Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ

އެލްޖީއޭގެ ނައިބު ރައީސަކަމަށް މިންނާ އިންތިޚާބުވެއްޖެ

26 ޖޫން 2017 | ހޯމަ 18:22

މިންނާ ތަމްޞީލުކުރައްވަނީ ޖެންޑަރ އީކުއަލިޓީގެ ދާއިރާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ޖޫން 2017 | ހޯމަ 18:22
އެލްޖީއޭގެ ނައިބުރައީސްކަމަށް އިންތިޚާބުކުރި މިންނާ ރަޝީދު

އެލްޖީއޭގެ ނައިބުރައީސްކަމަށް އިންތިޚާބުކުރި މިންނާ ރަޝީދު

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމާއި ގުޅޭ މައި އިދާރާ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އައު ބޯޑުގެ ނައިބު ރައީސް ކަމަށް މިންނާ ރަޝީދު އިންތިޚާބުކޮށްފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު، އެލްޖީއޭގެ ބޯޑު އަލުން އެކުލަވައިލިއިރު، މި ބޯޑުގައި ހިމެނިވަޑައިގަންނަވާ ފ. ނިލަންދޫ ހަތިކޮޅު، މިންނާ ރަޝީދަކީ، ޖިންސީ ހަމަހަމަކަމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ޤާނޫނުގައި ވާފަދައިން، އެލްޖީއޭގެ ބޯޑުގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުން، މިންނާ މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

އެލްޖީއޭގެ ބޯޑަށް ނައިބު ރައީސަކު އިންތިޚާބު ކުރިއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވަނީ، އެ ބޯޑުގެ ރައީސްކަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ކެބިނެޓް މިނިސްޓަރެއް ކަމަށެވެ.

އެގޮތުން މިހާރު އެ ބޯޑުގެ ރައީސްކަން، ރައީސް ޔާމީން ހަވާލުކުރައްވާފައިވަނީ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއެވެ.

އެލްޖީއޭގެ ބޯޑުގައި ކުރިން 9 މެންބަރުން ތިއްބެވި ނަމަވެސް، އެލްޖީއޭގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް މިހާރު އެ ބޯޑުގެ މެންބަރުންގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. އެގޮތުން، އެ ބޯޑުގެ ރައީސް، ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި، ނައިބު ރައީސް މިންނާ ރަޝީދުގެ އިތުރުން ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ ހަސަން) އާއި ގއ. ކަނޑުހުޅުދޫ ހެޕީކޯނަރު އާމިރު އަލީ އަދި އެ ބޯޑުގެ ސީއީއޯއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެލްޖީއޭގެ ބޯޑުގެ ނައިބު ރައީސަކަށް އިންތިޚާބުކުރި މިންނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު، ޑރ. ޢަބްދުﷲ ޚަލީލް އާއި ދެބެންގެ ދެދަރި ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

11 އެޕްރީލު 2017
އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
10 އެޕްރީލު 2017

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!
31 މާރިޗު 2017

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް