Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ވެމްކޯއިން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކުން ކުނި ނެގުން ހުއްޓާލައިފި

27 ޑިސެމްބަރު 2022 | އަންގާރަ 02:17

ވެމްކޯއިން މިގޮތަށް ނިންމީ ސިޓީ ކައުންސިލުން އެއްބަސްވުން އައު ނުކުރުމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޑިސެމްބަރު 2022 | އަންގާރަ 02:17
ވެމްކޯގެ މުވައްޒަފުން މަގުމަތި ސާފުކުރުމުގައި

ވެމްކޯގެ މުވައްޒަފުން މަގުމަތި ސާފުކުރުމުގައި

މާލެއާއި ވިލިމާލެ މަގުތަކުންނާއި ގޯޅިތަކާއި ޕާކުތައް އަދި މައިޒާންތަކުން ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ހުއްޓާލައިފިއެވެ.

އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާލޭ ސަރަހައްދުގެ މަގުތަކާއި، ޕާކު އަދި މައިޒާންތަކުން ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފާއިތުވި ފަސް އަހަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއެކު ހަދާފައިވާ އެ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 25 އަށް ހަމަވެފައިވާ ކަމަށާއި ސިޓީ ކައުންސިލުން އެއްބަސްވުން އައު ނުކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެއްބަސްވުން އައު ނުކުރުމަށް ނިންމައި ސިޓީ ކައުންސިލުން އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަމިއްލައަށްކަން ފާހަގަކޮށް ވެމްކޯއިން ބުނީ އެއާއެކު އެ ކުންފުނިން ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ހުއްޓާލަން ނިންމި ޚިދުމަތްތަކުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކާއި ގޯޅިތަކާއި ޕާކުތަކާއި އަދި މައިޒާންތަކާއި އެ މައިޒާންތަކާ ގުޅިފައިވާ މަގުތަކާއި ގޯތިތައް ހިމެނޭގޮތަށް ކުނިކަހައި ސާފުކޮށް، ކުނި ނަގައި ކުނި އުކާލައި އެ ކުނި ނައްތާލުމުގެ މަސައްކަތާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުމާއި އަދި ކުނި ނައްތާލުމުގެ މަސައްކަތާއި މާލެއާއި ވިލިމާލޭގެ މަގުތަކާއި ގޯޅިތަކުގެ ކަންމައްޗަށް ގަވާއިދާ ޚިލާފަށް އަޅާ ކުނި ނެގުމާއި އެ ކުނި ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ.

ވެމްކޯއިން މާލެއާއި ވިލިމާލޭގައި ދެމުން އައި ގިނަ ޚިދުމަތްތައް ހުއްޓާލަން ނިންމި ނަމަވެސް ގޭބީސީތަކުން އަދިވެސް ކުނި ނަގާނީ އެ ކުންފުނިންނެވެ. ނަމަވެސް އެ ކުންފުނިން މިގޮތަށް ކުނި ނަގާނީ އެ ކުންފުނީގައި ރަޖިސްޓްރީވެގެން ޚިދުމަތް ހޯދާ ތަންތަނުން އެކަންޏެވެ.

މާލެ ސިޓީ ކައުންސިލުން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމީ އެ އެއްބަސްވުމުގެ ސަބަބުން ކައުންސިލުގެ ޚަރަދު އިތުރުވާނެ ކަމަށާއި ކައުންސިލުން އަމިއްލައަށްކުރާނަމަ ޚަރަދު ދަށްވާނެ ކަމަށް ބުނެއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު މާލެއާއި ވިލިމާލޭގެ މަގުތަކުގައި ކުނި ކެހުމުގައި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް