Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނި މެނޭޖުކުރުމުގެ ޤާނޫނު

ކަނޑުއުޅަނދުގައި އުފެދޭ ކުނި މެނޭޖުކުރަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ނުވަތަ ހަވާލުވެފައިވާ ފަރާތުން

ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 07:47
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފައްދާ ކުނި މެނޭޖުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތުން ކުރަންޖެހޭނެ ކަމެއް

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފައްދާ ކުނި މެނޭޖުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތުން ކުރަންޖެހޭނެ ކަމެއް

ޤާނޫނު ނަންބަރު 24/2022 ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

މި ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

މިއީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްސަދުތަކަށް ބަލާއިރު، ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރު އެޅުން ހިމެނެއެވެ.

އަދި ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރު އެޅުންވެސް މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ކުނި މެނޭޖުކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ކުނި އުފައްދާ ފަރާތް ޒިންމާކުރުވުންވެސް މި ޤާނޫނުގެ މަޤްސަދުތަކގެ ތެރޭގައި ހިމެނިފައިވެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސްއޫލިއްޔަތަކީ، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އެކި ފަންތިތަކުގައި ޙަވާލުކުރެވިފައިވާ އިދާރާތަކާއި، އެކިއެކި ޞިނާޢަތްތަކާއި، ވިޔަފާރިތަކާއި، އަދި މުޅި މުޖުތަމަޢުއާއި ވަކިވަކި ފަރުދުން ޙިއްޞާވާންޖެހޭ ކަމެކެވެ.

އޭގެ އިތުރުން، ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވެ، އިޢާދަ ނުކުރެވޭނެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮންނަ ޙާލަތެއްގައި، އެކަން ޢިލްމީގޮތުން ފުރިހަމައަށް ސާބިތުކުރެވިފައި ނެތުމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އެޅުން ފަސްކުރަންޖެހޭ ސަބަބެއް ނޫންކަންވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކުނި މެނޭޖުކުރަންވާނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ފާހަގަކޮށް މި ޤާނޫނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ އެންވަޔަރމަންޓް މިނިސްޓަރު ކަމަށެވެ.

މިނިސްޓްރީން ކުރަން ޖެހޭ ކަންކަންވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާބެހޭ ޤައުމީ ސިޔާސަތެއް ކަނޑައަޅައި ހިންގުމާއި، ކުނި މެނޭޖުކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައި، ކަމާބެހޭ މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ މަޝްވަރާ ހޯދުން ހިމެނެއެވެ.

މި ޤާނޫނުގައި ބުނެފައިވާ ގޮތުގައި، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފައްދާ ކުނި މެނޭޖުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ޙަވާލުވެ ހުންނަ ފަރާތުގެ ޒިންމާއެކެވެ.

އޭގެ އިތުރުން، ފަޅުރަށްރަށާއި ފިނޮޅުފަދަ ތަންތަނުގެ ކުނި މެނޭޖުކުރުމަކީ އެ ތަންތަން ވަރުވާއަށް ނުވަތަ އެނޫންވެސް ގޮތަކަށް ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ ފަރާތުގެ ޒިންމާއެއްކަމަށްވެސް މި ޤާނޫނުގައި ބުނެއެވެ.

އެހެންނަމަވެސް، އެގޮތަށް ކުނި މެނޭޖުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލަން ޖެހެއެވެ.

އޭގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި، ކުނި މެނޭޖުކުރުމާބެހޭ ޤައުމީ މާސްޓަރ ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި ޢާންމުކުރަންވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކުނިކުނި މެނޭޖްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

23 މާރިޗު 2024
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

23 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

14 މާރިޗު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު