Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖީއެސްޓީ އިތުރުކުރުން

ޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކޮށްގެން ޝަކުވާ ހުށަހަޅައިފިނަމަ އެކަމެއް ބަލާނަން: މީރާ

ޝަކުވާއޮތް ނަމަ މީރާއަށް ހުށަހެޅުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޖެނުއަރީ 2023 | ހޯމަ 10:01
މީރާ

މީރާ

ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ނަގައިގެން އެފަދަ ޝަކުވާ އެއް ހުށަހަޅައިފިނަމަ އެޝަކުވާއެއް ބަލާނެކަމަށް މީރާއިން ބުނެފިއެވެ.

1 ޖެނުއަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ އާންމުން ވަނީ ކުރަން ފަށާފައެވެ. އަދި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނެގުމާއި ޖީއެސްޓީ ނުނަގާ މުދަލުގެ އަގު ބޮޑުކޮށްފައިވާކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

މިޝަކުވާތައް އިތުރުވެފައިވާތީ އެކަންކަން މޮނިޓަރ ކުރާނެތޯ "ރާއްޖެއެމްވީ"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފް ވިދާޅުވީ މުދަލުގެ އަގު ބޮޑުވެގެން އެކަން މީރާއަށް ނުބެލޭނެކަމަށެވެ. ނަމަވެސް ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ނަގާނަމަ އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ މީރާއިން އެފަދަ ޝަކުވާއެއް ބަލާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެފަދަ ޝަކުވާއެއް އޮތްނަމަ 1415@mira.gov.mvށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

އަދި ކާކުކަން ނޭންގޭ ގޮތަށް އެފަދަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މީރާގެ ވެބްސައިޓް ގައިވާ ވިސްލްބްލޯވަރ އިން އެއީ ކާކުކަން ނޭންގޭގޮތަށް ޝަކުވާ ހުށަހެޅޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

2023ގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޖީ.އެސްޓީ ރޭޓް ބޮޑުކުރުމާ ގުޅިގެން ވިޔަފާރިތައް އަހުލުވެރިކުރުމަށާއި އެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން 'ފެކްޓް ޝީޓް'އެއް ތައްޔާރުކޮށް, މީރާގެ ވެބްސައިޓްގައި މީރާއިން ވަނީ ޝާއިރުކޮށްފައެވެ.

މީގެއިތުރުން، މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މީރާއިން ވަނީ އެކަމަށްޓަކައި ޚާއްސަ ކެމްޕެއިނެއްވެސް ހިންގާފައެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓީމުތަކުން ވަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް, ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު