Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަމާލެ ބްރިޖް ޕްލެޓްފޯމް ފަރަށް އެރުން

ތިލަމާލެ ބްރިޖް ޕްލެޓްފޯމް ފަރަށް އެރުން: އިސްތިއުނާފާމެދު އަދި ގޮތެއް ނުނިންމާ

ޕްލެޓްފޯމް ފުންކޮށްފައިވަނީ ފަރަށް އެރިތާ 12 ދުވަސް ފަހުން، އޮގަސްޓް މަހުގެ 28 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 13:24
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެފްކޮންސް ޖޫރިމަނާކުރަން ނިންމި ނިންމުން އިސްތިއުނާފުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް ވިދާޅުވީ، އެފްކޮންްސް ޖޫރިމަނާ ކުރި މައްސަލަ އަދި އޮތީ ރިވިއު މަރުހަލާގައި ކަަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ބުނިގޮތުގައި، އެފްކޮންސް ޖޫރިމަނާކުރުމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެސްފައިވާ ސެލްފް އެލެވޭޓިންގ ޕްލެޓްފޯމް (އެސްއީޕީ) ވިލިމާލެ ފަރަށް އެރުމާގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްފަހު، ބްރިޖްގެ މަސައްކަތްކުރަމުންދާ އެފްކޮންސް ޖޫރިމަނާކުރަން އީޕީއޭއިން ނިންމީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާއިންނެވެ. އޭރު އީޕީއޭއިން ވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި މި ފައިސާ އީޕީއޭއަށް ދެއްކުމަށް އެފްކޮންސްއަށް އަންގާފައެވެ. އީޕީއޭއިން އެ ނިންމުން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 13ގައެވެ.

އީޕިއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕްލެޓްފޯމުގެ ވެރިފަރާތާއި އެ އިދާރާ ގުޅިގެން ސަރވޭއެއް ކުރިކަމަށާއި، 14-22 އޮކްޓޯބަރަށް އެފްކޮންސްއިން ކުރި ދިރާސާގައި އެ އެޖެންސީގެ އޮބްޒަރވަރުން ބައިވެރިވެފައި ވާނެކަމަށެވެ. އެގޮތުން ބެލި ބެލުމުން، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމަދިމާއިން އެކިވަރުގެ ގެއްލުން ލިބިފައިވާކަން އެނގިފައިވާކަމަށް އީޕީއޭއިން ބުނެއެވެ. އީޕީއޭއިން ބުނީ 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ. މީގެ އިތުރުން، ފަރުގައި 10 ފޫޓުގެ ފުންމިނުގެ ބޮޑެތި ވަޅުގަނޑުތައްވެސް ވަނީ ހެދިފައެވެ.

ފަރަށް އެރި ޕްލެޓްފޯމް ފުންކޮށްފައިވަނީ ޕްލެޓްފޯމު ފަރަށް އެރިތާ 12 ދުވަސް ފަހުން، އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ތިލަމާލެ ބްރިޖްއެފްކޮންސްއީޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު