Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާން މަރާލުން

ރިލްވާން މަރާލުން: އޭނާ ޓާގެޓަކަށް ވެގެން ދިޔަ ގޮތާއި ޝަހާދަތް ލައިދީ، ކަރުބުރިކޮށް މަރާލި ގޮތް

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 13:01
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" އެއްކޮށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީ، ހިނގަމުންދާ ޝަރީއަތަކަށް އަސަރު ކުރާނެ ކަމަށް ބަލައި، މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން އޮތީ ވަކި މިންވަރަކަށެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވަނީ މަރު ކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲގެ އިތުރުން، އެ ކޮމިޝަނުގެ މެންބަރު މިސްބާހުއެވެ.

ރިލްވާން މަރާލުމުގެ ކުރިން އޭރުގެ ރާއްޖޭގެ ޙާލަތު ބަދަލުވަމުން އައި ގޮތް:

ނޫސްވެރިންގެ ބައްދަލުވުމުގައި ފަރީޝާ ވިދާޅުވީ، ރިލްވާންއަކީ ސޯޝަލް މީޑިއާގައި ޙަރަކާތްތެރި ފަރާތެއް ކަމަށާއި، އޭރުގައި ހިނގާ ދިޔަ ކަންކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށް އުޅުނު ފަރާތެއް ކަމަށެވެ. 2014 ގެ އޯގަސްޓު މަހާ ހިސާބަށް އައިއިރު ރާއްޖެ އޮތީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުންވެސް ތަފާތު މާހައުލެއްގެ ތެރޭގައިކަން ފާހަގަކުރައްވައި ފަރީޝާ ވިދާޅުވީ، އޭރު ހަރުކަށި ފިކުރާއި، ކުށް ކުރާ ގޭންގުތަކުގެ ނުފޫޒާއި، އިންޒާރު ދިނުމާއި، ބިރުދެއްކުން ފަދަ ކަންކަން އޮތީ އިތުރުވެފައި ކަމަށެވެ.

އޭރު ކުރިއަށްދިޔަ ހިމޭން މުޒާހަރާއެއްގެ ތެރެއިން އެކަންކަން އިންތިޒާމު ކުރުމުގައި ޖާދުﷲ އިބްރާހިމްގެ އިތުރުން، މި މައްސަލައާ ގުޅިގެން މިހާރު ދައުވާ އުފުލާފައިވާ އިސްމާއިލް އަބްދުއްރަޙީމް (އިސޫ) ފާހަގަވެފައިވާކަމަށް މަރު ކޮމިޝަނުން ބުނެއެވެ.

އެ ދުވަސްވަރު ހަރުކަށި ފިކުރުގެ ގްރޫޕުތަކާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި އެކި ފަރާތްތަކުގެ މެދުގައި ދެބަސްވުންތައް ހިނގާ އުޅުނުކަމަށް ފަރީޝާ ވިދާޅުވިއެވެ. ޑރ. އަފްރާޝީމް ވެސް އަވަހާރަ ކޮށްލާފައިވަނީ އޭރު ހިނގާދިޔަ ހަލަބޮލިކަމުގެ ތެރެއިން ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގޭންގުތަކަށް ވާގިވެރިވެ، ސިޔާސީ މީހުންގެ ބޭނުންތަކަށް ގޭންގުތައް ބޭނުން ކުރުން:

2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް އަދި އޭގެ ފަހުން ވެސް ގޭންގުތައް ސިޔާސީ ޙަރަކާތްތަކުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރައްވައި ފަރީޝާ ވިދާޅުވީ، އޭގެ ނަތީޖާއެއްގެ ގޮތުން ގޭންގުތަކާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދުގައި އޮތް ކޯޅުން ބޮޑުވެގެން ދިޔަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބިރުދެއްކުމާއި އެފަދަ އިތުރު ކަންކަމުގައި އޭރު އެންމެ އިސްކޮށް އުޅުނު ބަޔަކީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (އަހަނދު)އާއި، އަހުމަދު މުއާޒް (ގަޓު މުއާ)ކަން ފަރީޝާ ފާހަގަކުރެއްވިއެވެ.

އޭރު އަހުމަދު މުއާޒް (ގަޓު މުއާ) އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، މ ފުސްތުޅާގޭ މުޙައްމަދު ހާނިމް (ހޯމް މިނިސްޓްރީ) އާއެކު ބޭއްވި ބައްދަލުވުންތަކެއްގެ ފޮޓޯތަކެއް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައްކާފައެވެ. އޭނާގެ ފަރާތުން ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ކަންކަން އިތުރުވެގެން ދިޔައީ ވެސް އެ ބައްދަލުވުމަށްފަހުގައި ކަމަށް ފަރީޝާ ފާހަގަކުރެއްވިއެވެ.

ފަރީޝާ ވިދާޅުވީ، އޭނާއަކީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާ ވެސް ގާތް ގުޅުމެއް އޮތް މީހެއް ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ގޭންގުތަކަށް ފަންޑުކުރި:

އޭރުގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ގޭންގުތަކަށް ފަންޑުކޮށްފައިވާ ކަމަށާއި، އޭރު އެކަންކަން ކޮށްފައިވަނީ ކްލަބް ޖަމިއްޔާތަކަށް އެހީވުމާއި ސަރުކާރުގެ އެހީތަކާއި ސްޕޮންސަރޝިޕްތަކުގެ ގޮތުގައިކަމަށް ފަރީޝާ ވިދާޅުވިއެވެ.

އެ އެހީތަކުގެ ބަދަލުގައި ކުށް ކުރާ މީހުން ސިޔާސީ ފަރާތްތަކަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވާކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވަނީ ޓެރަރިޒަމްގެ އަމަލެއްގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، އަޒްލިފް ރައޫފްގެ އިތުރުން އިތުރު ފަރާތެއް ރައީސް ޔާމީނާއެކު އިވެންޓެއްގައި ބައިވެރިވި ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މިއީ ސިޔާސީ ފަރާތްތަކާއި ގޭންގުތަކާ އޮތް ގުޅުން ދޭހަވާ މިސާލެއްކަން ފަރީޝާ ފާހަގަކުރެއްވިއެވެ. އަޒްލިފް ރައޫފަކީ ރިލްވާން އަރުވައިގެން ދިޔަ ކާރުގެ ކުރީގައި ތިބި ދެމީހުންގެ ތެރެއިން އެކެއްކަމަށް މަރު ކޮމިޝަނުން ބުނާ އާލިފް ރައޫފުއާ ލޭގެ ގުޅުން އޮންނަ ފަރާތެކެވެ. އަޒްލިފް ރައޫފް ފަހުން ދިޔައީ ސީރިޔާއަށެވެ.

އެކަންކަމުގެ ތެރެއިން ގޭންގުތަކާއި ހަރުކަށި ފިކުރުގެ ގްރޫޕުތަކުގެ ނުފޫޒު އިތުރުވެގެން ދިޔަކަން ފަރީޝާ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އަހުމަދު އިސްމާއިލާއި، އަހުމަދު މުއާޒުގެ ނަން ފަރީޝާ ފާހަގަކުރެއްވިއެވެ.

ދީނީ މައުޟޫތަކުގެ ބަހުސް ހޫނުވެ އިންޒާރުތައް: ރިލްވާން ޓާގެޓަކަށް ވުން:

ފަރީޝާ ވިދާޅުވީ، 2014 ވަނަ އަހަރު ސޯޝަލް މީޑއާގައި ހިނގާ ދިޔަ ދީނީ އެކިއެކި ބަހުސްތަކާއި ގުޅިގެން، އަހުމަދު އިސްމާއިލްއާއި، އަހުމަދު މުއާޒު އޭރު އެކި ފަރާތްތަކަށް އިންޒާރު ދެމުން ގޮސްފައިވާ ކަމަށެވެ. އެގޮތަށް ބިރު ދެއްކުމުގެ ތެރޭގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ބޭނުންކޮށްފައިވާ އިބާރަތްތަކަށް ބަލާއިރު، "ހަތަރެސްފައި ބަނދެފައި މަރާލާނެ" ކަމަށް ތަކުރާރުކޮށް ބުނެފައިވާކަން ފާހަގަވާކަމަށް ފަރީޝާ ވިދާޅުވިއެވެ.

އޭރު ރިލްވާނަކީވެސް އެމީހުންގެ ޓާގެޓެއްކަން ފަރީޝާ ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ އިހުމާލު؟

ސޯޝަލް މީޑިއާގައި ބިރުދެއްކުމުގެ ކަންކަން މިހެން ހިނގާ ދިޔައިރުވެސް، އަދި ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތުތައް ލިބިގެން ދިޔައިރުވެސް، މިކަންކަމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިފައިނުވާކަން ފަރީޝާ ފާހަގަ ކުރެއްވިއެވެ.

އޭރު ހިނގި ތަހުގީގުގެ ތެރެއިން މުއާޒްއާ ސުވާލު ކުރުމަށްފަހު އޭރު ފުލުުހުން ރިޕޯޓެއް ތައްޔާރު ކޮށްފައިވެއެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާކަން ފަރީޝާ ފާހަގަ ކުރެއްވިއެވެ. އެ ތަހުގީގު ނިމިގެން ދިޔައީ 2016 ވަނަ އަހަރުއެވެ. އެ މުއްދަތުގެ ތެރޭގައި ރިލްވާން ގެއްލުމުގެ އިތުރުން، އެފަދަ އެތައް ކަމެއް ހިނގާ ދިޔަކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ، ބައެއްގެ ފަރާތުން ރިލްވާނަށް ނުރައްކަލެއް އޮތްކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެނގޭ ކަމަށެވެ.

ރިލްވާނަށް ވީ ކިހިނެއް ؟

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ. ފަރީޝާ ވިދާޅުވި ގޮތުގައި މުއާޒުއާއި އޭނާގެ ގްރޫޕުގެ މީހުން ރިލްވާނަކީ ކާކުކަމާއި ކޮން ތަނެއްގައި މަސައްކަތް ކުރާ މީހެއްކަން ހޯދާފައިވާކަމުގެ މައުލޫމާތުވެސް އޭރު ފުލުހުންނަށް އެނގިފައިވާ ކަމަށެވެ.

ސީރިއާގައި ހިނގަމުންދިޔަ ދިވެހި ހަނގުރާމަވެރިންގެ ފަރާތުންވެސް ރިލްވާނަށް އިންޒާރު ލިބެމުން ގޮސްފައިވާކަން ފަރީޝާ ފާހަގަ ކުރެއްވިއެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެރޭ 10:00 އިން ރިލްވާން ހުޅުމާލެއަށް ދަންދެން މުހައްމަދު ހާމިދާއި މުހައްމަދު ސުވެއިދު ރިލްވާންގެ ފަހަތުން ދުއްވިއެވެ. އެދެމީހުން އޭގެ ފަހުން ދިޔައީ ސީރިޔާއަށެވެ.

ރިލްވާން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ދިޔައީ 8 އޮގަސްޓްވީ ރޭގެ 1:45 ހާއިރެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ކާރަކީ އާލިފް ރައޫފްގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ކާރެކެވެ. އަދި އާލިފް ރައޫފްވެސް ވަނީ އެއީ އޭނާގެ ކާރެއްކަން އެއްބަސްވެފަ އެވެ.

އެއީ އާންމުކޮށް މާލޭގައި ދުއްވާ ކާރެއް ނަމަވެސް، އެރޭ ކާރު ހުޅުމާލެ ގެންދިޔައީ ސީދާ މި މިޝަންއަށްކަމަށް ފަރީޝާ ވިދާޅުވިއެވެ. ކާރުގެ ތެރެއިން ވަނީ ރިލްވާނުގެ ޑީއެންއޭވެސް ފެނިފައެވެ.

ރިލްވާން ދިއިރުޅޭ 21 ނަންބަރު ފްލެޓުގެ ފުރަތަމަ ބުރީގައި އުޅޭ އަންހެނަކާއި 28 ނަންބަރު ފްލެޓުގައި އުޅޭ އަންހެނެއްގެ ހެކިބަހުން އެނގޭ ގޮތުގައި، މީހަކު ރަތް ކުލައިގެ ކާރަކަށް އެރުވި ކަމަށާއި ވޭނެއް ލިބިގެން ލައްވާ ހަޅޭކުގެ އަޑު އެމީހުންނަށް އިވުނެވެ.

ރިލްވާން އަރުވައިގެން ދިޔަ ކާރުގެ ކުރީގައިތިބި ދެމީހުންގެ ތެރެއިން އެކަކީ އާލިފް ރައޫފެވެ. އަދި ފަހަތުގައި އިނީ ރިލްވާން ގަދަކަމުން ޑިކީއަށްލި މީހާއެވެ. އެކާރު ފަހަތުން ސައިކަލުގައި ދެމީހުން ދިޔައެވެ.

މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ. އެއީ ކޮން ފަރާތެއްގެ ކަނޑު އުޅަނދެއްކަން އަދި އެ ޑައިރެކްޓް ކުރަމުން އައި އައްޑޫގައި ހުރި ކާކުކަން ވެސް މަރު ކޮމިޝަނަށް ހޯދިފައިވެއެވެ.

ދޯންޏަށް އެރުވުމަށްފަހު، ޝަހާދަތް ލައިދީ، ކަރުބުރިކޮށްލުމަށްފަހު، ހަށިގަނޑު ކަނޑު ފައްތާފައިވާކަމަށް ފަރީޝާ ވިދާޅުވިއެވެ. ދޯނީގައި ތިބި މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުންނާއި ކުށް ކުރާ ފަރާތްތައްވެސް ހިމެނޭކަމަށް ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިހާރު ވަނީ މަރުވެފައެވެ. އެމީހުން މަރުވެފައިވަނީ ސީރިއާ ހަނގުރާމައިގައިކަމަށް ބެލެވޭކަމަށް މަރު ކޮމިޝަނުން މައުލޫމާތު ދެއެވެ. ނަމަވެސް އެކަން ރަސްމީ އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި މައްސަލައިގައި ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ސީރިޔާއަށް ދަތުރުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކަކީ، ޏ ފުވައްމުލަކު ދަނޑިމަގު އިސްމާއިލް ޝަބީހު އާއި ސ ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދުއާއި ސ މީދޫ އިރާކު މުޙައްމަދު ހާމިދާއި ތ އޮމަދޫ ނަރުގިސްވިލާ މުޙައްމަދު މުނާޒު އާއި ހ ހިލްޓަން އަޒްލިފް ރައޫފް އަދި ހއ ދިއްދޫ ސޯސަނީ އިބްރާހިމް ސަލާހުއެވެ.

ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތް ކޮށްފައިވޭ!

ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނެވެ. އަދި އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނެވެ.

ހަސަން އަލީ ވަނީ އެކަމަށް ތަހުގީގީ އިދާރާއަށް ބަޔާނެއް ވެސް ދެއްވާފައެވެ. އެކަމުގައި ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމަރު ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު