Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ އިޤްތިޞާދު

އަފްޣާނިސްތާނުގެ އިޤްތިޞާދީ މިޞްރާބު ޒާތީ ފުދުންތެރިކަމާ ދިމާއަށް: ކިހާ ވަރަކުން ދާނެބާ؟

4 ޖެނުއަރީ 2023 | ބުދަ 05:39

ޠާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، ބައިނަލްއަޤުވާމީ މައިދާނުން އަފްޣާނިސްތާނު ވަނީ އެކަހެރި ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 ޖެނުއަރީ 2023 | ބުދަ 05:39
ހާޖީ ނޫރުއްދީން އަޒީޒީ؛ އަފްޣާނިސްތާނުގެ އެކްޓިންގް ކޮމަރސް މިނިސްޓަރ

ހާޖީ ނޫރުއްދީން އަޒީޒީ؛ އަފްޣާނިސްތާނުގެ އެކްޓިންގް ކޮމަރސް މިނިސްޓަރ

އަފްޣާނިސްތާނުގައި މިއަދު އޮތް ސަރުކާރަކީ އިޤްތީޞާދީ ޒާތީ ފުދުންތެރިކަން ނުވަތަ ސެލްފް-ސަފިޝަންސީ ކަށަވަރުކޮށް، ބިދޭސީ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިއާ ސަރުކާރެއް ކަމަށް، ގަދަ ބާރުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގައިގެން އޮތް ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި އެކުލަވާލި ކެބިނެޓްގައި، ވިޔަފާރިއާ ބެހޭ ވަޒީރުގެ ކަމުގެ މަޤާމު، ވަޤުތީ ގޮތުން އަދާ ކުރަމުން ދާ ހާޖީ ނޫރުއްދީން އަޒީޒީ ބުނެފިއެވެ.

މިފަދަ ރޫހެއްގައި ނޫރުއްދީން ވާހަކަދައްކާފައި ވާ މި ދަނޑިވަޅަކީ، އަންހެނުންނާ ދެކޮޅަށް ޠާލިބާނު ސަރުކާރުން ތަންފީޒު ކުރަމުންދާ ސިލްސިލާ، ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ މައިދާނުގައި އިންތިހާއަށް އަފްޣާނިސްތާނު ބާކީވެފައި ވާ ދަނޑިވަޅެކެވެ.

ނޫރުއްދީން ބުނާ ގޮތުގައި ޠާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި ވެރިކަން ހިންގުމުގެ އިސްތިރާޖުގެ އަނެއް ބަޔަކީ، ވިޔަފާރި ކުރިއަރުވާ، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ.

އީރާން، ރަޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކުން އަފްޣާނިސްތާނާއެކު ވިޔަފާރިކޮށް، އިންވެސްޓް ކުރުމަށް ޝަޢުޤުވެރި ވާ ކަމަށް ނޫރުއްދީން ފާހަގަ ކުރެއެވެ. އެގޮތުން ސިނާޢީ ޕާކުތައް އެޅުމާއި، ހަކަތައިގެ ޕްލާންޓްތައް ޤާއިމު ކުރުމުގެ މަޝްވަރާތައް، ޗައިނާއާއެކު ކުރިއަށް ދާ ކަމަށާ، އެ ކަންކަން ކުރިއަށް ދަނީ ރަޝިއާއާއި އީރާނުގެވެސް ބައިވެރިވުމާ އެކުގައި ކަމަށް ނޫރުއްދީން ބުނެފައިވެއެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، ބައިނަލްއަޤުވާމީ މައިދާނުން އަފްޣާނިސްތާނު އެކަހެރި ކުރިއެވެ. އަފްޣާނިސްތާނުގެ އަދުގެ ސަރުކާރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ ސަރުކާރެއްވެސް ނޫނެވެ. ޤައުމުގެ ބޭންކިންގް ދާއިރާ ވަނީ މުޅިން އިނދަޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން، އަފްޣާނިސްތާނުގައި އިންވެސްޓް ކުރުމާ މެދު، ބިދޭސީ އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުން، ބިދޭސީ އަމާޒުތަކަށް ހަމަލާތައް ދޭ ދިނުމުގެ ސަބަބުން، ބިދޭސީ އިންވެސްޓަރުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

ނިމި ދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް، ކާބުލްގައި ޗައިނާގެ ވިޔަފާރިވެރިންނަށް ޚިދުމަތްދޭ ހޮޓަލަކަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން، ޗައިނާގެ ވިޔަފާރި ގުރޫޕުގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައި ވާ ކަމަށް، ޗައިނާގެ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އިސް މެންބަރަކު ވަނީ ފާހަގަ ކޮށްފައެވެ.

ނޫރުއްދީން އަޒީޒީ ބުނި ގޮތުގައި، އަފްޣާނިސްތާނުގެ ސަރުކާރުން ދަނީ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެމެރިކާއިން މީގެ ކުރިން އަސްކަރީ ބޭސްތަކެއްގެ ގޮތުގައި ބޭނުން ކުރި ބިންތަކުގައި ހާއްސަ އިޤްތިޞާދީ ޒޯންތަކެއް އެޅުމުގެ ފިކުރު ގެންގުޅޭކަން އޭނާ ވަނީ ހާމަ ކޮށްފައެވެ.

އަފްޣާނިސްތާނުގައި އޮތް މައިން ކުރުމުގެ ސިނާޢަތުގެ އަގު 1 ޓްރިލިއަން ޑޮލަރަށް އަރާ އިރު، ބިދޭސީ އިންވެސްޓަރުންގެ ޝަޢުޤު، އެކަމަށްވެސް ހުރިކަން ނޫރުއްދީން އަޒީޒީ ވަނީ ފާހަގަ ކޮށްފައެވެ.

ޠާލިބާނުންގެ ބާރުތަކުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވީ، އެއީ ބަދަލުވެފައިވާ ޖަމާޢަތެއް ކަމަށް ބުނެ، ދަޅަތަކެއް ދައްކައިގެންނެވެ. ނަމަވެސް ވެރިކަމުގައި މާ ގިނަ ދުވަހެއް ނުވެ، މަންޒަރު މުޅިން ބަދަލު ކޮށްލިއެވެ. އެތައް ބަޔަކު ޖެހިލުންވެ،  ބިރު ގަންނަމުން ދިޔަ ކަންކަން ޙަޤީޤަތަކަށް ހަދަން ފެށިއެވެ. އަންހެނުންނާއި އަންހެން ކުދިންގެ އެތައް ޙައްޤަކަށް އަރައިގަތެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޖޫން 2018

ތާލިބާނުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލައިފިކަމަށް އަފްޣާނިސްތާނުގެ ރައީސް ވިދާޅުވެއްޖެ

07 ޖޫން 2018
ތާލިބާނުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލައިފިކަމަށް އަފްޣާނިސްތާނުގެ ރައީސް ވިދާޅުވެއްޖެ
02 މާރިޗު 2018

އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

02 މާރިޗު 2018
އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
21 ޖެނުއަރީ 2018

އަފްޣާނިސްތާނުގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 18 އަށް!

21 ޖެނުއަރީ 2018
އަފްޣާނިސްތާނުގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 18 އަށް!
21 އޮކްޓޯބަރު 2017

އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި

21 އޮކްޓޯބަރު 2017
އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި
09 އޮކްޓޯބަރު 2017

އިޤްތިޞާދީ ދާއިރާ އިން ނޯބެލް އިނާމް އެމެރިކާގެ ރިޗަޑް ތޭލަރ ހޯދައިފި

09 އޮކްޓޯބަރު 2017
އިޤްތިޞާދީ ދާއިރާ އިން ނޯބެލް އިނާމް އެމެރިކާގެ ރިޗަޑް ތޭލަރ ހޯދައިފި
02 އޮކްޓޯބަރު 2017

އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

02 އޯގަސްޓު 2017
 އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް