Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ކޮވިޑް ހާލަތު

ޗައިނާގެ ރައްޔިތުން އެހެން ޤައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް ޓެސްޓުކުރަން މަޖުބޫރުކުރުމުން އެކަމުގެ ނުރުހުން

ދަތުރު ކުރުމުގެ އުސޫލުގައި ހަރުކަށި ފިޔަވަޅުތައް ގެންގުޅުމަކީ ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް ކުރަމުންދާ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޖެނުއަރީ 2023 | ބުދަ 02:29
ޗައިނާގެ ވޫހާން ސިޓީގައި މީހަކު ކޮވިޑަށް ޓެސްޓުކުރަނީ

ޗައިނާގެ ވޫހާން ސިޓީގައި މީހަކު ކޮވިޑަށް ޓެސްޓުކުރަނީ

ޗައިނާގެ ރައްޔިތުން އެހެން ޤައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރަން މަޖުބޫރު ކުރުމުން އެކަމުގެ ނުރުހުން ޗައިނާ ސަރުކާރުން ފާޅުކޮށްފިއެވެ.

ޗައިނާ ސަރުކާރުން ބުނީ އެ ޤައުމުގެ ރައްޔިތުންނާމެދު އެހެން ބައެއް ޤައުމުތަކުން ދަތުރު ކުރުމުގެ އުސޫލުގައި ހަރުކަށި ފިޔަވަޅުތައް ގެންގުޅުމަކީ ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ބަދަލު އެ ޤައުމުތަކަށް ފެންނާނެ ކަމަށެވެ.

ޗައިނާއިން ފުރައިގެން ދަތުރުކުރާ މީހުން އެތެރެވުމުގެ ކުރިން ޕީ.ސީ.އާރް. ޓެސްޓު ހެދުމަށް މަޖުބޫރު ކުރުވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. ޗައިނާއިން ދަތުރުކުރާ ފަސިންޖަރުންނަށް ކޮވިޑް ޓެސްޓު މަޖްބޫރުކަން އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕެއިން، ދެކުނު ކޮރެޔާ، އިޓަލީ އަދި އިސްރާއީލް ހިމެނެއެވެ.

ގިނަ ގައުމުތަކުން ބުނެފައިވަނީ އެގައުމަކަށް އެތެރެވުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް ނެގަޓިވް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސްޕެއިނުން ބުނެފައިވަނީ ވެކްސިންތައް ފުރިހަމަކޮށްފައި ހުރިނަމަ މިކަމުން އިސްތިސްނާ ވާނެކަމުގައެވެ.

ތިންއަހަރެއްހާ ދުވަހަށްފަހު ޖެނުއަރީ 8 ވަނަ ދުވަހު ޗައިނާގެ ބޯޑަރުތައް ހުޅުވާނެކަމަށް، ބޭޖިންގއިން ބުނެފައިވާއިރު، އެ ގައުމުން ހިފަހައްޓަމުން އައި ޒީރޯ ކޮވިޑް އުސޫލުތައް ދޫކޮށްލުމުން އާދަޔާ ޚިލާފަށް ބޮޑަށް ކޮވިޑް ފެތުރެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބަލިޖެހޭ މީހުން މިލިއަނުން އަދި މަރުވާ މީހުން ހާހުން ގުނެމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ރިސަރޗް އޭޖެންސީއެއް ކަމަށްވާ އެއަރފިނިޓީން ބުނެފައިވާގޮތުގައި ކުރިޔަށް އޮތް މަހެއްހާދުވަހު ކޮވިޑް-19 ޖެހިގެން ޗައިނާއިން ދުވާލެއްގެ މައްޗަށް 9،000 މީހުން މަރުވާނެކަމަށް ބެލެވެއެވެ.   

އިތުރަށް ކިޔާލަން

28 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު މެލޭޝިއާ އިން އެހެން ގަައުމަކަށް ފޮނުވާލާކަށް އަދި ނޫޅޭ: މެލޭޝިއާ
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު