Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮޅިވަރަމްފަރުގައި ސަހަރާ ބަލާފާސްކުރުން

ނޮޅިވަރަމްފަރުގައި ސަހަރާ ބަލާފާސްކުރީ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން: ފުލުހުން

ނޮޅިވަރަމްފަރުގައި ސަހަރާ ތެރޭގައި މަހާނަ އެއް ކައިރި ކޮންނަ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 10:48
ހދ.ނޮޅިވަރަންފަރު

ހދ.ނޮޅިވަރަންފަރު

ހދ.ނޮޅިވަރަމްފަރުގެ ސަހަރާ ބަލާ ފާސްކޮށްފައި ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ނޮޅިވަރަމްފަރު ގައި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 23:30 އެހާކަންހާއިރު ފުލުހުން ތިބެގެން އާންމުންގެ ބަޔަކު އެރަށު ސަހަރާ ކޮނެފައިވާ މައްސަލަ އެއް ވަނީ ފެންމަތިވެފައެެވެ. އެކަން އެފަރާތްތަކުން ކޮށްފައިވަނީ "ރުގްޔާ" ކުރުމުގެ ނަމުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. ސަހަރާ ކޮނެފައި ވަނީ އެ ރަށު އަންހެނަކަށް ސިހުރު ޖެހުމުން ރުޖްޔާ ކުރަން ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެ މަސައްކަތް ކުރީ ކައުންސިލްގެ ހުއްދައަކާއި ނުލާ، ކައުންސިލުން ތަކުރާރުކޮށް އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުން ދަނިކޮށް ކަަމަށެވެ. ، ސަހަރާ ކޮނުމަށްފަހު، މިހާރު ކޮނުނު ވަޅަށް ވެލި އަޅާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

"ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޮޅިވަރަމްފަރުގެ ސަހަރާ ބަލާފާސްކޮށްފައި ވަނީ އެ މުއައްސަސާ އަށް ހުށހަޅާފައިވާ ސިހުރުހެދިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލުހުންނަށް ހުށަހަަޅާ މައްސަލަތައް ތަހުގީގުކުރުމުގައި އާއްމުކޮށް އަމަލުކުރާ އުސޫލާއި އެއްގޮތަށް އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަހަރާ ބަލާ ފާސްކޮށްފައި ވަނީ ކައުންސިލް އަށް އެންގުމަށް ފަހުގައި ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ފުލުހުން ސަހަރާ ބަލާ ފާސްކުރީ ފޮރެންސިކް ބޭނުމުގައި ކަމަށް އެ މަސައްކަތުގައި އުޅުނު ފުލުހުން ކައުންސިލްގައި ބުނެފައިވާ ކަމަށެވެ. ސަރަހާ ކޮނުމުގެ ހުއްދަ އަށް ކައުންސިލްގައި އެދުނީ ސިހުރު ޖެހުނު ކަމަށް ބުނާ އަންހެން މީހާގެ އާއިލާގެ ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންތައްތަކާއި ގުޅޭ ޔުނިޓުގައި ލަފައަކަށް އެދުމުން ޝަރުއީ ގޮތުން ބަލާ އިރު އެގޮތަށް ސަހަރާ ކޮނުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި ހުއްދަ ދިނުން ރަނގަޅު ނޫން ކަމަށް އެ މިނިސްޓްރީ އިން ލަފާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލުން ވާނީ ސަހަރާ ނުކޮނުމަށް އަންގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އާއްމުންގެ ބަޔަކު ފުލުހުންގެ ހާޒިރުގައި ސަހަރާ ކޮނެފައިވާތީ އެކަން ހިނގި ގޮތް ބަލާ ދިނުމަށް އެދި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި، ހޯމް މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ނަދީމް ވަނީ މި މައްސަލައިގައި ފުލުހުންގެ އަމަލުތަކާއި މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ފޮރެންސިކްގެ ބޭނުމަށް ސަހަރާ ކޮނުނުކަމަށް ބުނާ އިރު އާއްމުންގެ ބަޔަކު ސަހަރާ ކޮނުނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި ފޮރެންސިކް ތަހުލީލަށް އެ ސަރަހައްދުން އެއްވެސް އެއްޗެއް ނަގާފައި ނުވާ ކަމަށާއި، ފޮރެންސިކް އިން އާއްމުކޮށް އަމަލުކުރާ އުސޫލަށް އަމަލުކޮށްފައި ނުވާ ކަަމަށް އޭނާ ތުހުމަތުކުރެއެވެ. ކައުންސިލުން މިހެން ބުނި ނަމަވެސް ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ފުލުހުންގެ އުސޫލާއި އެއްގޮތަށް ކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސަރަހާ ކޮނެގެން ނަގާފައިވަނީ ސިހުރު ހަދާފައިވާ ހިރި ގަލެއް ކަމަށް ނޮޅިވަރަމްފަރު ކައުންސިލުން ބުނެއެވެ. އަދި އެ ހިރިގާ ނެގުމުން ސިހުރު ޖެހިފައިވާ ކުއްޖާގެ ހާލު ރަނގަޅުވަމުންދާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ނޮޅިވަރަމްފަރުގައި ސަހަރާ ތެރޭގައި މަހާނަ އެއް ކައިރި ކޮންނަ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ހދ. ނޮޅިވަރަންފަރުޕޮލިސްސިހުރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު