Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެވަންޑޯސްކީ

މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: ލެވަންޑޯސްކީ

ލެވަންޑޯސްކީ ބުނީ ފުޓުބޯޅައިގައި މެސީ އަށް ހުރިހާ ކާމިޔާބެއް ހާސިލް ކުރެވިއްޖެ ކަމަށާއި، މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2022 | ހޯމަ 07:06
ފީފާ ވޯލްޑް ކަޕްގެ ތެރެއިން މެސީ އަދި ލެވަންޑޯސްކީ

ފީފާ ވޯލްޑް ކަޕްގެ ތެރެއިން މެސީ އަދި ލެވަންޑޯސްކީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

މެސީގެ ކުރީގެ ކުލަބް ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ މިހެން ބުނީ، މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލު ކުރި މެޗުގައި މެސީ އާއި ލެވަންޑޯސްކީއާ ދެމެދު ދެކެވުނު ވާހަކަތަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އޭނާ ބުނީ މެސީއާ ދެމީހުން ދެއްކި ވާހަކަތައް އާންމުންގެ ތެރޭގައި ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ އެއީ ދެ ކުޅުންތެރިން ވެސް އެއްބަސްވެގެން ދެކެވުނު ވާހަކައެއް ކަަމަށެވެ. ލެވަންޑޯސްކީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެ ފަދަ ވާހަަކަތަކަކީ ތަފަސީލްކޮށްދެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ޕްރައިވެޓް ވާހަކަ ކަމަށެވެ. ނަމަވެސް މެސީއާ ދެކެވުނީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

މެސީ އާއި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ލެވަންޑޯސްކީ ބުނީ، އެއީ މެސީގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ފުޓުބޯޅައިގައި މެސީ އަށް ހުރިހާ ކާމިޔާބެއް ހާސިލުކުރެވިއްޖެ ކަމަށާއި، މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އެކަމުގެ އުފާ މިހާރު މެސީ ލިބިގަނެ، އެކަން ފާހަގަކުރަމުންދާކަމަށާއި މެސީ އާއި އާޖެންޓީނާ އަށް އެއީ ކިހާ ބޮޑު ކާމިޔާބެއް ކަމަށް އިޙުސާސްކުރެވޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް މެސީ ވަރަށް މޮޅަށް ކުޅުނު ކަމަށާއި، މުޅި ދުނިޔެއަށް އެކަން ފެންނާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އޭނާ ހައިރާން ނުވާ ކަމަށެވެ. ސަބަބަކީ އާޖެންޓީނާ އަކީ މުބާރާތް ކާމިޔާބު ކުރާނެ ފޭވަރިޓުން ކަމަށް މުބާރާތުގެ ކުރިން ވެސް އޭނާ ބުނެފައިވާނެ ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ސައުދީ އަރަބިޔާ އަތުން ބަލިވި ނަމަވެސް، ފައިނަލަށް ގޮސް އާޖެންޓީނާ އިން ތަށި ކާމިޔާބު ކުރާނެ ކަމަށް ޤަބޫލު ކުރެވުނު ކަމަށެވެ.

ލެވަންޑޯސްކީ ވަނީ އޭނާ ކުޅުން ހުއްޓާލުމުގެ ކުރިން މެސީއާ އެއް ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ވެސް ބުނެފަ އެެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު