Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލައިފް ހައުސް

ވެއްޓާ ރައްޓެހި އުމްރާނީ ބިނާވެއްޓަކަށް، ނިޒާރުގެ "ލައިފް ހައުސް" ވަރެއް ނެތް!

ގާތަކުގެ ދޭތެރެއަށް، ބިއްލޫރި ފުޅިވެސް ލައްވާފައި ހުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 06:47
މަސައްކަތްތެރިންނާއި ދަރުމަވެރިންގެ އެހީތެރިކަމާއެކު، "ލައިފް ހައުސް"ގެ މަސައްކަތްތައް ނިންމާލުމަށް 4 އަހަރު ދުވަސް ހޭދަވި

މަސައްކަތްތެރިންނާއި ދަރުމަވެރިންގެ އެހީތެރިކަމާއެކު، "ލައިފް ހައުސް"ގެ މަސައްކަތްތައް ނިންމާލުމަށް 4 އަހަރު ދުވަސް ހޭދަވި

ތިމާވެށީގެ ހިމާޔަތަށް މަސައްކަތް ކުރުމަކީ ލައިގެން ހުންނަ ޓީޝާޓެއްގައި އެ ވާހަކަ ޖަހާލައިގެން، ނޫނީ ސޯޝަލް މީޑިއާގައި އަޑުގެ ކޮޅަށް ހަޅޭއްލަވައިގެން ނަތީޖާ ނެރެވޭނެ ކަމެއް ނޫނެވެ. އަމަލީ ގޮތުންވެސް އެކަމުގައި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ވަކި ބަޔަކު ކުރާނޭ ކިއާ، ދޫކޮށްލައިގެން ހުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ފަރުދީ ފެންވަރުގައިވެސް މަސައްކަތްތަކެއް ކޮށްގެން ނޫނީ، އެދެވޭ ނަތީޖާއެއް އޮންނާނީ ނުނެރެވިފައެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން، ފަރުދީ ފެންވަރުގައި، އާންމުންގެ ގިނަ ބަޔަކަށް މިސާލު ދެއްކި އެކަކީ ލުބްނާންގެ ރައްޔިތެއް ކަމަށް ވާ ނިޒާރު ހައްދާދްއެވެ. އަރކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ނިޒާރު ވަނީ، ލުބްނާންގެ މިތުން ޑިސްޓްރިކްޓްގައި ހުންނަ އޭނާގެ ގެ، ހުރިހާ ގޮތަކުންވެސް ވެއްޓާ ރައްޓެހި އިމާރާތަކަށް ބަދަލު ކޮށް، އަމިއްލަ ފުދުންތެރިކަން އިތުރު ކޮށްފައެވެ. އެ ގެއަކީ ވެއްޓާ ރައްޓެހި އުމްރާނީ ބިނާވެށީގެ ރަމްޒެއް ކަމުގައިވެސް ސިފަ ކުރެވިދާނެއެވެ.

އަދުގެ އިމާރާތްތައް ފަރުމާ ކޮށްފައި ހުންނަ ގޮތުން، މޫސުމާއެކު ހޫނު ކުރުމުގެ ނިޒާމުތަކާއި، ފިނި ކުރުމުގެ ނިޒާމުތަކާއި، ކަރަންޓުވެސް ބޭނުން ކުރަން ޖެހޭ ކަމަށާ، މިފަދަ ކަންކަމަކީ އޭގެ އެންމެ އިންތިހާއަށް ވެށި ތަޣައްޔަރު ކުރާ ކަންކަން ފާހަގަ ކުރަމުން ނިޒާރު ބޭނުންވީ، ބަދަލެކެވެ. ވެއްޓާ ރައްޓެހި، ފެހި އަރކިޓެކްޗަރާ މެދު މީހުން ހޭލުންތެރި ކުރުވާށެވެ.

ނިޒާރުގެ މި އާދަޔާ ޚިލާފު ގެއަށް ދީފައި ވާ ނަމަކީ "ލައިފް ހައުސް"އެވެ. މުޅި ގެ އިމާރާތް ކޮށްފައި ވަނީ މައްޓާއި ކިސަޑު ޗަކައިން ތައްޔާރު ކޮށްފައި ވާ ގަލުންނެވެ. ގާތަކުގެ ދޭތެރެއަށް، ބިއްލޫރި ފުޅިވެސް ލައްވާފައި ހުރެއެވެ. އެއީ ގޭ ތެރެއަށް އަލިކަން ވެއްދުމަށް ނިޒާރު ބޭނުން ކުރި އުކުޅެވެ. ބައެއް ފަރުތާއް ހަދާފައި ވަނީ ބޭނުން ކޮށްފައި ވާ ޓަޔަރު ތެރެއަށް ވެލި އަޅައިގެންނެވެ.

ގެ އިމާރާތް ކުރުމަށް ބޭނުން ވި މައްޓާއި ކިސަޑު ގާތަށް އެޅީވެސް ނިޒާރު އަމިއްލައަށެވެ. ގޭގެ ދެވަނަ ފަންގިފިލާގެ މަސައްކަތްތައް ކުރިއަށް ދާ އިރު، ގޭ އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ އެތަނުގައެވެ.

ނިޒާރުގެ "ލައިފް ހައުސް"ގައި ބިއްލޫރި ކޮޓަރިއެއްވެސް ހުރެއެވެ. އެއީ ގޭގެ ފިނިހޫނު މިން ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކޮޓަރިއެކެވެ. މުޅި އަހަރު ދުވަހުވެސް، ދާދި އެއްގޮތެއްގައި ފިނިހޫނު މިން ހިފަހައްޓާލެވޭތީ، މުޅި އަހަރު ދުވަހުވެސް، އާދަޔާ ޚިލާފު އެކި ކަހަލަ މޭވާތައް އިންދުމުގެ ފުރުޞަތުވެސް "ލައިފް ހައުސް"ގައި އޮވެއެވެ.

މަސައްކަތްތެރިންނާއި ދަރުމަވެރިންގެ އެހީތެރިކަމާއެކު، "ލައިފް ހައުސް"ގެ މަސައްކަތްތައް ނިންމާލުމަށް 4 އަހަރު ދުވަސް ހޭދަވިއެވެ. ނިޒާރު ސިފަ ކުރި ގޮތުގައި، މި އިމާރާތަކީ، އެ އިމާރާތް އެޅުމުގެ މަސައްކަތުގައި ބައިވެރިވި ކޮންމެ މީހަކުވެސް، އެމީހެއްގެ ޚިޔާލު ބޭނުން ކޮށްގެން ކުރި އިމާރާތެއް ކަމަށެވެ.

ލުބްނާންގެ އެހެން ރައްޔިތުންނާ ޚިލާފަށް، ފެނާއި ކަރަންޓުގެ ޚިދުމަތް އައުޓްސޯސް ކުރާކަށް، ނިޒާރަކަށް ނުޖެހެއެވެ. ދިރިއުޅުމަށް ބޭނުންވާ ފެނާއި ކަރަންޓު ހޯދުމުގެ ކަންކަންވެސް ހުރީ ވެއްޓާ ރައްޓެހި އިންތިޒާމެއްގެ ތެރެއިން ހަމަޖައްސާފައެވެ. ފެން ނެގުމަށް ހާއްސަ ނިޒާމެއް ޤާއިމު ކޮށްފައި ވާ އިރު، ކަރަންޓުގެ ހަކަތަ ކަށަވަރު ކުރަނީ ގޭގައި ހަރުކޮށްފައި ވާ ސޯލަރ ޕެނަލްތަކުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޭބަލް ކިޔައިގެން، ހައްޓާއި ވެއްޓާ ރައްޓެހި ބާވަތްތައް ޚިޔާރުކުރާ މީހުންނަށް ލޫޕިން!

ލޭބަލް ކިޔައިގެން، ހައްޓާއި ވެއްޓާ ރައްޓެހި ބާވަތްތައް ޚިޔާރުކުރާ މީހުންނަށް ލޫޕިން!

23 ޑިސެމްބަރު 2023
އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

16 މެއި 2023
ހަނގުރާމާގައި ސުންނާފަތިވި ޔަމަނުގެ އުމްރާނީ ބިނާވެއްޓަށް ފަންނުވެރި އިންގިލާބެއް!

ހަނގުރާމާގައި ސުންނާފަތިވި ޔަމަނުގެ އުމްރާނީ ބިނާވެއްޓަށް ފަންނުވެރި އިންގިލާބެއް!

19 ފެބުރުއަރީ 2023
ސީރިއާ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ އުމްރާނީ ގެއްލުންތައް ކުރެހުންތަކުން

ސީރިއާ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ އުމްރާނީ ގެއްލުންތައް ކުރެހުންތަކުން

17 މެއި 2022
އައްޒަ އާއި މުއާ އުޅެނީ ރައްޓެހި ވެގެންތަ؟

އައްޒަ އާއި މުއާ އުޅެނީ ރައްޓެހި ވެގެންތަ؟

26 ޖޫން 2018

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު