Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުން ނަގާ ޑިއުޓީ

މަހުން ޑިއުޓީ ކަނޑާލާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ދިއުމަކީ ސަރުކާރުން ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ: މިއުވާން

މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުން އީޔޫއާއެކު ސަރުކާރުން ވަނީ މިދިޔަ މަހު މަޝްވަރާތައް ބާއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 09:49
ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް ބޯޓަށް ލޯޑްކުރުމުގެ މަސައްކަތް ކުރަނީ

ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް ބޯޓަށް ލޯޑްކުރުމުގެ މަސައްކަތް ކުރަނީ

ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލާނެ ކަމުގެ ފެހި ސިގްނަލް ލިބިގެންދިޔައީ ސަރުކާރުން ކެނޑިނޭޅި ކުރި ބުރަ މަަސައްކަތުގެ ސަބަބުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީ އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، މީގެ ކުރިން ވިލާތުގެ އިއްތިހާދާއި، އިނގިރޭސިވިލާތާއެކު ސަރުކާރުން ކުރެވުނު މަޝްވަރާތަކުގައި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ މައާފްކުރުމާއި ސަރުކާރުން ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއީ އަލަށް ހިނގައިގެން އުޅޭ ކަމެއް ނޫން ކަމަށާއި، މި މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވަނީ ސަރުކާރުން ގުޅުންހުރި އިދާރާތަކާއެކު ކޮށްފައިވާ މަޝްވަރާތަކާއެކު ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ، ފާއިތުވެ ދިޔަ 4 އަހަރު އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކެނޑިނޭޅި ކުރެވުނު މަޝްވަރާތަކަށްފަހު، އެކަމުގައި ފެހި ސިގްނަލް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން ރާއްޖެއާއި އީޔޫގެ އެންމެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މަޝްވަރާ ބައްދަލުވުންތަކުގައި އެކި ފަހަރުމަތިން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެހެންނަމަވެސް ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުރިއަށް އޮތް 2 މަސް ތެރޭ ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެކަމަށް ނިންމީ އެމަނިކުފާނުގެ ރަހުމަތްތެރި، އަދި ރާއްޖެއަށް ހެޔޮއެދޭ އިނގިރޭސި ވެރިންތަކެއްގެ ބޮޑު މަސައްކަތުންކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ ޔޫރަޕުންނާއި އިނގިރޭސިވިލާތުން، ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް 24 ޕަސެންޓްގެ ޑިއުޓީއެއް މިހާރު ނަގަމުން އެބަ އަންނަ ކަމަށެވެ. މިއީ މި ސަރަޙައްދުގައި އޮތް އަޅުގަނޑުމެންގެ ވާދަވެރިންގެ އަތުން ނަގާ އެއްޗެއް ނޫން ކަމަށާއި، މޮރިޝަސްއާއި ސީޝެލްސް އިން މި ޑިއުޓީއެއް ނުނަގާ ކަމަށެވެ. އެހެންވީމާ، ރާއްޖޭގެ މަސް، އިނގިރޭސިވިލާތަށާއި ޔޫރަޕަށް ވިއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ، ޑޮކްޓަރ ޙުސައިން ރަޝީދު، ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި އެސް.ޓީ.އޯ.އާއި މިފްކޯއާއި، ފައިނޭންސް މިނިސްޓަރާ އެކީގައި ބޭރުގެ މި ދެންނެވި ފަރާތްތަކާއެކު މަޝްވަރާތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، ދުރު ނޫން މުސްތަޤްބަލެއްގައި މިކަމަށް ޙައްލެއް ގެނެވި، ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް، މިއަށްވުރެ ރަނގަޅު އަގު ލިބިގެންދާނެ ކަމަށެވެ. އޭރުން މިފްކޯއިން ގަންނަ މަހަށް މަސްވެރިންނަށް ބޮޑުއަގު ދެވޭނެ ކަމަށެވެ.

މަސްވެރިކަންޚާރިޖީ ވުޒާރާރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު