Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ފާޑުކިޔުންތަކަށް އިލެކްޝަން: " ފާޑުކިޔަނީ ސިޔާސީ ގޮތުން، އިންތިޚާބާއި ގުޅިގެން އެމްއެންޑީއެފް އާއި އަބަދުވެސް މަޝްވަރާކުރޭ "

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި އީސީ އިން ވަނީ ބައްދަލުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2022 | ބުދަ 10:24
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

2023 އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެމްނއެންޑީއެފް އާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުން އެކަމަށް ފާޑުކިޔަނީ ސިޔާސީ ގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައ މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އެ ޓްވީޓާއި ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު އާއި ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހްމީ ހިމެނޭހެން ބައެއް ބޭފުޅުން ވަނީ އިންތިޚާބާއި ގުޅިގެން އެމްއެންޑީއެފް އާއި އެއްކޮށް އިލެކްޝަންސް ކޮމިޝަނުން ކުރަނީ ކޮން މަޝްވަރާއެއްތޯ ސުވާލުކުރައްވާފައެވެ. އެކަމާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުޢާދު ވިދާޅުވީ މީގެ ކުރިން އިންތިޚާބުތަކުގައި ވެސް އެމްއެންޑީއެފް އާއި އެކު ބައްދަލުވުންތައް އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ކަމަށެވެ.

ފުލުހުންގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާ އިރު އިންތިޚާބުގެ ދުވަސްވަރާއި ގުޅުން ހުރި ސަލާމަތީ ބައެއް ކަންކަމާއި ބެހޭގޮތުން އެ އިދާރާ އާއި އެކު މަޝްވަރާކޮށްފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ މުވައްޒަފުންނަކީ ވަޒީފާގެ ސަބަބުން ދަތުރުފަތުރުކުރަން ޖެހޭ ބަޔަކަށް ވުމުން ވީހާވެސް ފަސޭހަކަމާއި އެކު ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސާދޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެމްއެންޑީއެފް ނޫން އެހެން އިދާރާތަކާއި އެކު ވެސް މަޝްވަރާކޮށް އެއްވެސް ބަޔަކަށް ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އިލެކްޝަންސް ކޮމިޝަނާއި ގުޅުން ހުރި ކަންކަމާއި މެދު އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓަރ އާއި އެކު މަޝްވަރާކޮށްފައިވާނެ ކަަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންތިޚާބު ބޭއްވި އިރު އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އާއި އެކު ގިނަ މަޝްވަރާތަކެއް ބާއްވާފައިވާނެ ކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. ފުއާދު ވިދާޅުވީ މިއީ އެމްޑީޕީގެ ސަރުކާރެއް އޮވެގެން އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރު ކަަމަށެވެ. އެހެންކަމުން ބައެއް ކަހަލަ ފާޑުކިޔުންތައް އެކޮމިޝަނަށް ބޮޑަށް އަމާޒުވާކަން ފާހަގަކުރެވޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ހުރިހާ ކަމެއް ވީހާވެސް ރަނގަޅަށް އިންތިޒާމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާކަމުގެ ޔަޤީންކަން އެ ކޮމިޝަނުން އާއްމުންނަށް ދޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ތައުފީގުއެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު