Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނަތް

ޔާމީނުގެ ފަރާތުން ހެކި ހުށަހެޅީ މުޅި ނިޒާމު ކުޅިވަރަކަށް ހަދައިގެން: ޙުކުމް

ޔާމީނު ވިދާޅުވި މުއާމަލާތް އެގޮތަށް ހިނގާފައިވާނަމަ، މާލީ ބަޔާނުގައި އެކަން ބަޔާން ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޑިސެމްބަރު 2022 | ބުދަ 03:53
ކުރީގެ ރައީސް އަބްދުﷲ ޔާމީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި ޔޫސުފް ނައީމްގެ ފަރާތުން ދިފާއީ ހެކި ހުށައަޅާފައިވަނީ މުޅި ޖިނާއީ އަދުލުގެ ނިޒާމު "ކުޅިވަރަކަށް ހަދައިގެން" ކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީނުގެ މާލީ ބަޔާނަށް ބަލާއިރު، ވަކިވަކި ފަރުދުންގެ ފަރާތުން 14 މިލިއަނާއި، އެމަނިކުފާނު ނިސްބަތްވާ ޕާޓީން 3 މިލިއަން ދިވެހި ރުފިޔާ ނަޤުދު ފައިސާއިން ލިބިފައިވާކަން ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޚަރަދު ކޮށްފައިވާ ފައިސާގެ އަދަދަކީ 18،868،570.34 ރުފިޔާކަމަށް މާލީ ބަޔާނުގައި ވަނީ ބަޔާންކޮށްފައެވެ.

ކޯޓުގެ ޙުކުމުގައި ބުނެފައިވާ ގޮތުގައި، ޔާމީނަށް އެކި ގޮތްގޮތުން ފައިސާ ދިން ފަރާތްތައްވެސް މި މާލީ ބަޔާނުގައި ޔާމީން ފާހަގަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް، އޭގައި ޔޫސުފް ނައީމްގެ ވާހަކަ ބަޔާން ކުރައްވާފައި ނެތްކަން ފާހަގަ ކުރައްވައި ޙުކުމުގައި ބުނެފައިވަނީ، އެއީ ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ ހަގީގަތުގައިވެސް ސިޔާސީ ކެމްޕޭނަށް ލިބިފައިވާ އެހީއަކަށް ނުވާ ކަމުގެ ހެއްކެއް ކަމަށެވެ.

އެކަން ހަގީގަތުގައިވެސް އެގޮތަށް ހިނގާފައިވާނަމަ، މާލީ ބަޔާނުގައި އެކަން ބަޔާން ކުރައްވާނެކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގޭކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ޔާމީނުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހާޒިރުވި ފަރާތްތަކުގެ ހެކިބަސްތަކަށް ޖުމުލަކޮށް ބަލާއިރު، ހެކިވެރިންގެ ހަނދާނުގައި ހުރީ ހަމައެކަނި ދައުވާ ލިބޭ ފަރާތްތަކަށް ފަހިވާ ބައި އެކަނިކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ ހަނދާން ބަލި، "ސެލެކްޓިވް މެމޮރީ" ހުންނަ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް އިސްލާމީ ޝަރިއާގައި ފިގުޙު އިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.

ޙުކުމުގައި އިތުރަށް ބުނެފައިވަނީ، ދިފާއީ ހުރިހާ ހެކިންނަކީވެސް ތަހުގީގު މަރުޙަލާގައި ހުށައެޅެން އޮތް ހެކިތަކެއް ކަމަށެވެ.

އެހެންނަމަވެސް ތަހުގީގުގައި އެ ހެކިތައް ހުށަނާޅާ، ޖިނާއީ ތަހުގީގުތަކާއި، އިޖުރާއަތުތަކާއި ނިޒާމަށް ގޮންޖަހާ ގޮތަށް، އަދި ނިޒާމު ކުޅިވަަރަކަށް ހަދައިގެން ހެކި ހުށައަޅާފައިވާކަމަށް ޙުކުމުގައި ބުނެއެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވާއިރު، ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު