޓްނުވަނީސް ޑެމްބެލޭއަށް އަނިޔާގެ އިތުރު މައްސަލައެއް
26 ނޮވެމްބަރު 2019

ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ

26 ނޮވެމްބަރު 2019
ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް: ސާރީ
13 ނޮވެމްބަރު 2019

މެޗަށް ނިކުންނައިރު ޕްރެޝާ އޮތުމަކީ މައްސަލައެއް ނޫން: ސެގާޓް

13 ނޮވެމްބަރު 2019
މެޗަށް ނިކުންނައިރު ޕްރެޝާ އޮތުމަކީ މައްސަލައެއް ނޫން: ސެގާޓް
07 ފެބުރުއަރީ 2019

ސަލާހަށް ފުރައްސާރަކުރި މައްސަލައެއް ވެސްޓް ހޭމްއިން ބަލަނީ

07 ފެބުރުއަރީ 2019
ސަލާހަށް ފުރައްސާރަކުރި މައްސަލައެއް ވެސްޓް ހޭމްއިން ބަލަނީ
09 އޮކްޓޯބަރު 2018

މޮރީނިއޯގެ މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި

09 އޮކްޓޯބަރު 2018
މޮރީނިއޯގެ މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި
26 ޑިސެމްބަރު 2017

ޑިބާލާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: އަލެގްރީ

26 ޑިސެމްބަރު 2017
ޑިބާލާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: އަލެގްރީ
28 ނޮވެމްބަރު 2017

ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ

28 ނޮވެމްބަރު 2017
ކްލޮމްއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: މާނޭ
05 އޮކްޓޯބަރު 2017

ރާމޯސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ޕީކޭ

05 އޮކްޓޯބަރު 2017
ރާމޯސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ޕީކޭ
09 ސެޕްޓެމްބަރު 2017

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު