Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިން

ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

2009 ވަނަ އަހަރު ޔުނިސެފުން ހަދާފައިވާ ރިޕޯޓްގައި ބުނާގޮތުން ރާއްޖޭގެ ކޮންމެ ހަތްކުއްޖަކުން އެއް ކުއްޖަކަށް އުމުރުގެ ކޮންމެސް ހިސާބެއްގައި ޖިންސީ އަނިޔާ ލިބިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2020 | ހޯމަ 04:34
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި ދެކޮޅަށް މާލޭގައި ވަނީ އެއްވުމެއް ބާއްވާފައި

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި ދެކޮޅަށް މާލޭގައި ވަނީ އެއްވުމެއް ބާއްވާފައި

ރާއްޖޭގެ ދެކުނު އަތޮޅެއްގެ ރަށެއްގައި އުމުރުން 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެންދިޔަ ޚަބަރާއެކު މުޅި ޤައުމަށް ވަނީ ސިހުން ގެނުވާފަ އެވެ. ކުޑަކުއްޖަކަށް އެންމެ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމަށް ޤަބޫލުކުރެވޭ އަމިއްލަ ގޭގެ ތެރެއިން ލިބިގެންދިޔަ އަނިޔާތަކުގެ ވާހަކަ އާއެކު އެތައް ބަޔެއްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެންމެ ބޮޑަށް ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭ އަދި ލިބޭނެ ކަމަށް އެންމެންވެސް އުންމީދު ކުރާ އެކުއްޖެއްގެ އަމިއްލަ ބައްޕައާއި، ކާފަ އަދި މުނިކާފަ ހިންގަމުންދިޔަ ނުބައި ޢަމަލުތައް އެނގުމުން އެތައް ބަޔެއްގެ ބަސް ހުއްޓިގެންދިޔަ އެވެ. އަމިއްލަ ލެއަށް ބެލުމެއް ނެތި ހިންގި މުޑުދާރު މި ޢަމަލުގެ ޝިކާރައަކަށް އެކުއްޖާ ވެގެންދިއުމާއެކު، މުޅި ސޯޝަލް މީޑިޔާ މިވާހަކަ އިން ފުރާލިއެވެ.

ދިވެހިންގެ އެތައް ބަޔަކު އެމީހުންގެ ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތައް ބަންޑުން ކުރަމުންދިޔަ އެވެ. މެންދަމުގެ ހަމަހިމޭން ވަގުތުގެ އަރާމު ނިދި ނަގާލާ އެތައް ބަޔަކަށް އެ މައުސޫމް ކުޑަކުއްޖާގެ ޙާލަތާމެދު ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. އެކުޑަކުޑަ މައުސޫމް ކުއްޖާއަށް ލިބުނު އަނިޔާތަކާއި މިމައްސަލާގައި ކަންތައްތައް ހިނގާދިޔަ ގޮތް ތިލަވާން ފެށުމުން އެތުއްތު ކުއްޖާގެ ގައިގައި އަޅާނެ ވޭން ހިތަށް ތަޞައްވަރު ކޮށްލެވެން ފެށުނެވެ. އެތައް މައިންނަކާއި ބަފައިންނެއް އެމީހުންގެ ޅަ ދަރިންގެ ގައިގައި ބައްދާލާ އެދަރިން މިފަދަ ރަހުމު ކުޑަ ޢަމަލުން ސަލާމަތްކުރައްވާތޯ ކުރަމުންދިޔަ ދުޢާތަކުގެ އަޑު ބާރުވެއްޖެއެވެ.

ނަމަވެސް ހަޤީޤަތަކީ ހަތަރު ލައްކައެއް ހާ މީހުން ދިރިއުޅުމެންދާ މި ރާއްޖޭގައި ޖިންސީ ޝިކާރައަކަށް ވެގެންގޮސްފައިވަނީ މިތުއްތު ކުއްޖާ އެކަނި ނޫންކަމެވެ. މިފަދަ އެތައް މައުސޫމް ކުއްޖަކަށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ އަނިޔާ ލިބެމުންދެ އެވެ. އެވޭން ތަޙައްމަލު ކުރަމުންދެއެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ޢަދަދުތައް ދަށަށްދާ ތަނެއް ނުފެނެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާ ލިބެމުންދާ ކުޑަކުދިންނާ ގުޅޭގޮތުން މާބޮޑު ތަފްސީލީ ދިރާސާ ރިޕޯޓްތަކެއް ހެދިފައެއް ނެތެވެ. ނަމަވެސް ހެދިފައި ހުރި މަދު ރިޕޯޓްތަކަށް ބަލާލާއިރު އަދި ޖެންޑަރ މިނިސްޓްރީން ހާމަކުރަމުންދާ އެމިނިސްޓްރީއަށް ކޮންމެ މަހަކު ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓަށް ބަލާލާއިރު ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެމުންދާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް މަދުނުވާކަމީ އެރިޕޯޓްތަކުން ދައްކައިދޭ ހަޤީޤަތެވެ.

ކުޑަކުދިންނަށް ކުރާ އެންމެ ޢާންމު އަނިޔާއަކީ ޖިންސީ އަނިޔާ

ކުޑަކުދިންނަށް ލިބޭ އަނިޔާތަކާއި ގުޅޭގޮތުން ރާއްޖޭގައި 2009 ވަނަ އަހަރު ޔުނިސެފުން ހަދާފައިވާ ރިޕޯޓްގައި ބުނާގޮތުން ރާއްޖޭގެ ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކަށް އުމުރުގެ ކޮންމެސް ހިސާބެއްގައި ޖިންސީ އަނިޔާ ލިބިފައިވާކަމަށް ބުނެފައިވެ އެވެ. އުމުރުން 17 އަހަރުގެ އަންހެންކުދިންގެ ތެރެއިން ސެކަންޑަރީ ސްކޫލަށްދާ ކުދިންގެ 28 އިންސައްތަ ކުދިން ބުނެފައިވަނީ އެމީހުންގެ އުމުރުގެ ކޮންމެސް ހިސާބަކުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން ބޯހިމަނާފައިވާ 2014 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 18 އަހަރު ދަށުގެ ކުދިންގެ އާބާދީއަކީ 1111،107 އެވެ. އެހެންކަމަށްވާނަމަ މިޢަދަދުތައް އުޅޭނެ ހިސާބު އަންދާޒާ ކޮށްލައްވާށެވެ.

މި ޢަދަދުތައް ބެހެއްޓުމަށްފަހު ޖެންޑަރ މިނިސްޓްރީން ހާމަކުރަމުންދާ އެމިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާލަމާ ހެއްޔެވެ. މިތަފާސް ހިސާބުތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު 2017 ވަނަ އަހަރު ޖެންޑަރ މިނިސްޓްރީއަށް 1372 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެތެރެއިން 418 މައްސަލަ އަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެހެންކަމަށްވާނަމަ މަހެއްގެ މައްޗަށް އެއަހަރު ތެރޭގައި 34 މައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. މީގެއިތުރުން ވިޔަފާރި ފައިދާ ހޯދުމަށް 4 ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލަ އެ އަހަރު މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

2018 ވަނަ އަހަރަށް ބަލާލާއިރު އެ އަހަރު ކުޑަކުދިންނާ ގުޅުންހުރި 2635 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން ކުޑަކުދިންނަށް ލިބޭ އަނިޔާގެ 1305 މައްސަލަ ހުށަހަޅާފައިވާއިރު ޖިންސީ ހާނިއްކަ ލިބިގެން 358 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެއީ މަހެއްގެ މައްޗަށް 30 މައްސަލަ އެވެ. މީގެއިތުރުން ވިޔަފާރި ފައިދާ ހޯދުމަށް 2 ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ހުސްވި 2019 ވަނަ އަހަރު ޖެންޑަރ މިނިސްޓްރީން ތަފާސް ހިސާބު ނެރެފައިވަނީ 9 މަހެއްގެ އެވެ. އެ 9 މަހު ކުޑަކުދިންނާއި ގުޅުންހުރި 1981 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެތެރެއިން ކުޑަކުދިންގެ ލިބޭ އަނިޔާގެ 999 މައްސަލަ ހުށަހަޅާފައިވާއިރު ޖިންސީ އަނިޔާގެ 267 މައްސަލަ ވަނީ ހުށަހަޅާފައެވެ. މިއީ 9 މަހަށް ބަލާނަމަ މަހެއްގެ މައްޗަށް 30 މައްސަލަ އެވެ. ބާކީ ތިންމަހުގެ ތަފާސް ހިސާބުތައް އެއްކޮށްލުމުން މި ޢަދަދު އިތުރުވެގެންދާނެ އެވެ. އަނެއްކޮޅުން 2019 ވަނަ އަހަރު ވިޔަފާރި ފައިދާ ހޯދުމަށް 6 ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހެދުމަށް ވަކި އުމުރެއް ނެތް

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޙުކުމްކޮށްފައިވާ މީހުންގެ ވަނަވަރާއި ފޮޓޯ ހިމެނޭ ދަފުތަރެއް، ޖެންޑަރ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. "އޮފެންޑަރސް އެމްވީ" ގައި ހުރި މީހުންގެ ވަނަވަރުތަކަށް ބަލާލާއިރު އުމުރުން 20 އަހަރާއި 93 އަހަރާއި ދެމެދުގެ މީހުންނަށް ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ޙުކުމްކޮށްފައިވެ އެވެ. މުޅި ޖުމުލަ 181 މީހަކު މިލިސްޓުގައި ހިމެނޭއިރު އުމުރުން 90 އަހަރަށް ވުރެ މަތީގެ 3 މީހެއް މިލިސްޓުގައި ހިމެނެއެވެ. އަދި އުމުރުން 80ގެ އަހަރުތައް ގުނަމުންދާ ވެސް އުޅެނީ 3 މީހުންނެވެ. އުމުރުން 60 އަހަރާއި 70 އަހަރާ ދެމެދުގެ 19 މީހުން ހިމެނެއެވެ. އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ 34 މީހުން މި ލިސްޓުގައި ހިމެނެ އެވެ.

އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ 45 މީހުން މިލިސްޓުގައި ހިމެނެއެވެ. އުމުރުން 40 އަހަރާއި 60 އަހަރާ ދެމެދުގެ 68 މީހުންނަށް މިހާރުވެސް ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ޙުކުމް ކޮށްފަ އެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށް ކުޑަކުދިން ވަމުންދާ ނިޞްބަތް މަދުވެގެން ނުދާއިރު، މިކަމަށް ހުރިހާ އެންމެންވެސް ސަމާލުކަންދޭން އެބަޖެހެއެވެ. ކުޑަކުދިންގެ ބެލެނިވެރިންނާއި، އަވަށްޓެރިންނާއި، މުޅި މުޖުތަމަޢު އަދި ދައުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން މިކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވަމުންދާ ކުޑަކުދިންގެ ޢަދަދު އަދިވެސް ދާނީ މަތިވަމުންނެވެ. އުމުރުން 2 އަހަރުގެ މިކުޑަ ކުއްޖާގެ މައްސަލަ ފެންމަތިވެގެން ދިޔުމާއެކު މިކަމުން އެތައް ފިލާވަޅުތަކެއް މިވަނީ ލިބިގެންގޮސްފަ އެވެ. އެހެންކަމުން އެލިބުނު ފިލާވަޅު ތަކުގެ އަލީގައި މިކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ކުރަންޖެހިއްޖެ އެވެ.

މީގެކުރިން އިބްތިހާލްގެ މަރާއެކު އުފުލިގެންދިޔަ އަޑުތައް މަޑުވެ އެކަން ހަނދާން ނެތޭ ހިސާބަށް ދިޔަތަނާ، މިހިނގާ ދިޔަ ޙާދިސާއާއެކު އަނެއްކާވެސް މިވަނީ ކުޑަކުދިންނަށް ލިބޭ އަނިޔާތައް، ވަކިން ޚާއްޞަކޮށް ޖިންސީ އަނިޔާގެ ވާހަކަތަކުގެ އަޑުތައް ގަދަވެގެން ގޮސްފައެވެ. މީގައި މުހިންމީކީ އަޑުގަދަ ކުރުމެއް ނޫނެވެ. ޢަމަލެވެ. ޢަމަލުން އެކަން ނުދެއްކިއްޖެނަމަ އަނެއްކާވެސް އިތުރު ތުއްތު ކުއްޖަކު މިކަމުގެ ޝިކާރައަކަށް ވެގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު