Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޑީ ކާޑު ހެއްދުން

އުފަންދުވަހުގެ ސެޓްފިކެޓް އަދި އައިޑީ ކާޑު ހެއްދުމާބެހޭ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

މި ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޑިސެމްބަރު 2022 | އާދީއްތަ 09:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/23) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ތަސްދީޤު ކުރައްވާފައިވަނީ އާދިއްތަ ދުވަހުއެވެ.

މި ބިލަކީ، 2022 ނޮވެމްބަރު 28 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެގޮތުގެ ތަފްޞީލު ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ޤައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 92/7 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު" އުވުނީއެވެ.

އައި.ޑީ ކާޑު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2023

ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތް ހަދައިފި

20 ޑިސެމްބަރު 2023
ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތް ހަދައިފި
14 ސެޕްޓެމްބަރު 2023

ސާވޭއަކަށް ކަމަށް ބުނެ، އައިޑީ ކާޑުގެ ކޮޕީ ހޯދަން އެދެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

14 ސެޕްޓެމްބަރު 2023
ސާވޭއަކަށް ކަމަށް ބުނެ، އައިޑީ ކާޑުގެ ކޮޕީ ހޯދަން އެދެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ނޮވެމްބަރު 2022

އައިޑީ ކާޑު ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި

20 ނޮވެމްބަރު 2022
އައިޑީ ކާޑު ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި
13 ޖޫން 2021

މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އިތުރުކޮށްފި

13 ޖޫން 2021
މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އިތުރުކޮށްފި
12 ޖުލައި 2017

އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވައިފި

12 ޖުލައި 2017
އެފްޕީއައިޑީގެ މައްސަލަ އަލުން ބަލައި ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވައިފި
29 މެއި 2017

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

29 މެއި 2017
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
24 މެއި 2017

މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ

24 މެއި 2017
މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ
17 މެއި 2017

ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ހަދިޔާ މިފަހަރު ކުރިމިނަލް ކޯޓުން!

17 މެއި 2017
ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހުގެ ހަދިޔާ މިފަހަރު ކުރިމިނަލް ކޯޓުން!
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު