Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު ޓީވީ

ގަވާއިދާހެދި، ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ނިންމައިފި

29 ޖެނުއަރީ 2023 އަކީ ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2022 | ހޮނިހިރު 09:54
ދިރާގުޓީވީގެ ޚިދުމަތް - ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު ހުއްޓާލަން ވަނީ މަޖުބޫރުވެފައި

ދިރާގުޓީވީގެ ޚިދުމަތް - ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު ހުއްޓާލަން ވަނީ މަޖުބޫރުވެފައި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، ކުރިއަށް ނުގެންދެވޭނެތީ، ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ނިންމައިފިއެވެ.

މިކަމާގުޅޭގޮތުން ދިރާގުން ބުނީ، ދިރާގުޓީވީ ޚިދުމަތުގެ ލައިސަންސްގެ މުއްދަތު 29 ޖަނަވަރީ 2023ގައި ހަމަވާތީ، ލައިސަންސް އައުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށަހެޅި ކަމަށެވެ. އަދި ޖަނަވަރީ 2022ގައި އެމްބީސީން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2022/R-01)އަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް  އެމްބީސީން ވަނީ  ނިންމާފައިކަމަށް ދިރާގުން ބުނެއެވެ.

އެމްބީސީއިން ތައާރަފުކުރި މި އިސްލާހުގައި ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައިވެއެވެ. ގަވާއިދަށް ގެނައި މި ކުއްލި ބަދަލާ ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މި އަހަރުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ދިރާގުންވަނީ ކޮށްފައެވެ.

އަދި ލައިސަންސް އައުވާނެކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން، ޕްލޭންތަކާ އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި، ގެއްލުންތަކެއް ވެފައިވާކަމަށް އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާކުގައި ހާމަކޮށްފައިވެއެވެ. ​  

ރެގިއުލޭޓަރީގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް،  ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި،  ދިރާގުޓީވީއާއި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ. މިގޮތުން، ގަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖެނުއަރީ 2023އަކީ ދިރާގުޓީވީއާއި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާންކޮށްފައެވެ. ދިރާގުން މިނިންމުން ނިންމަންޖެހުނީތީ ނުހަނު ހިތާމަކުރާކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މައާފަށްވެސް ވަނީ އެދިފައެވެ. 

ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުސަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކުންފުންޔަށް ހުށަހެޅި އެކި ފަރާތްތަކާއިއެކުވަނީ މަޝްވަރާކޮށްފައެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކު އެއްބަސްވުމަކަށް އާދެވުމެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް  ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާކުރެވިގެންދާނެއެވެ.​  

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް 100އަށްވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. ދިރާގުޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށް ކުންފުނީގެ ފަރާތުން އިޚުލާސްތެރިކަމާއިއެކު ޝުކުރުއަދާކޮށްފައި ވެއެވެ.​ 

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި

28 އޯގަސްޓު 2017
ފަސޭހަ ހޯމް ބްރޯޑްބޭންޑާއި އެކު، އުރީދޫގެ ބްރޯޑްބޭންޑު ޚިދުމަތް މުޅި ރާއްޖެއަށް!

ފަސޭހަ ހޯމް ބްރޯޑްބޭންޑާއި އެކު، އުރީދޫގެ ބްރޯޑްބޭންޑު ޚިދުމަތް މުޅި ރާއްޖެއަށް!

27 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު