Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޣާޒީ ސްކޫލުގެ މައްސަލަ

ޣާޒީ ސްކޫލުގެ މުދަލާއި ފައިސާ ގަވާއިދާ ހިލާފަށް ބޭނުންކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފި

ސްކޫލުގެ މުވައްޒަފުންތަކެއް އިޙްތިޖާޖު ކުރި މައްސަލަ ވެސް ދަނީ ބަލަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2022 | ބުދަ 10:37
 ޣާޒީ ސްކޫލް

ޣާޒީ ސްކޫލް

ޣާޒީ ސްކޫލުގެ 2 މުވައްޒަފެއްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޣާޒީ ސްކޫލުގައި ގަވާއިދާއި ޚިލާފަށް ހިގި ބައެއް ކަންކަމާއި ގުޅޭގޮތުން އެ މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ސްކޫލުގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ގުޅުންހުރި މައްސަލަތައް ފާހަގަކުރެވި އެކަންކަން އިތުރަށް ބެލުމަށް މިނިސްޓްރީން އިންޓަރނަލް އޮޑިޓް ސެކްޝަނުން އޮޑިޓެއް ހަދާފައިވާ ކަމަށެވެ.

މި އޮޑިޓުގެ ތެރޭގައި ސްކޫލުގެ މުދަލާއި ފައިސާ ހަަރަދުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވި އެ މައްސަލަތައް ބެލުމަށް އިދާރީ ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އަދި މި އިދާރީ ތަހުގީގު ކުރިއަށްދިޔަ މަރުހަލާގައި، ބަލަމުންދިޔަ ކަންކަމުގެ އިތުރުން، އިތުރު ކަންކަމުގެ މައުލޫމާތު ލިބި ބަޔާންތައް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިޔަކަމަށެވެ. ނަމަވެސް މައްސަލައިގެ އިދާރީ ތަހުގީގު ނިމި މައްސަލައިގެ ރިޕޯޓް އެކުލަވާލާ، ރިޕޯޓުން ފާހަގަކުރެވުނު ކަމަކަމަށް ރިއާޔަތްކޮށް އިހުމާލުވާ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މައްސަލަތަކުގެ ރިޕޯޓް ނިމުނުފަހުން ސްކޫލް މެދުވެރިކޮށް ސްލޫކުގެ 2 މުވައްޒަފަކާ ގުޅޭ ޑޮކިއުމެންޓް ފޯޖްކުރި މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅި އެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ. އަދި ސްކޫލުގެ މުވައްޒަފެއް، ސްކޫލަށް ލިބިފައިވާ ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅި، އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ދެކަމަކީ ވެސް އޭގައި ޖިނާއީ ކުށްތަކެއް ހިމެނޭ މައްސަލަތަކަށްވާތީ އެ މައްސަލަތައް އިތުރަށް ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ، މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން ބަދަލުކުރެވުނީ، ދިވެހި ސިވިލްސަރވިސްގެ ގަވާއިދުގެ 86 ވަނަ މާއްދާގައި ބުނާގޮތަށް "އިދާރީގޮތުން ގެނެވޭ ބަލެއްގެ ސަބަބުން ސަރުކާރުގެ އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލުކުރެވުން" މި ނުކުތާއަށް ރިއާޔަތްކޮށް ކަމަށެވެ.

އަދި އެފަރާތާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަމުގައި މުވައްޒަފު ޖަވާބުދާރީ ކުރުވުމުގެ މަރުހަލާ ކުރިއަށްދާއިރު ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި އެ ފަތާތް ހުރުމަކީ އެކަމުން ސްކޫލަށް އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއްކަމުގައި ފާހަގަކުރެވޭކަމަށެވެ. އަދި މި ބަދަލު މިގޮތަށް ގެނެވުނީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލާ ފޯނުން ގުޅައި އެކަމުގެ މައުލޫމާތު އެފަރާތާ ހިއްސާކޮށް މަޝްވަރާކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެޑްމިނިސްޓްރޭޓަރ، މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީގޮތުން ބަދަލުކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތަކު ނޫން ކަމަށާއި، އެފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލުކުރި ކުރުމެއްގެ ގޮތަކުވެސް ނޫން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މައްސަލަތަކާ ގުޅިގެން ސްކޫލްގެ އެޑްމިނިސްޓްރޭޓަރ ހިމެނޭގޮތަށް އިސްލާހީ ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން، ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކކުރާ ޖަވާބުދާރީވުމުގެ ފުރުސަތު އެފަރާތްތަކަށް ދެވޭނެކަމަށެވެ. އަދި ޖަވާބުދާރިއާއެކު މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ސިވިލްސަރވިސް މަޝްވަރާގެ މަތިން ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިގޮތަށް މިނިސްޓްރީން އަމަލުކުރަމުން ދަނިކޮށް، އަދި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލް ހިންގުމާއި ހަވާލުވެހުރި ފަރާތާ ހިއްސާކުރަމުން ގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާކަމަށް ބުނެ ސްކޫލުގެ މުވައްޒަފުންތަކެއް އިޖްތިޖާޖު ކުރި މައްސަލައެއް ބަލަންފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ކަމުގެ ހަގީގަށް އޮޅުވާލާ، ސްކޫލާއި މިނިސްޓްރީ ބަދުނާމުވާ ގޮތަށް ދޮގު މައުލޫމާތު މީޑިއާތަކާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލާ ނިމުމަށްފަހު ސިވިލް ސަރވިސްގެ ގަވާއިދާއެގޮތަށް އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިސްލާހީ ފިޔަވަޅުއަޅާނެ ކަމަށްވެސް މިނިސްޓްރިގެ ބަޔާނުގައި ބުނެފައިވެއެވެ.

ޣާޒީ ސްކޫލްމިނިސްޓްރީ އޮފް އެޑިއުކޭޝަން މުޒާހަރާ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
16 ސެޕްޓެމްބަރު 2025

މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

16 ސެޕްޓެމްބަރު 2025
މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!
01 ސެޕްޓެމްބަރު 2025

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު