Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލެވަންޑޯސްކީ

މިއަހަރުގެ ގޯލްޑަން ފުޓް އެވޯޑު ލެވަންޑޯސްކީ އަށް

މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 06:13
ގޯލްޑަން ފުޓް އެވޯޑާއެކު ލެވަންޑޯސްކީ

ގޯލްޑަން ފުޓް އެވޯޑާއެކު ލެވަންޑޯސްކީ

މިއަހަރުގެ ގޯލްޑަން ފުޓް އެވޯޑު ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ އަށް ލިބިއްޖެ އެވެ.

ލެވަންޑޯސްކީ އަށް މި އެވޯޑު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ މޮނާކޯ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެވޯޑު ކާމިޔާބު ކުރި ލެވަންޑޯސްކީ ވަނީ ދާދި ފަހުން ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގެ ގަދަ 16 އަށް ޕޮލެންޑް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން މި ސީޒަންގައި އޭނާ ވަނީ ބަޔާން މިއުނިކް ދޫކޮށް، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާ އަށް ބަދަލުވެ ލެވަންޑޯސްކީ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް އޭނާ އެވެ.

އަހަރަކު އެއް ފަހަރު ދެމުން އަންނަ މި އެވޯޑަކީ އުމުރުން 28 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން، ފުޓުބޯޅަ ކުޅުމުން އަންނަ ކުޅުންތެރިޔަކަށް ދެމުން އަންނަ އެވޯޑެކެވެ. ސަޕޯޓަރުންގެ ވޯޓަކުން ހޮވާ މި އެވޯޑު ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭނީ އެއް ފަހަރު އެވެ. އެންމެ ފަހުން މި އެވޯޑު މިދިޔަ އަހަރު ކާމިޔާބުކޮށްފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އެވެ.

އެންމެ ފުރަތަމަ ގޯލްޑަން ފުޓް އެވޯޑު ދޭން ފެށީ 2003 ވަނަ އަހަރު އެވެ. މި އެވޯޑު އެންމެ ފުރަތަމަ ކާމިޔާބު ކުރި ކުޅުންތެރިޔަކީ އިޓަލީގެ ރޮބާޓީ ބާޖިއޯ އެވެ. މި އެވޯޑު ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ، ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޯސް، އައިވަރީ ކޯސްޓުގެ ޑިޑިއޭ ޑްރޮގްބާ، ސްޕެއިންގެ އިނިއެސްޓާ، އިކާ ކަސިޔަސް، އުރުގުއޭގެ އެޑިންސަން ކަވާނީ، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު