Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

މުޅި ދުނިޔޭގައި ވެސް މޮރޮކޯއަށް އިހުތިރާމް، މޮޅުވާން އެދި ކުރަނީ ދުޢާ

މޮރޮކޯ އަކީ ވޯލްޑް ކަޕުގެ ސެމީ އަށް ދިޔަ ފުރަތަމަ އެފްރިކާގެ ގައުމު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 08:04
ޕޯޗުގަލް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން

ޕޯޗުގަލް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން

ފްރާންސާއި މޮރޮކޯ ވޯލްޑް ކަޕް ސެމީ ފައިނަލުގައި މިރޭ ކުޅޭ މެޗު އެންމެ ހާއްސަ ވަނީ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށެވެ. އޭނާ އަކީ މުސްލިމެކެވެ. މިދިޔަ ޑިސެމްބަރު މަހު އޭނާގެ އަލަތު ކައިވެނި ކުރީ ގިނަ ބަޔަކަށް އަންގާލުމެއްވެސް ނެތި ކުއްލި ގޮތަކަށެވެ. ސްޕެއިނުގެ ބާސެލޯނާ އަށް ކުޅޭ ޑެމްބެލޭ ހަޔާތުގެ ބައިވެރިއަކަށް އޭނާ އިހްތިޔާރު ކުރީ މޮރޮކޯގެ އަންހެނެއް ކަމަށްވާ ރީމާ އެޑްބައުޗްއެވެ. ރީމާ އަކީ މޮރޮކޯގެ ސަގާފަތާއި އާދަކާދައަށް ވަރަށް ބޮޑަށް ލޯބިކުރާ، އަދި އެކަންކަމަށް ހިތްޖެހިފައިވާ އަންހެނެކެވެ. މިހެންވެ އޭނާ އާއި ޑެމްބެލޭނެ ކައިވެނި ބޭއްވީ މޮރޮކޯގެ ޒަމާންވީ އާދަތަކާއެކު ހާއްސަ ރަސްމިއްޔާތެއްގައެވެ. ރީމާ އާއި ޑެމްބެލޭ ބައްދަލުވީ ކިޔަވަން ފްރާންސްގައި އުޅެނިކޮށެވެ. މިހާރު ވެސް ޔުނިވަސިޓީގައި މަތީ ތައުލީމަށް ކިޔަވަމުންދާ ރީމާ އަކީ އެތައް ބަޔަކު ފޮލޯކުރާ ޓިކްޓޮކް ސެލްބްރިޓީ އެކެވެ.

މިރޭ ރީމާ ސަޕޯޓް ކުރާނީ ފިރިމީހާގެ ގައުމު ފްރާންސަކަށް ނޫނެވެ. އޭނާ އާއި ޑެމްބެލޭ އަށް މި އަހަރު ލިބުނު އަންހެން ދަރިފުޅުގެ ބައްޕަގެ ގައުމަކަށް ވެސް ނޫނެވެ. ރީމާ ސަޕޯޓް ކުރާނީ އޭނާގެ ގައުމު މައުރިބް ކަރައަށެވެ. ނަމަވެސް ޑެމްބެލޭ އަތުކުރި އޮޅާލައިގެން ހުރީ އޭނާގެ ގައުމު، ފްރާންސް ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދިނުމަށެވެ. އެކަމަކު ކޮންމެ ގޮތަކަށް މެޗު ނިމުނަސް ޑެމްބެލޭގެ ދެމަފިރިން އެކަކު އަނެއްގެ އުފަލާއި ހިތާމައިގައި ބައިވެރި ކަރުނަ އޮއްސާލާނެއެވެ.

މި މެޗަށް ނުކުންނައިރު މޮރޮކޯ އަކީ މިހާރު މުޅި ދުނިޔޭގެ ޓީމަކަށްވެއްޖެއެވެ. އެންމެ ގަދަ ފަދަ ސަޕޯޓަރުން ތިބީ މޮރޮކޯގައެވެ. މުޅި ދުނިޔެއިން އިވެނީ އެމީހުނަށް އޮތް ލޯތްބާއި އިހްތިރާމާއި އެމީހުން މޮޅުވާން ބޭނުންވެގެން އެކަމަށް އެދި ކުރާ ދުއާތަކުގެ އަޑެވެ. ހަގީގަތުގައި ވެސް މޮރޮކޯ އަކީ ތާރީހީ ޓީމެކެވެ. އެއީ ވޯލްޑް ކަޕުގެ ސެމީ އަށް ދިޔަ ފުރަތަމަ އެފްރިކާގެ ގައުމެވެ. ފުރަތަމަ އަރަބި ގައުމެވެ. މުސްލިމް ގައުމެކެވެ. މިހެންވެ މި މުބާރާތުގައި އެމީހުން ކުޅެނީ ހަމައެކަނި މޮރޮކޯއަށްޓަކައި އެކަންޏެއް ނޫނެވެ. މުޅި އެފްރިކާ އާއި އަރަބީންނާއި އިސްލާމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިދޭ ބަޔަކީ މޮރޮކޯގެ ފުޓްބޯޅަ ޓީމެވެ.

މޮރޮކޯގެ އެންމެ ގަދަފަދަ ޑިޕާޓްމަންޓަކީ ޑިފެންސް ލައިނެވެ. އެމީހުން ކޮޅަށް މިހާތަނަށް ވަނީ އެންމެ ގޯލެކެވެ. އެވެސް މޮރޮކޯ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މޮރޮކޯގެ ދިފާއީ ފާރު ފޫ ދުއްވާނުލެވެނީ އެއީ ވަރަށް ރޭވުންތެރިކަމާއެކު ޑިފެންސް ކުރާ ބައެއްކަމުންނެވެ. މިރޭ ފްރާންސާ ދެކޮޅަށް މޮރޮކޯ ކުރާނެ އެންމެ މުހިންމު ކަމަކީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ އެއް ފޯވަޑް ކީލިއަން އެމްބާޕޭ ދުވަން ފަހަތުން ޖާގައެއްނުދިނުމެވެ. މޮރޮކޯ ޓީމުން މިކަމާ ހަވާލުވާނީ ފްރާންސްގެ ޕީއެސްޖީގައި އެމްބާޕޭގެ ބެސްޓް ފްރެންޑް އަޝްރަފް ހަކީމީއެވެ. މޮރޮކޯ މުބާރާތުގައި ކުރި މަދު އެޓޭކްތަކުގައި ޑިފެންސްކޮށްފައި ހަކީމީ މުހިންމު ދައުރެއް އަދާކުރީ އެހާމެ މޮޅަށް ޑިފެންސްކުރަމުންނެވެ. އެކަމަކު އެމްބާޕޭ ފަދަ ބާރަށް ދުވާ ކުޅުންތެރިއަކު ކަވަރުކުރަމުން އަޝްރަފް ހަކީމީ އަށް މިރޭ ޑިފެންސް ކޮށްފައި އެޓޭކް ކުރުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި އެމްބާޕޭ ހުއްޓުވަން އުޅެފިނަމަ އެކަން ނުވެދާނެއެވެ. އެންމެ މޮޅު ގޮތަކީ އިނގިރޭސި މެޗުގައި ކޭލްވޯކާ ހެދިހެން އެމްބާޕޭ ބަލަހައްޓަމުން ދިއުމެވެ. އެކަމަކު އޭނާ ދެމިގަންނަ ވަގުތުތަކެއް ލިބޭތީވެ އެމްބާޕޭ ކުރިމަތީގައި ހަކީމީ ވާންޖެހޭނީ މޮންސްޓާއަކަށެވެ.

މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޯނޫ އަކީ ވޯލްޑްކަޕުގައި އެންމެ މޮޅަށް ކުޅެމުންދާ އެއް ކީޕަރެވެ. މިޑްފީލްޑަރުން ކަމަށްވާ ސޮފްޔާން އަމްބަރަތު އާއި އަޒެއްދީން އޮހުނާއީ އަކީ ޓީމު ލައްވައި ކުޅުވައިދޭ ޓީމުގެ މައި ދެ ތަނބެވެ. ވިންގަށް ކުޅޭ ދެ ކުޅުންތެރިންގެ ތެރެއިން ސޮފިޔާން ބައުފަލް އާއި ހަކީމް ޒިޔެޗް އަކީ އިދިކޮޅު ޓީމަކަށް ކުރިމަތިވާނެ ތުރާބޮޑު ދެ ކުޅުންތެރިންނެވެ. މިއާއެކު މޮރޮކޯ ވެފައިވަނީ ނަފްސާނީ ގޮތުން ވެސް ވަރުގަދަ ޓީމަކަށެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުނަސް އެއީ ވަރުބަލިކަން ނުދައްކާ ހިތްވަރާއެކު ކުޅޭ ބުންވަރު ގަދަ ޓީމެކެވެ. މިއާ ހިލާފަށް ފްރާންސުން އިނގިރޭސީންނާ ދެކޮޅަށް ގިނަ ޕެނަލްޓީތަކެއް ދިނުމުގެ މާނައަކީ ނަފްސާނީ ގޮތުން އެމީހުން މެޗަށް ފުރިހަމައަށް ތައްޔާރުނުވާކަމެވެ. މީގެ އެޑްވާންޓޭޖް ނަގަން މޮރޮކޯ މިރޭ ވަރަށް ބޮޑަށް މަސައްކަތްކުރާނެއެވެ.

މޮރޮކޯއާ އަޅާ ބަލާއިރު ފްރާންސްގެ ފޯވަޑް ލައިން ވަރުގަދައެވެ. އެމްބާޕޭ އާއި އޮލީވިއާ ޖީރޫޑް އަދި އެންޓޮއިން ގްރިއެޒްމަން އާއި އޮސްމާނޭ ޑެމްބެލޭ އަކީ ދުވެލި ބާރު ގޯލު ކުރިމަތީގައި އެހާމެ ނުރައްކާ ކުޅުންތެރިންނެވެ. މޮރޮކޯ އަށް މިރޭގެ މެޗަށް ނުކުންނައިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑްލައިނާ ކުރިމަތިލާއިރު ދިފާއީ ފާރުގައި ރެނދުލާފައިވުމެވެ. އަޝްރަފް ހަކީމީ އަށް ވަނީ ހާނިއްކަވެފައެވެ. ޕޯޗުގަލް މެޗުގައި ރޯމަން ސައިސްގެ ފަޔަށް ލިބުނު އަނިޔާއަކާއެކު ދަނޑުން ބާލަން ޖެހުނެވެ. ބެންޑޭޖާއި މާސްކިން ޓޭޕް އަޅައިގެން ކުޅެން ނުކުތަސް އޭނާގެ ފައިގައި އަދިވެސް ތަދު އެބަހުއްޓެވެ. ނަޔީފް އަގުއާޑަށް ޕޯޗުގަލް މެޗު ވެސް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ނުސައިރް މަޒްރައުއީ ވެސް ހުރީ މިހާލުގައެވެ. މި ދެ މީހުންނަށް ވެސް މިރޭ ކުޅެވޭނެކަން ޔަގީނެއް ނޫނެވެ. ސުޕަ ސަބް ވަލީދު ކަދީ އަށް ވެސް ދެ ކާޑު ހަމަވެއްޖެއެވެ. މިހެންވެ ފަހަތް ލީޑްކުރަން ގަދަކޮށް ހުރީ ޔޫސުފް އެން ނަސީރީ އެކަންޏެވެ. މިއީ މޮރޯކޯގެ ކޯޗު ވަލީދު ރެގްރާގީގެ އެންމެބޮޑު ކަންބޮޑުވުމެވެ. ހާނިއްކަވެފައި ހުއްޓަސް އަޝްރަފް ހަކީމީ ލައްވައި ކުޅުވަން ކޯޗު ނިންމީ ވެސް މި ސަބަބުތަކާހެދިއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މޮރޮކޯކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު