Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރސް ކޮންފަރެންސް

ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލްކަން އިތުރުކުރަންޖެހޭ - އެޑިއުކޭޝަން މިނިސްޓަރު

ތައުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ސިނާއީ ހަތަރުވަނަ އިންގިލާބަކަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަޚްސީ ސިފަތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޑިސެމްބަރު 2022 | ހޮނިހިރު 10:07
ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ ވާހަކަފުޅުދައްކަވަނީ

ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ ވާހަކަފުޅުދައްކަވަނީ

ކްރިޓިކަލް ތިންކިންގގެ ހުނަރު ނުވަތަ ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލްކަން އިތުރުކުރުމަށް އިސްކަންދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެ ބަދަލުކޮށްލި ފުރަތަމަ ސިނާއީ އިންގިލާބަކީ، އާވިން މެޝިން ހިންގައިގެން ގެނައި އިންގިލާބު ކަމަށެވެ. އަދި ދެވަނަ އިންގިލާބަކީ، އިލެކްޓްރިކް ބާރު ގެނުވި އިންގިލާބު ކަމަށެވެ. ތިންވަނަ އިންގިލާބަކީ، ކޮމްޕިއުޓަރުން ގެނައި އިންގިލާބު ކަމަށާއި، ހަތަރުވަނަ ސިނާއީ އިންގިލާބަކީ ދެމެހެއްޓެނިވި ހަކަތައާއި އިންޓަރނެޓުން ގެންނަ ބަދަލުތައް ކަމަށެވެ. މި ހަތަރުވަނަ ސިނާއީ އިންގީލާބަށް ދަރިވަރުން ތަމްރީނުކުރުމަށް އަޅުގަނޑުމެން އިސްކަންދޭންވީ ކޮންކޮން ކަމަކަށްތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ މަދަރުސާ ކުއްޖަކާ މިއަދު ކުރިމަތިވަނީ ތަފާތު އެތައް ވީޑިއޯތަކަކާއި މަންޒަރުތަކެއް ކަމަށެވެ. ބައެއް މީހުން ރީތިކަމަށް، ހުތުރު ކަންތައްތައް ހަދައި، ހަރާމްކަންކަން ހަލާލު ކަންކަމުގެ ގޮތުގައި ދައްކުވައި، ނިޔާއާއި އަނިޔާ އެއްގޮތްކުރަން އުޅޭކަމަށެވެ. އަދި އިންފޮމޭޝަނާއި ޑިސްއިންފޮމޭޝަން ވަނީ ލާމެހިފައި ކަމަށާއި، ފޭކު ޚަބަރާއި ހަގީގީ ޚަބަރު ވަނީ އެކުވެފައި ކަމަށެވެ. ސައްހަ ނޫން އެތައް މައުލޫމާތުގެ ބޯ ވާރެއިން، ހަގީގަތުގެ މަލަމަތިވެސް ގެއްލޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން ކަމަށެވެ. އަދި ވިސްނާއިރު، މައުލޫމާތު ހިތުގައި ނެތްނަމަ، އެ މައުލޫމާތު ހިމަނައިގެން ވިސްނޭކަށް ނޯންނާނެ ކަމަށާއި، ވީމާ، އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެންޖެހޭ މައުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި ކަމަށެވެ.

ގިނަ މައުލޫމާތުތަކެއް ހިތުގައި ބެހެއްޓޭނީ، އަދި ބޭނުންވާ ހިނދަކު ހޯދޭނީ، ހިތުގައި އެ ގުދަންކޮށް ތަރުތީބުކުރާ އިންތިޒާމެއްގެ ސަބަބުން ކަމަށާއި، ދަރިވަރުންނަށް ދަސްކޮށްދޭންޖެހެނީ އޮއްޓަރުގެ އިތުރަށް ތަކެތި ދަސްކުރާނޭ ގޮތްކަމަށާއި، ތަކެތި ދަތުމަށްފަހު، އެ ބޭނުންވާ ހާލަތްތައް ދެނެގަނެ، އެ ބޭނުންކުރާނޭ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2017

25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

21 ނޮވެމްބަރު 2017
25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
05 ނޮވެމްބަރު 2017

ދިވެހި ޕްރިމިއާ ލީގު: ކުޑަހުވަދޫ ބަލިކޮށް ނިއު ލީޑު ފުޅާކޮށްފި

05 ނޮވެމްބަރު 2017
ދިވެހި ޕްރިމިއާ ލީގު: ކުޑަހުވަދޫ ބަލިކޮށް ނިއު ލީޑު ފުޅާކޮށްފި
19 އޮކްޓޯބަރު 2017

ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ހަތަރު ދުވަސްފަހުން ފުންކޮށްފި

19 އޮކްޓޯބަރު 2017
ތުޅާދޫ ނެރުމައްޗަށް އެރި ބާޖު ހަތަރު ދުވަސްފަހުން ފުންކޮށްފި
16 އޮކްޓޯބަރު 2017

ފެލިވަރު ކައިރިއަށް ފަރަށް އެރި އެސްޓީއޯ ތެޔޮ ބޯޓު ފުންކޮށްފި

16 އޮކްޓޯބަރު 2017
ފެލިވަރު ކައިރިއަށް ފަރަށް އެރި އެސްޓީއޯ ތެޔޮ ބޯޓު ފުންކޮށްފި
21 ސެޕްޓެމްބަރު 2017

ކެންދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް ފުންކޮށްފި

21 ސެޕްޓެމްބަރު 2017
ކެންދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް ފުންކޮށްފި
26 ޖުލައި 2017

ނޫސްވެރިކަމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނުމަކީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ނެތުން: ރާއްޖެ ޓީވީ

26 ޖުލައި 2017
ނޫސްވެރިކަމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނުމަކީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ނެތުން: ރާއްޖެ ޓީވީ
01 ޖުލައި 2017

އިންޑަސްޓްރިއަލް ވިލެޖްގެ ނެރަށް އެރި ދޯނި ފުންކޮށްފި

01 ޖުލައި 2017
އިންޑަސްޓްރިއަލް ވިލެޖްގެ ނެރަށް އެރި ދޯނި ފުންކޮށްފި
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
10 މެއި 2017

އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ

10 މެއި 2017
އިންތިހާބްގެ ނަތީޖާމެދު މަޖިލީހުގެ މެމްބަރުން ފުންކޮށް ވިސްނަން ޖެހޭ: ވައްޑޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު