Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

ބޮޑެތި ކުށްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް މަތީގައި، ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް!

ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު ވަނީ އިތުރުވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 މެއި 2019 | ހޮނިހިރު 11:41
ބިދޭސީންތަކެއް މަގެއްގެ މަތީގައި

ބިދޭސީންތަކެއް މަގެއްގެ މަތީގައި

ބިދޭސީންނާ ގުޅުން ހުރި މައްސަލަތަކުގެ ވާހަކައަކީ އިއްޔެއަކު މިއަދަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. ވިސްނުމެއް ނެތި އެޅުނު ކަތި ފިޔަވަޅެއްގެ ނަތީޖާއަކަށް ވެފައި ވަނީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މުޅި ދައުލަތް ނުކުޅެދުމެވެ. ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ބިދޭސީންގެ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ. ނަމަވެސް އެއްވެސް ސަރުކާރަށް ކާމިޔާބުނުވެފައި އޮތް ބޮޑު މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ.

ބިދޭސީންނާ ގުޅުން ހުރި އެކި މައްސަލަތައް އެކި ދުވަސްވަރުގައި ފެންމަތިވަމުން އައިސް، މިއަދު އަނެއްކާ ވެސް އެ ވަނީ ނުރައްކަލުގެ އިތުރު ސިގްނަލެއް ދީފަ އެވެ. ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ކަންކަން ހައްލުނުކުރެވި ބޮޑު ދާހިލީ ހަމަނުޖެހުމަކަށް ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބޮޑެތި ކުށްތައް ކުރުމުގައި ބިދޭސީން ޝާމިލްވާ މިންވަރު ދަނީ ނުރައްކާވާ މިންވަރަކަށް އިތުރުވަމުންނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުން ފެށިގެން ގޮސް، ގޭންގް މާރާމާރިތަކާއި، މީހުން މެރުމުގެ މައްސަލަތަކުގައި ވެސް ބިދޭސީން ބައިވެރިވާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި އެއަށް ވުރެ ވެސް ނުރައްކާ ކަމަކީ ބިދޭސީ އެކި "ގޭންގްތައް" ހަދައި، ގޭންގް މާރާމާރީތައް ހިންގާ ކަމެވެ. ނިމުނު އޭޕްރީލް މަހާއި، މި މެއި މަހުގައި މާލޭގައި ހިންގި ގިނަ މާރާމާރިތަކަށް ބަލާލުމުން ވެސް އެކަން އެ އޮތީ ސާފުކޮށް ފެންނާށެވެ.

މީހުން މެރުމުގެ މައްސަލަތަކަށް ބަލާއިރު، އެ މީހުންގެ ތެރެއިން މީހުން، އެ މީހުންގެ އެކުވެރިން އެ ގެންދަނީ މި ފަސްގަޑުގައި ރަހުމު ކުޑަ ގޮތްގޮތަށް މަރަމުންނެވެ. އެންމެ ފަހުން މަރާލެވުނު ލުތުފަރުގެ މައްސަލައަށް ބަލާލުމުން ވެސް އެކަން އެ އޮތީ އެހެންކަން ސާފުވެއެވެ. އޭގެ އިތުރުން ވެސް އެތައް މަރެއްގައި އެ މީހުންގެ ޝާމިލްވުން އޮވެ، ހައްޔަރުކުރަންޖެހިފައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، ބަނގުރާ ކެއްކުމާއި، އެ ވިއްކުމުގައި ވެސް އެންމެ އިސްކޮށް އުޅެނީ ބިދޭސީންނެވެ. އަދި އެކަން ވަނީ ބޮޑު ވިޔަފާރިއަކަށް ވެފައެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި ވެސް ބިދޭސީންނެވެ. އެ ބޭނުން ކުުރުމުގައި ވެސް ބިދޭސީންނެވެ. ނިމިދޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އާންމުކުރި ތަފާސް ހިސާބުތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އެވަރުން އަދި ނިމުނީއަކީ ނޫނެވެ. ދިވެހިންނަށް ބިރުދައްކައި، މާރާމާރި ހިންގުމުގައި ވެސް ބިދޭސީން ބައިވެރިވާ މިންވަރު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ނިމުނު ހަފްތާގެ ތެރޭގައި ހުޅުމާލޭ ލޯކަލް މާރުކޭޓުގައި ހިނގައިދިޔަ ހާދިސާ އިން ވެސް އެކަން ސާފުވެެއެވެ. ތަފާތު އެކި ފަހަރުމަތިން ބިދޭސީން ވަނީ ލޯކަލް މާރުކޭޓުގައި ހަމަނުޖެހުން ހިންގައިފައެވެ. އަދި އެތަނުގައި ދިވެހިންނަށް ވުރެ އެ މީހުންގެ ނުފޫޒު ގަދަވުމުގެ ސަބަބުން ދިވެހިން ތިބެންޖެހެނީ އެ މީހުން ހެއްދި ގޮތެއް ހެދިގެންނެވެ.

މި ގޮތަށް ގޮސް، ބޮޑެތި ކުށްކުރުމުގައި ބިދޭސީން ޝާމިލްވާ މިންވަރުގެ ވާހަކަ ދައްކާ ކޮޅުން ލާކަށް ނެތެވެ. ނަމަވެސް ހިތާމައަކީ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ދައުލަތަށް ނުކުޅެދިފައިވުމެވެ.

މި ސަރުކާރު ވެސް ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ބޮޑު ވައުދާ އެކު ވެރިކަމާއި ހަވާލުވި ނަމަވެސް، އަދިވެސް އުޅެނީ މައްސަލަ ހައްލުކުރާނެ ގޮތެއް ނުފެނިގެންނެވެ. މަޝްވަރާ ކުރުމާއި ހިސާބުގައި ބިދޭސީންގެ މައްސަލަތައް އޮތީ ފުނިޖައްސާލާފަ އެވެ.

ނުރައްކަލުގެ މި ވަރުގަދަ ސިގްނަލް ދެމުންގެންދާއިރު، މިއީ މިއަދު އަޅައި ނުލައި ދޫކޮށްލައިފި ނަމަ، މާދަމާ ދިވެހިންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަން ހަނދާނުގައި ބަހައްޓަން އެބަޖެހެއެވެ. މިއީ އާދައިގެ މައްސަލައެއްގެ ގޮތުގައި މިއަދު ދޫކޮށްލެވެން އޮތް މައްސަލައެއް ނޫނެވެ.

ބިދޭސީންނާ ގުޅުން ހުރި މައްސަލަތައް ފެށުނީ ދިވެހިންނާއި، ހިސާބުން ދިވެހިންގެ ސަބަބުންނެވެ. ދިވެހިންގެ ތެރެއިން ބަޔަކު ކުރި ކަމަކަށް ދައުލަތުން ލޯމަރާލައިގެން ތިބުމުގެ ސަބަބުންނެވެ. ކޮރަޕްޝަންގެ ތެރެއިން ބޮޑުވި މި މައްސަލަތައް ހައްލު ވެސް ކުރަން ތެދުވަންޖެހޭނީ ހަމަ ދިވެހިންނެވެ. ދިވެހި ދައުލަތަށެވެ. ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅައިގެންނެވެ. ނަމަވެސް އެ މީހުންގެ ވެސް ހައްޤުތައް ނުގެއްލޭނެ ފަދަ ގޮތެއްގެ މަތިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު