Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާނުގައި ހިންގަމުންދާ އިންސާނީ އެހީ

ޠާލިބާނުންގެ ހަރުކަށި އަމުރަކާއެކު އަފްޣާނިސްތާނަށް ބައިނަލްއަޤުވާމީ އެހީ ހުއްޓި، އަންހެނުންނާއި ކުޑަކުދިން ނުރައްކަލަށް!

އަފްޣާނިސްތާނުގައި ހިންގަމުންދާ އިންސާނީ އެހީގެ މަޝްރޫއުތައް ހުއްޓާލާނެ ކަން 4 ޖަމިއްޔާއަކުން ވަނީ އިއުލާން ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 08:06
ޑިސެމްބަރު 22 ވަނަ ދުވަހު ޠާލިބާން ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ހުރިހާ ޔުނިވަރސިޓީއެއްގެ ދޮރުތައްވެސް އަންހެން ދަރިވަރުންނަށް ބަންދު ކޮށްފައި

ޑިސެމްބަރު 22 ވަނަ ދުވަހު ޠާލިބާން ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ހުރިހާ ޔުނިވަރސިޓީއެއްގެ ދޮރުތައްވެސް އަންހެން ދަރިވަރުންނަށް ބަންދު ކޮށްފައި

ދީނީ ގޮތުން ހަރުކަށި ފިކުރުގައި ހައްދު ފަހަނަ އަޅާ ގޮސްފައި ވާ ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން ދާ ޠާލުބާނު ޖަމާއަތުން ގަދަ ބާރުން ވެރިކަން ހިންގަމުން އަންނަ އަފްޣާނިސްތާނުގައި، އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާ ނުކުރެވޭ ގޮތަށް ޠާލިބާނު ސަރުކާރުން އަމުރު ނެރުމާ ގުޅިގެން، އަފްޣާނިސްތާނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ފެންވަރުގެ 4 ޖަމިއްޔާއަކުން، އެ ޤައުމުގައި ހިންގާ މަޝްރޫއުތައް މެދުކަނޑާލަން ނިންމާފައި ވާ ކަން ހާމަ ކޮށްފިއެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު ޠާލިބާނު ސަރުކާރުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އަފްޣާނިސްތާނުގައި ހިންގަމުންދާ ދޭސީ އަދި ބިދޭސީ، ސަރުކާރު ހިއްސާނުވާ ޖަމިއްޔާ/ޖަމާޢަތް (އެންޖީއޯ) ތަކުގެ އަންހެން މުވައްޒަފުންގެ މަސައްކަތް، ވަކި އެއްޗެއް އަންގަން ދެން، މިހާރުން މިހާރަށް ހުއްޓާލުމަށް އަމުރު ކުރާ ކަމަށެވެ. ޠާލިބާން ސަރުކާރުގެ ނިންމުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ކުށްވެރި ކުރާ ނިންމުމަކަށް ވީ ނަމަވެސް، އެ ނިންމުން ނިންމާފައި ވަނީ، އިސްލާމީ ވެއްޓެއްގައި އަންހެނުން ހެދުން އަޅަން ޖެހޭނެ ކަމަށް ޠާލިބާނުން ޤަބޫލު ކުރާ އުސޫލުތަކާ ޚިލާފަށް، އެންޖީއޯތަކުގެ އަންހެން މުވައްޒަފުން ހެދުން އަޅަމުން ދާތީ ކަމަށްވެސް ޚަބަރު ލިބެއެވެ.

އަފްޣާނިސްތާނުގައި ހިންގަމުންދާ އިންސާނީ އެހީގެ މަޝްރޫއުތައް ހުއްޓާލާނެ ކަން އިޢުލާން ކޮށްފައިވާ 4 ޖަމިއްޔާގެ ތެރެއިން ސޭވް ދަ ޗިލްޑްރަން، ނޯވީޖިއަން ރެފިއުޖީ ކައުންސިލް އަދި ކެއަރ އިންޓަރނޭޝަނަލްއިން އާންމު ކޮށްފައި ވާ ގުޅިފައި ވާ ބަޔާނުގައި ބުނެފައި ވަނީ، އަފްޣާނިސްތާނުގެ ސަރުކާރުން ނެރުނު އަމުރާ ގުޅޭ އިތުރު ތަފްސީލުތައް ލިބެންދެން، އެހީގެ މަޝްރޫއުތައް މެދުކަނޑާލާނެ ކަމަށެވެ. 

އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ)އިން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއިންވެސް ޚިދުމަތް މެދުކަނޑާލާ ކަމަށެވެ. ސަބަބެއް ކަމުގައި ބަޔާން ކޮށްފައި ވަނީ ދާދި އެއް ވާހަކަތަކެކެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރޮއިޓަރޒްއާ ވާހަކަދައްކަވަމުން ސޭވް ދަ ޗިލްޑްރަން އިންޓަރނޭޝަނަލްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ، ޑޭވިޑް ރައިޓް ވިދާޅުވީ، އަންހެން މުވައްޒަފުންނަކީ، އަންހެނުންނާއި ކުޑަކުދިންނަށް އެހީ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ މުވައްޒަފުންތަކެއް ކަމަށެވެ.

ރައިޓް ވިދާޅުވީ، މި މައްސަލާގައި ޠާލިބާނުންނާއެކު މަޝްވަރާ ކުރުމުގައި އދއިން އިސްދައުރެއް އަދާ ކުރަމުން ދާ ކަމަށެވެ.

އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކަށް ލިބެމުން ދިޔަ އިންސާނީ އެހީގެ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައި ވާ މި ދަނޑިވަޅަކީ، އެ ޤައުމުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން، އިންސާނީ އެހީއަށް ބަރޯސާވެފައި ވާ ދަނޑިވަޅެކެވެ. އަދި މި ދުވަސްވަރަކީ މޫސުމީ ގޮތުން ބަލާއިރުވެސް، އަފްޣާނިސްތާނަށް އިންތިހާއަށް ފިނިގަދަވެގެންދާނެ ދުވަސްވަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސޭވް ދަ ޗިލްޑްރަން، ނޯވީޖިއަން ރެފިއުޖީ ކައުންސިލް އަދި ކެއަރ އިންޓަރނޭޝަނަލްއިން ބުނީ، އިޤްތިޞާދީ ކާރިޘާއެއްގެ ތެރޭގައި ޤައުމު ވަނިކޮށް، އަންހެން މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅުމަކީ، އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ފޯރާނެ ކަމެއް ކަމަށެވެ.

ޑިސެމްބަރު 22 ވަނަ ދުވަހު ޠާލިބާން ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ހުރިހާ ޔުނިވަރސިޓީއެއްގެ ދޮރުތައްވެސް އަންހެން ދަރިވަރުންނަށް ބަންދު ކޮށްފައެވެ. އަންހެން ދަރިވަރުންނަށް ޔުނިވަރސިޓީގެ ދޮރުތައް ބަންދު ކުރުމުގެ ސަބަބުތަކުގެ ތެރޭގައިވެސް އިސްލާމީ ވެއްޓެއްގައި އަންހެނުން ހެދުން އަޅަން ޖެހޭނެ ކަމަށް ޠާލިބާނުން ޤަބޫލު ކުރާ އުސޫލުތަކާ ޚިލާފަށް، ބައެއް ދަރިވަރުން ހެދުން އަޅަމުން ދާ ދިއުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަންހެނުންނަށް ދެން ބޭރަށް ނިކުމެވޭނީ މޫނު ނިވާ ކޮށްގެން ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަންގާ، ގަރާރެއް ނެރުނީ، ނިމިގެން މިދާ 2022 ވަނަ އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ. ތޯލިބާނުން އާންމު ކުރި އާ ގަވައިދުގައި އަންހެނުން ނިގާބު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފެއިލްވާ އަންހެނުންގެ ބެލެނިވެރި ފިރިހެނެއްގެ ގާތަށް ކަމާ ބެހޭ ފަރާތްތަކުން ޒިޔާރަތްކޮށް، ނަސޭހަތް ތެރި ވާނެ ކަމަށާ، އަދި އެވަރުންވެސް ނުވެއްޖެނަމަ، ޖަލަށް ލާ، ހުކުމް އިއްވާނެ ކަމުގެ އިންޒާރު ދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އާންމު ދިރިއުޅުމުގެ ކަންކަމުގައި އަންހެނުން ހުރަސްތައް ކުރިމަތި ކުރާ ކަމުގެ ތުހުމަތު، ސިލްސިލާ ގޮތެއްގައި ތޯލިބާނުންނަށް އަމާޒުވެއެވެ. ނަމަވެސް އޯގަސްޓް 2021 ގައި، އެ ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގީ، މިހާރު އެއީ ބަދަލުވެފައިވާ ޖަމާއަތެއް ކަމަށް ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ މައްސަލަ ބަލަން ހާއްސަ ޔުނިޓެއް

ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ މައްސަލަ ބަލަން ހާއްސަ ޔުނިޓެއް

14 އޮކްޓޯބަރު 2019
އިންޑިއާ ސިފައިންނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އދ. ސެކިއުރިޓީ ކައުންސިލް

އިންޑިއާ ސިފައިންނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އދ. ސެކިއުރިޓީ ކައުންސިލް

22 ފެބުރުއަރީ 2019
ޖަމާލް ޚަޝޫގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައި ވާނަމަ ހަރުކަށި އަދަބެއް ދޭނަން: ޓްރަމްޕް

ޖަމާލް ޚަޝޫގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައި ވާނަމަ ހަރުކަށި އަދަބެއް ދޭނަން: ޓްރަމްޕް

14 އޮކްޓޯބަރު 2018
ނޭޓޯ ސަމިޓް: ދެވަނަ ދުވަހުގެ ވާހަކަތައް އަފްޣާނިސްތާނަށް އަމާޒުކުރެވޭތޯ ބަލަނީ

ނޭޓޯ ސަމިޓް: ދެވަނަ ދުވަހުގެ ވާހަކަތައް އަފްޣާނިސްތާނަށް އަމާޒުކުރެވޭތޯ ބަލަނީ

12 ޖުލައި 2018
ޠާލިބާނުންގެ ޕާކިސްތާނު ގޮފީގެ އަމީރު، 'މުއްލާ ރޭޑީއޯ' މަރާލައިފި

ޠާލިބާނުންގެ ޕާކިސްތާނު ގޮފީގެ އަމީރު، 'މުއްލާ ރޭޑީއޯ' މަރާލައިފި

16 ޖޫން 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު