Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލިންކްރޯޑްގައި ޤާއިމްކުރާ ސޯލަރ ޕީވީ

ލިންކްރޯޑްގައި ޤާއިމްކުރާ ސޯލަރ ޕީވީ ނިޒާމް އަންނަ މާރޗް މަހު ނިމޭނެ - މިނިސްޓްރީ

މި މަޝްރޫޢު އާއި އެކު ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 13:47
ލިންކްރޯޑްގައި ޤާއިމްކުރާ ސޯލަރ ޕީވީ ނިޒާމް

ލިންކްރޯޑްގައި ޤާއިމްކުރާ ސޯލަރ ޕީވީ ނިޒާމް

ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މާރޗް މަހު ނިމޭނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީ އިން ބުނެފިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަަމަށެވެ. އެ މަސައްކަތަކީ ސަރުކާރުން އިއާދަކުރުވަނިވި ހަކަތައަށް އިސްކަން ދޭ މިންވަރު ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެންވައިރަމެންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސޯލަރ ޕީވީ ނިޒާމާއި އެކު ހަކަތަ އަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށެވެ. އަދި ބޭރުން ގެންނަ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ. އެގޮތުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުޅުމާލެ ލިންކް ރޯޑްގެ އައިލެންޑް އޭރިއާގައި ގާއިމުކޮށްފައި ހުރި ސްޓްރަކްޗަރގައި ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ-ހުޅުމާލޭގައި 5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެ ފަރާތްތަކުގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ. އެންސިސް ކޯ ލިމިޓެޑުންވަނީ ސޯލަރ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓަރކްޗަރ އެއް ގާއިމުކޮށްފައެވެ. މި ސޯލަރ ޕީވީ ނިޒާމުގެ މުއްދަތަކީ 15 އަހަރު ދުވަހެވެ. މިމުއްދަތު ހަމަވުމުން އެނިޒާމުގެ ބެލެނެވެރި ފަރާތަކަށް ވަނީ ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏެވެ. 

މިއީ ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށް އެ ނިޒާމުން ކަރަންޓް އުފެއްދުމަށްފަހު ޕަވަރ ޕާރޗޭސިންގ އެގްރީމެންޓް (ޕީޕީއޭ) މޮޑެލްގެ ދަށުން ކަރަންޓްގެ ޙިދުމަތް ދޭ ކުންފުންޏަށް ވިއްކާގޮތަށް ހަދާފައިވާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ޔުނިޓަކަށް 10.09 ޔޫއެސް ސެންޓުގެ މަގުންނެވެ. އެއީ ދިވެހި ފައިސާއިން ބަލާ ނަމަ ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރިއެވެ. އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން 5 މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއިން ލާމަރުކަޒީ ނިޒާމް ކޮށާ ކުދިކޮށްލައިފި: ފަލާހް

ޕީޕީއެމްއިން ލާމަރުކަޒީ ނިޒާމް ކޮށާ ކުދިކޮށްލައިފި: ފަލާހް

03 މެއި 2017
ލާމަރުކަޒީ ނިޒާމް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިލާލާފައި: ޝާހިދު

ލާމަރުކަޒީ ނިޒާމް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިލާލާފައި: ޝާހިދު

03 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު