Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

އުސޫލާ ޚިލާފަށް ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު މަރާމާތުކުރަން ހަވާލުކުރި މައްސަލާގައި 3 މީހަކަށް ދައުވާކުރަން ޕީޖީއަށް

ދައުވާކުރަނީ ސ. ހިތަދޫ ހަނދުވަރީގެ، އާއިޝަތު ރަޝީދުއާއި ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުއާއި ގދ. ގައްދޫ ވިލިގަލާ، އާމިނަތު ޝިހާމާގެ މައްޗަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 11:46
އޭސީސީގެ ރައީސް (ކ)އާއި ޕްރޮސެކިއުޓަރ ޖެެނެރަލް

އޭސީސީގެ ރައީސް (ކ)އާއި ޕްރޮސެކިއުޓަރ ޖެެނެރަލް

އުސޫލުތަކާ ޚިލާފަށް ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލާގައި، ޖެންޑަރ މިނިސްޓްރީގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީއަށް ހުށަހެޅި މިމައްސަލައަކީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ޖެންޑަރ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން އެ ކޮމިޝަނަށް ހުށައަޅައި ތަހުގީގުކޮށްފައިވާ މައްސަލައެކެވެ.

އޭސީސީން ބުނިގޮތުގައި މި މައްސަލާގައި ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ އޭރު ޖެންޑަރ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ސ. ހިތަދޫ ހަނދުވަރީގެ، އާއިޝަތު ރަޝީދުއާއި އޭރުގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ، އާމިނަތު ޝިހާމާގެ މައްޗަށެވެ.

މި މައްސަލައިގެ ތަހުގީގަށް، ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓުކޮށް، އިއުލާނާގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ހަވާލުކުރުމުގެ ބަދަލުގައި، ޖެންޑަރ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏައްކަން ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީން ބުންޏެވެ.

އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް ޖެންޑަރ މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ، އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުދުގައިކަން ތަހުގީގަށް އެނގޭތީކަމަށާއި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 (ހަލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ސާޅީސް ހަ ރުފިޔާ ފަސްދޮޅަސް ލާރި) ބޮޑު އަގުގައިކަން ތަހުގީގަށް އެނގިފައިވާތީ ކަމަށްވެސް އޭސީސީން ބުންޏެވެ.

މިމައްސަލާގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކުރަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންގދ. ތިނަދޫޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު