Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މެނޭޖްކުރުން

ކުނި މެނޭޖްކުރުން ހަރުދަނާ ކުރުމަށް 3 ސަރަހައްދެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމްތައް ގާއިމްކުރެވިގެންދާނެ

ކޮންމެ ސަރަހައްދެއްގައި ހިމެނޭ ރަށްރަށުގައި، ރަށުފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ޤާއިމުކުރެވި، ކުނި މެނޭޖުކުރުމުގެ އާލަތްތަކާއި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2022 | ހުކުރު 12:20
ކުނި މެނޭޖްކުރާ ސެންޓަރެއް

ކުނި މެނޭޖްކުރާ ސެންޓަރެއް

ކުނި މެނޭޖްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި އެއްގޮތަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން، ރާއްޖޭގައި ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ދިވެހިރާއްޖެ ޒޯންތަކަކަށް ބަހާލާ، އެޒޯންތައް މައިގަނޑު ތިން ސަރަހައްދަކަށް އެކުލަވާލުމަށް ފަހު، އެތިން ސަރަހައްދުގައި ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މިގޮތުން ޤާއިމުކުރެވޭ ނިޒާމުތަކުގެ ތެރެއިން، ޒޯން 1 (ހއ، ހދ، އަދި ށ) އާއި ޒޯން 2 (ނ، ރ، ބ، އަދި ޅ) ހިމެނޭގޮތަށް ރ. ވަންދޫގައި ޤާއުމުކުރެވިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އަދި ޒޯން 3 (ކ، އއ، އދ، އަދި ވ) އާއި ޒޯން 4 (މ، ފ އަދި ދ) އާއި ޒޯން 5 (ތ އަދި ލ) އަމާޒުކޮށްގެން ކ. ތިލަފުށީގައި ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ތިލަފުށީގައި ޒަމާނުއްސުރެ ޖަމާކޮށް އަންދަމުން ދުން އަރުވަމުންއައި ގޮނޑުގެ އަލިފާން ނިއްވާލާ އެތަނުން ކެނޑިނޭޅި އަރަމުންނަ ވިހަ ދުން މިހާރުވަނީ ނިއްވާލެވިފައެވެ. އަދި މިއާއެކު މިމަރުކަޒުގައި ވޭސްޓް ރިސެޕްޝަން ފެސިލިޓީއެއްގެ އިތުރުން ބޭލްކުރުމާއި ބާވެ އުކާލާ ވެހިކަލް ޑިސްމެންޓްލް ކުރެވޭނެ ނިޒާމެއް ގާއިމުކޮށް މިވަސީލަތްތަކުގެ ބޭނުންވަނީ ހިފަންފަށާފައެވެ. ނަމަވެސް މި މަރުކަޒުގެ އެއްމެހާ މަސައްކަތްތައް އެއްކޮށް ނިއްމާލެވޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.  

މީގެ އިތުރުން، ޒޯން 6 (ގއ އަދި ގދ) އާއި ޒޯން 7 (ޏ އަދި ސ) ހިމެނޭގޮތަށް އައްޑޫ ސިޓީގައި ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެގޮތުން މި މަރުކަޒުގައި ގާއިމުކުރުމަށް ކަނޑައަޅާފައިވާ މެޝިނަރީތަށް އިންސްޓޯލްކޮށް 2023 ވަނަ އަހަރު ކޮމިޝަންކުރުމަށް ވަނީ ރާވާފައެވެ.

މި ސަރަހައްދީ ނިޒާމްތަކުގެ ތެރެއިން ކޮންމެ ސަރަހައްދެއްގައި ހިމެނޭ ރަށްރަށުގައި، ރަށުފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ޤާއިމުކުރެވި، ކުނި މެނޭޖުކުރުމުގެ އާލަތްތަކާއި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރަށުފެންވަރުގައި މެނޭޖުނުކުރެވޭ ކުނި ރަށުން ބޭރުކޮށް ސަރަޙައްދީ މަރުކަޒަށް ކުނި އުފުލުމަށް އުޅަނދުތައް ހޯދާ، ކުނި އުފުލުމުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ރިސޯޓުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށުން އުފައްދާ ކުނިވެސް ސަރަހައްދީ ނިޒާމުގެ ތެރެއިން މެނޭޖްކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުނި މެނޭޖުކުރުމަށް ޚިޔާރުކުރާނެ ގޮތެއް ކަނޑައެޅުމުގައި އިސްކަންދޭންވީ ތަރުތީބާއި އެއްގޮތްވާގޮތުގެ މަތިން، ފުރަތަމަ އިސްކަންދެވޭނީ ކުނި ނުއުފެއްދުމަށާއި ކުނި އުފައްދާ މިންވަރު މަދުކުރުމަށެވެ. މިގޮތުން، ޕްލާސްޓިކު ކޮތަޅުން ލެވީނުވަތަ ޓެކްސް ނެގުމުގެ މަޤްސަދަކީ ޕްލާސްޓިކު ކުނި ނުއުފެއްދުމާއި މަދުކުރުމެވެ.

އަދި ޕްލާސްޓިކު ކޮތަޅަށް ބަރޯސާވާ މިނިވަރު މަދުކޮށް، ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ދެމެހެއްޓެނިވި އާދަތަކަށް ބާރު އެޅުވުމެވެ. މީގެ އިތުރުން މި ނެގިގެންދާނެ ލެވީ އަކީ ކުނި މެނޭޖް ކުރުމުގެ އެއް އަސާސު ކަމުގައިވާ ޕޮލިއުޓާ ޕޭސް ޕްރިންސިޕަލް ތަންފިޒު ކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.

ކުނި ނުއުފެއްދުމަށާއި ކުނި އުފައްދާ މިންވަރު މަދުކުރުމަށް އިސްކަންދިނުމަށް ފަހު އިސްކަންދެވޭނީ އަލުން ބޭނުންކުރުމައި ރިސައިކަލް ކުރުމާއި ބޭނުންވާ ތަކެތި އިއާދަކުރުމަށެވެ. މިގޮތުން، ސަރަހައްދީ ނިޒާމުގެ ތެރޭގައި ރިސައިކްލިންގ ޕްލާންޓް ތަކާއި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެހެން އެތަކެތި މަރާމާތުކުރެވޭނެ ވަސީލަތްތައްވެސް ކުރިއަށް އޮތް މުސްތަގުބަލިގައި ޤާއިމުކުރެވިގެންދާނެއެވެ. އަދި ކުނި އެންދުމާއި ޑިސްޕޯޒްކުރުން އިޙްތިޔާރުކުރެވޭނީ މިކަންތަކަށް އިސްކަންދީ އަމަލީގޮތުން ކުރުމަށް ފަހުގައެވެ.

ސަރަހައްދީ މައި މަރުކަޒުތަކުގައި ކޮންމެ މަރުކަޒެއްގައިވެސް ކުނި އަންދާ އިންސިނަޓަރަކާއި އޭގެން ހަކަތަ އުފެއްދުމުގެ ނިޒާމް ޤާއިމުކުރެވިގެންދާނެއެވެ. ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ ނިޒާމް ޑިޒައިން ކޮށްފައިވާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފީސިބިލިޓީ ދިރާސާ ހެދުމަށް ފަހު، ރާއްޖޭގައި އުފެދޭ ކުނީގެ މިންވަރަށް ބަލާފައެވެ. އަދި މި ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުނި އުފައްދާ މިންވަރުވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައެވެ.

އެހެންކަމުން މިނިޒާމްތައް ހިންގުމަށް ރާއްޖެއަށް ކުނި އެތެރެކުރާކަށް ނުޖެހޭނެއެވެ. އަދި މިހާރު ރާއްޖޭގައި ކުނިއުފައްދަމުންދާ ނިސްބަތައް ބަލާއިރު، އުފައްދާ ކުނި މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުނީގެ މައްސަލަ ހައްލުކުރަން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިދާނެކަމުގައި ބެލެވެއެވެ. އަދި ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅުތަކާއި ޤާއިމުކުރެވޭ ނިޒާމްތަކުގެ ދަށުން ކުނި އުފެދޭ މިންވަރު މަދުކުރެވިއްޖެ ހާލެއްގައިވެސް ދިވެހިރާއްޖެއަށް ކުނި އެތެރެކުރަން ނުޖެހޭނޭހެން، ސަރަހައްދީ ނިޒާމުތަކުގައި ޤާއިމުކުރެވޭ ކުނި އެންދުމާއި ހަކަތަ އުފައްދާ އިންސިނަރޭޓަރުތަކުގެ ކެޕޭސިޓީ ކުޑަކުރުމުގެ އިޙްތިޔާރުވެސް ސިސްޓަމް ޑިޒައިންކުރުމުގެ މަރުހަލާގައި ހިމަނާފައިވާނެއެވެ.

އަދި މި ފެސިލިޓީތަކާއި އެކު ދިވެހިރާއްޖެ ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ބޭނުންތައް ފުއްދުން މަގުފަހިކުރެވިގެންދާނެއެވެ.

މި ނިޒާމްތައް ފުރިހަމައަށް ހިނގުމަށް ކުނި އުފައްދާ ފަރާތްތަކާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އިދާރާތަކާއި، އެކިއެކި ސިނާޢަތްތަކާއި، ވިޔަފާރިތަކާއި، އަދި މުޅި މުޖުތަމަޢުއާއި ވަކިވަކި ފަރުދުންގެވެސް ޙިއްޞާއޮވެއެވެ. މިގޮތުން، ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ޝާމުލިވާ އެންމެ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށްދޭ، އެކަންތައްތައް އެފަރާތްތަކުން ފުރިހަމަކުރުމަށް ލާޒިމުކުރުވާ ބާރެވެ.

އަދި މުޅި ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ކަންތައްތައް ހައްލުކުރުމަށް މަޝްރޫޢުތައް ނިމިގެންދާ އިރު، ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ ސިޔާސަތުތަކާއި މާސްޓަރ ޕްލޭނާއި ގަވާއިދުތަކާއި އުޞޫލުތަކެއްގެ ދަށުން ރާވާ ހިންގުމަކީ އިންތިހާއަށް ބޭނުންތެރި އަދި މުހިންމުކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު