Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޮނާލްޑޯ

ރޮނާލްޑޯއާއެކު އައްނަސްރުގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އިންތިހާއަށް އިތުރުވަނީ

މިހާތަނަށް އެ ކުލަބަށް ފޮލޯކުރާ މީހުންގެ އަދަދު ވަނީ 3.7 މިލިއަން މީހުންނަށް އަރާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2022 | ހޮނިހިރު 10:58
އައްނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލަނީ

އައްނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލަނީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަބަދުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފުޓުބޯޅަ ކުޅުންތެރިއެކެވެ.

ރޮނާލްޑޯއަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، ފުޓުބޯޅައިގެ އެކި އެވޯޑުތައްވެސް ރޮނާލްޑޯ ވަނީ ހޯދާފައެވެ. އުމުރުން މިހާރު 37 އަހަރުގެ ކުޅުންތެރިޔާއަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާއޭވެސް ބުނެވިދާނެއެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް އޭނާއަށް ފޮލޯކުރެއެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ އިންސްޓަގްރާމް ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯގެ އިންސްޓަގްރާމަކީ އެންމެ ގިނަ މީހުން ފޮލޯ ކުރަމުން އަންނަ އިންސްޓަގްރާމް އެކައުންޓެވެ. މިހާތަަނަށް އިންސްޓަގްރާމްގައި ރޮނާލްޑޯ ފޮލޯކުރާ މީހުން އަދަދަކީ 526 މިލިއަން މީހުންނެވެ.

ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަކަށް ގިނަ ފަހަރު އޮންނަނީވެސް ރޮނާލްޑޯގެ ވާހަކައެވެ. މިފަހަކަށް އައިސް އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ ރޮނާލްޑޯ ބަދަލުވާނެ ކުލަބަކަށެވެ. އެންމެ ފަހުން ކުޅުނު މެންޗެސްޓަރ ޔުނައިޓެޑާ މައްސަލަޖެހި އެ ކުލަބުން ރޮނާލްޑޯ ދޫކޮށްލިއެވެ. އެއާއެކު ރޮނާލްޑޯ ހޯދުމަށް ސައުދީ އަރަބިޔާގެ އައްނަސްރުން ބިޑުކުރިއެވެ. އެ ވާހަކަވެސް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ. ނަމަވެސް ރޮނާލްޑޯ ބަދަލުވާނެ ވަކި ކުލަބެއް ނޭނގޭތީ އެންމެންގެ ޝައުގުވެރިކަން އޮތީ އެކަމަށެވެ.

އައު އަހަރާ ދިމާކޮށް، ރޮނާލްޑޯ ވަނީ އައްނަސްރުގެ ހުށަހެޅުން ގާބޫލުކޮށް އެ ކުލަބަށް ބަދަލުވާން ނިންމާފައެވެ. އެކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އެކްލަބަށް ސޮއިކުރީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ރޮނާލްޑޯގެ މުސާރަ އަހަރަކު 214 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު ރޮނާލްޑޯގެ ސޮއި ހޯދާފައިވާކަން އައްނަސްރުން އިއުލާންކުރިއިރު، އެ ކުލަބުގެ ރަސްމީ އިންސްޓަގްރާމް ފޮލޯކުރާ މީހުންގެ އަދަދަކީ 860 ހާސް މީހުންނެވެ. ނަމަވެސް ރޮނާލްޑޯގެ ސޮޔާއެކު މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެ ކުލަބަށް ފޮލޯކުރާ އިންސްޓަގްރާމް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން މިހާތަނަށް އެ ކުލަބަށް ފޮލޯކުރާ މީހުންގެ އަދަދު ވަނީ 3.7 މިލިއަނަށް އަރާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ ރޮނާލްޑޯ ޔޫރަޕުން ބޭރުގެ ކުލަބަކާ ގުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ ޔޫރަޕުގެ ހަތަރު ކުލަބަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕޯޓިން، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އަދި ޔުވެންޓަސް ހިމެނެއެވެ. ރޮނާލްޑޯ ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ 141 ލަނޑު ޖަހާފައިވާއިރު، އޭނާއާ އެންމެ ކައިރިން ވާދަކުރަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ ވަނީ ޗެމްޕިއަންސް ލީގުގައި 129 ލަނޑު ޖަހާފަ އެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. ޔޫރަޕުގެ ރަން ބޫޓު އޭނާ ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވަނީ ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2020

ޗައިނާއިން ރިކަވަރވި މީހުންގެ އަދަދުތަކާއި މެދު ބޮޑެތި ސުވާލުތަކެއް!

04 އެޕްރީލު 2020
ޗައިނާއިން ރިކަވަރވި މީހުންގެ އަދަދުތަކާއި މެދު ބޮޑެތި ސުވާލުތަކެއް!
03 އެޕްރީލު 2020

ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 10،000ށް ވުރެ މަތިވެފައިވާ ސްޕެއިން އިން ފާހަގަވާ ފަސް ކަމެއް

03 އެޕްރީލު 2020
ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 10،000ށް ވުރެ މަތިވެފައިވާ ސްޕެއިން އިން ފާހަގަވާ ފަސް ކަމެއް
24 މާރިޗު 2020

ފާއިތުވި 7 ދުވަސް ތެރޭގައި ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދު ދޮޅުލައްކައަކަށްވުރެ ގިނަ

24 މާރިޗު 2020
ފާއިތުވި 7 ދުވަސް ތެރޭގައި ވައިރަސް އަލަށް ޖެހުނު މީހުންގެ އަދަދު ދޮޅުލައްކައަކަށްވުރެ ގިނަ
22 މާރިޗު 2020

ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

22 މާރިޗު 2020
ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް
22 މާރިޗު 2020

ކޮވިޑް-19: އިޓަލީގައި މަރުވި މީހުންގެ އަދަދު 800 އާ ކައިރިވުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި

22 މާރިޗު 2020
ކޮވިޑް-19: އިޓަލީގައި މަރުވި މީހުންގެ އަދަދު 800 އާ ކައިރިވުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި
20 ޖެނުއަރީ 2020

ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

20 ޖެނުއަރީ 2020
ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން
26 އޮކްޓޯބަރު 2019

ގޮޅިތަކުގެ އަދަދު ކަނޑަނޭޅި ވިޔަފާރިވެރިން މަގުމަތިވެފައި!

26 އޮކްޓޯބަރު 2019
ގޮޅިތަކުގެ އަދަދު ކަނޑަނޭޅި ވިޔަފާރިވެރިން މަގުމަތިވެފައި!
19 އޮކްޓޯބަރު 2019

"ފްރެންޑްސް" ނިމުނުތާ 15 އަހަރު: ޖެނިފަރ އިންސްޓަގްރާމްއާ ގުޅި ޝޯވގެ ކާމިޔާބުކަން މުޅި ދުނިޔެއަށް ދައްކާލައިފި!

19 އޮކްޓޯބަރު 2019
"ފްރެންޑްސް" ނިމުނުތާ 15 އަހަރު: ޖެނިފަރ އިންސްޓަގްރާމްއާ ގުޅި ޝޯވގެ ކާމިޔާބުކަން މުޅި ދުނިޔެއަށް ދައްކާލައިފި!
27 ސެޕްޓެމްބަރު 2019

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު
25 މެއި 2019

ބޮޑެތި ކުށްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް މަތީގައި، ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް!

25 މެއި 2019
ބޮޑެތި ކުށްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް މަތީގައި، ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު