Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޓޯގެ ބާރު

ނޭޓޯއަކީ އެމެރިކާގެ އިޤްތިޞާދު ނަގަހައްޓާ އަސްކަރީ ގޮފިތަ؟

ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި ހުޅަނގުގެ ނުފޫޒުތަކުގެ އޮއެވަރު އޮވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 07:46
ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި ހުޅަނގުގެ ނުފޫޒު ތަކުގެ އޮއެވަރު އޮވޭ

ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި ހުޅަނގުގެ ނުފޫޒު ތަކުގެ އޮއެވަރު އޮވޭ

ހިނގަމުން މިދާ 21 ވަނަ ޤަރުނަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ދަރަޖައަށް ހަނގުރާމަތަކާއި، ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް އިތުރު ވެފައި ވާ ދުވަސްވަރެއް ކަމީ، ޤަބޫލު ކުރަން ދަތި، ހިތި ހަޤީޤަތެވެ.

ސުލްޙަ ބަލަހައްޓާ މިޝަންތަކާއި، ދޭދޭ ބަދަހިކަން ޤާއިމު ކުރަނިވި މުޢާހަދާތަކާއި ބައިނަލްއަޤުވާމީ ފެންވަރުގެ އެއްބަސްވުންތައް އެކުލަވާލަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ފާއިތުވެ ދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ނިސްބަތް، ގުނާ ޢަދަދު ކުރަން ދައްޗެވެ.

އެ ހަނގުރާމަތަކާއި ކުރިމަތިލުންތަކާއި ދެބަސްވުންތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު ވަޒަން ކުރާނެ ގޮތެއް ނޭނގެއެވެ.

ކަން މިހެން އޮތް އިރު، މި ފަދަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި ހުޅަނގުގެ ނުފޫޒުތަކުގެ އޮއެވަރު އޮތް ކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ. ޑިމޮކްރަސީއާއި ޙައްޤުތަކާއި މިނިވަންކަމުގެ ޝިޢާރު ބޭނުން ކޮށްގެން، އެހީގެ ނަމުގައި ހުޅަނގުގެ ބާރުތަކުން ފަތުރަމުން ދަނީ ދެކޮޅުވެރިކަމާއި ޢަދާވާތްތަކަމާއި ގެއްލުންދެނިވި ރޫޙު ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

އެފަދަ އެއް ބޭފުޅަކީ ސީރަކިއުޒް ޔުނިވަރސިޓީގެ، އެފްރިކަން އެމެރިކަން ސްޓަޑީޒް އެންޑް ޕޮލިޓިކަލް ސައެންސް ޕްރޮފެސަރ، ހޮރޭސް ކޭމްބަލްއެވެ.

ޕްރޮފެސަރ ކޭމްބަލްގެ ފާޑުވިދާޅުވުންތައް ސީދާ ގޮތެއްގައި އަމާޒު ކުރެއްވީ، އުތުރު އެޓްލާންޓިކް ޤައުމުތަކުގެ އަސްކަރީ އިއްތިހާދު ނުވަތަ ނޭޓޯއަށެވެ. ޕްރޮފެސަރ ކޭމްބަލް ސިފަ ކުރައްވާ ގޮތުގައި، އެފްރިކާގެ އިތުރުން ކޮސޯވޯއާއި އަފްޣާނިސްތާން ފަދަ މަންޒިލްތަކުގައި އޮތް ގެއްލުންދެނިވި ބާރަކީ ނޭޓޯއެވެ.

އަދި ބައިނަލްއަޤުވާމީ ނިޒާމުގައި، ނޭޓޯ ފަދަ އަސްކަރީ އިއްތިހާދަކަށް ދައްކާނެ ޙުއްޖަތެއް ނެތް ކަމަށްވެސް ޕްރޮފެސަރ ކޭމްބަލް ވިދާޅުވިއެވެ.

މިފަދަ ރޫޙެއްގައި ޕްރޮފެސަރ ކޭމްބަލް ވާހަކަދައްކަވާފައިވާ މި ދަނޑިވަޅަކީ، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި، ޔޫކްރައިންއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ބުނެ، ނޭޓޯގެ ޤައުމުތަކުން އެހީގެ ގޮތުގައި ޔޫކްރެއިންއަށް ފޯރުކޮށްދޭ އަސްކަރީ ޢާލާތްތަކާއި، ހަތިޔާރާއި ގޮވާތަކެއްޗާއި އެނޫންވެސް އެފަދަ ތަކެތީގެ ސަޕްލައިގެ މިންވަރު އިތުރު ކުރަމުން ދާ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ، 10 މަހެއްހާ ދުވަހަށް ދިގުލާ ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމުގައި ބެލެވިދާނެއެވެ.

ނޭޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ހަނގުރާމަ އާ ގުޅިގެން ރަޝިޔާގެ އަޑު ޓްރަމްޕްގެ ސަރުކާރުން އަހާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ

ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ

26 ޖޫން 2024

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު