Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ޗައިނާ މާކެޓު އެއް ނަންބަރު މަގާމަށް އައުމަކީ މުހިންމު ކަމެއް: މައުސޫމް

ރާއްޖޭގެ ހެލްތު މިނިސްޓްރީން އަޅަން ޖެހޭ ޒަރޫރީ ފިޔަވަޅުތައް އަޅައި މެނޭޖު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ޖެނުއަރީ 2023 | އަންގާރަ 02:17
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޗައިނާ މާކެޓަކީ މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮތް މާކެޓު ކަމަށާއި އެ މަގާމަށް އެ ޤައުމު އަނބުރާ އައުމަކީ މުހިންމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މިމަހުގެ ފަހުކޮޅު ޗައިނާ ފަތުރުވެރިން އަންނަން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ޤައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ރާއްޖޭން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެ ޤައުމުގައި އަދިވެސް ކޮވިޑު ފެތުރުން ކޮންޓްރޯލު ނުވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގެ ހެލްތު މިނިސްޓްރީން އެކަމާ މެދު އަޅަން ޖެހޭ ޒަރޫރީ ފިޔަވަޅުތައް އަޅައި މެނޭޖުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެއްޤައުމު އަނެއް ޤައުމުން ދައްކާ ވާހަކަތައް ވެސް ކަށަވަރު ކުރަން ޖެހޭ ކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ އެހެން ނަމަވެސް ރާއްޖޭން އެކަންކަން ބަލައި އެކަމަށް ފަރުވާތެރިކަން ބަހައްޓަން ޖެހޭނެ ކަމަށާއި ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެކަން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މަގުބޫލު މާކެޓަށްވުމަކީ ޤައުމުތަކަށް ވެސް ލިބޭ ފަޚުރެއްކަމަށާއި ހުރިހާ ޤައުމުތަކަށް ވެސް ރާއްޖޭގެ އެންމެ މަގުބޫލު މާކެޓަށްވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ޗައިނާގައި މިހާރުވެސް ރާއްޖެއަށް އަންނަހިތުން ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެ ޤައުމުގެ ފަތުރުވެރިން އަންނަން ފެށުމުގެ އެ ޤައުމުގެ މާކެޓު މަދުވެގެން 700 އިންސައްތައަށް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޤައުމުން އަންނަ ފަތުރުވެރިންނަކީ ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރާ މީހުން ކަންވެސް މައުސޫމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މައުސޫމް ފާހަގަކުރެއްވި ގޮތުގައި މިއަހަރު ޗައިނާއިން ރާއްޖެއަށް 100،000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި އެހެނިހެން މާކެޓުތަކުން ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރު ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރު ޖެހިޖެހިގެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖޭން ކާމިޔާބު ކުރުމަކީ ވެސް އޭގެ ހެތްކެއް ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ވަދަވެރިކަން ބޮޑު ދާއިރާއަކަށްވާއިރު ރާއްޖޭން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ވަރުގެ ޤައުމަކަށް ވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް