Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަމުގައި އަޅާ މިސްކިތް

ގަމު ތުނޑީ އަވަށުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

މި މިސްކިތަށް ޖުމްލަ 16،818،646.27 ހަރަދުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 08:18
ގަން ތުނޑި އަވަށުގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގަން ތުނޑި އަވަށުގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ޚަރަދުވާނެއެވެ.

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިސްކިތްތައް ޢިމާރާތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވާ، މިސްކިތްތައް ޢިމާރާތްކުރައްވާ ބޭފުޅުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު އަލަށް އިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަން ފާހަގަކުރައްވާ އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލ.ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ލ. ގަމުގައި ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ.

އަދި މިހާރު ލ. ގަމުގައި އިމާރާތްކުރަން އެއްބަސްވެވުނު މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް ވިދާޅުވިއެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.

ލ. ގަންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އޮކްޓޯބަރު 2025
ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

22 އޮކްޓޯބަރު 2025
މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފި ކަން މުއިއްޒު އިޢުލާން ކުރައްވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު