Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ ކޮވިޑް ހާލަތު

ޗައިނާގެ ކޮވިޑް ހާލަތާމެދު ޑަބްލިއުއެޗްއޯއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ތަފާސް ހިސާބުތަކާމެދު ސުވާލު އުފައްދައިފި

އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އަދަދުތަކުގެ ތަފްސީލާއި، ޚާއްސަ ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތައްފަދަ، ހާލަތުގެ ފުރިހަމަ ތަފްސީލު މިހާރަށްވުރެ ފުރިހަމައަށް ބޭނުންވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2022 | ހޮނިހިރު 06:57
ޗައިނާގެ ކޮވިޑް ހާލަތާމެދު ޑަބްލިއުއެޗްއޯއިން ކަންބޮޑުވޭ

ޗައިނާގެ ކޮވިޑް ހާލަތާމެދު ޑަބްލިއުއެޗްއޯއިން ކަންބޮޑުވޭ

ޗައިނާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ ދިއުމާމެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް ވެކްސިން ޖެހުމަށް ޗައިނާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެމުން ދާކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރަކީ، ދުނިޔޭގެ 2 ވަނައަށް އެންމެ ވަރުގަދަ އިގްތިސާދުގެ މަގާމުގައި އޮތް ޗައިނާގައި ކޮވިޑް-19ގެ ކޭސްތަކާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް އިތުރުވަމުންދާ ދުވަސްވަރެކެވެ. އަންދާޒާތަކުން ދައްކާގޮތުގައި އެ ގައުމުގައި އަނެއްކާވެސް ބަލީގެ ހުޅުގަނޑު ފަޅައިގެން ގޮސް، ކޮވިޑް ޖެހިގެން އަންނަ އަހަރު މިލިއަނަކަށްވުރެ ގިނަ މީހުން މަރުވާނެކަމަށް ލަފާކުރެވެއެވެ.

ޑރ. ޓެޑްރޯޒް ވިދާޅުވީ ޗައިނާގައި ބަލި ފެތުރިފައިވާ މިންވަރާއި، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އަދަދުތަކުގެ ތަފްސީލާއި، ޚާއްސަ ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތައްފަދަ، ހާލަތުގެ ފުރިހަމަ ތަފްސީލު މިހާރަށްވުރެ ފުރިހަމައަށް ޑަބްލިއުއެޗްއޯއަށް ބޭނުންވާ ކަމަށެވެ.

ޗައިނާއަކީ ކޮވިޑްގެ ތަފާސް ހިސާބުތައް އާންމު ކުރުމުގައި ހިސާބެއްގެ ކޮންޓްރޯލެއް ގެންގުޅޭ ގައުމެކެވެ. އަދި ޗައިނާއިން އާންމު ކުރަމުންދާ ތަފާސް ހިސާބުތަކަކީ ބަލީގެ ހަގީގީ އަދަދުތައްކަމާމެދު އެހެން ބައެއް ގައުމުތަކުން ސުވާލުވެސް އުފައްދައެވެ.

ޗައިނާގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކޮވިޑް ވެކްސިން ޖަހަމުން ދާ ކަމާ މެދުވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ޑަބްލިއުއެޗްއޯގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ، ކޮވިޑް-19ން ދިފާއުވުމަށް ތަރައްގީކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ބަޔޯއެންޓެކް ކޮވިޑް-19 ވެކްސިންގެ ޝިޕްމަންޓެއް ޗައިނާއަށް ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފައެވެ. މިއީ ޗައިނާއަށް ފޮނުވި މިފަދަ ފުރަތަމަ ޝިޕްމަންޓް ކަމަށް ވާއިރު، މި ވެކްސިން ޝިޕްމަންޓަކީ ޗައިނާގައި ދިރިއުޅެމުންދާ ޖަރުމަނުވިލާތުގެ މީހުންނަށް ޖެހުމަށް ފޮނުވި ޝިޕްމަންޓެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ޗައިނާގެ ސީފުޑް ބާޒާރަކުން، 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ނުރައްކާ ފެތުރިފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ބަލިމަޑުކަމެއްގެ އިންޒާރު، ޑަބްލިއުއެޗްއޯއިން ނެރުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރީ ޗައިނާއިން ކަމުގައި ވީނަމަވެސް، ބަލީގެ ވައިރަހުގެ އަސްލަކީ ޗައިނާ ކަމަށް ކުރާ ދައުވާއަށް އެ ގައުމުން އިންކާރު ކުރެއެވެ. ބަލީގެ އަސްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިސާބެއްގެ ތަހުގީގުތަކެއް ހިންގިކަމުގައި ވީނަމަވެސް، ކަނޑައެޅިގެން ވަކި ނިންމުމެއް ނިންމިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

17 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު