Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނުން ބިނާކުރުން

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ސަރުކާރުން ކުރާ ގިނަ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޑިސެމްބަރު 2022 | ބުދަ 12:08
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މީހުން ބިނާކުރުމަށް މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މިސަރުކާރުން މި ކުރާ މަސައްކަތްތަކަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށްވުރެ މުހިއްމު، އަދި ގިނަ މަސައްކަތްތަކެއްކަމަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ކުރާ ގިނަ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި އަދި ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ކަމަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި ދަތި އުނދަގޫ ދުވަސްވަރުގައިވެސް ސަރުކާރުން މި މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށެވެ.

ވަޒީފާގެ މަސައްކަތުގެ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި، މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި، ޕޮލިޓެކްނިކުން ކުރަނީ އެމަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ތަފާތު ޕޮލިސީތައްވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން އެބަތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވިކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި، މަސައްކަތްތައް ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިއްމުކަމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ، ރ. އަލިފުށި، ނ. ކެނދިކުޅުދޫ، އަދި ހއ. ދިއްދޫގެ މަސައްކަތްތައް ފެށިފައިވާކަމަށާއި، އެރަށްރަށުގެ ރައްޔިތުންނަށް މިހާރު އެމަސައްކަތްތައް ފެށިފައިވާކަމުގެ އިހުސާސް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ބޮޑު މަންޒަރުގެ ތެރެއިން ކުޑަކުޑަ ތަންކޮޅެއްކަމަށެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންހަޔަރ އެޑިއުކޭޝަން މިނިސްޓްރީމޯލްޑިވްސް ޕޮލިޓެކްނިކް

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު