Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އެފްރިކާގެ ސިޔާސީ މަސްރަހު

ދެކުނު އެފްރިކާގެ ރައީސް އިމްޕީޗް ނުކުރަން އެ ޤައުމުގެ މަޖިލީހުން ފާސްކޮށްފި

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ބޭރު ފައިސާ އެމަނިކުފާނުގެ ފަރމްއިން ފެނިފައިވާ ކަމަށް ބުނެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޑިސެމްބަރު 2022 | ބުދަ 02:14
ރާމަފޯސާ

ރާމަފޯސާ

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ އިމްޕީޗް ނުކުރުމަށް އެ ޤައުމުގެ މަޖިލީހުން ނިންމައި، އެ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ ބެލުމާ ގުޅޭގޮތުން އެ ޤައުމުގެ މަޖިލީހުގައި ވޯޓު ނަގާފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ބޭރު ފައިސާ އެމަނިކުފާނުގެ ފަރމްއިން ފެނިފައިވާ ކަމަށް ބުނެ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މަޖިލީހަށް ވެއްދި މައްސަލައެކެވެ.

އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ލީޑަރަކަށް ހުންނެވި ރާމަފޯސާގެ މައްޗަށް މި ތުހުމަތުތައް ކޮށްފައިވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލައްވަން ނިންމަވާފައި ވަނިކޮށެވެ. އެމަނިކުފާނު ވަނީ ޤާނޫނާ ޚިލާފު އެފަދަ އެއްވެސް އަމަލެއް ނުހިންގަވާކަމަށް ވިދާޅުވެ، އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އޭއެންސީން ވަނީ އޭ ޕާޓީގެ ހުރިހާ މެންބަރުންނަށް އެ މައްސަލަ މަޖިލީހުން ބޭރު ކުރުމަށް ވޯޓު ދިނުމަށް އަންގާފައެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން މައްސަލަ ބަލަން ވޯޓު ދީފައެވެ. އެހެންނަމަވެސް ބޭނުންވާ އަދަދަށް ވޯޓު ނުލިބުމުން މައްސަލަ ނުބަލަން ވަނީ ނިންމާފައެވެ.

ރާމަފޯސާ ދެކުނު އެފްރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުއެވެ. ވެރިކަމަށް ވަޑައިގެން އެ ޤައުމުން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައުތު އެފްރިކާ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި
10 އޮކްޓޯބަރު 2025

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟
19 މާރިޗު 2024

ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި

19 މާރިޗު 2024
ކޮރަޕްޝަނުގެ ތުހުމަތުގައި ދެކުނު އެފްރިކާގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރުގެ ގެ ބަލައިފާސްކޮށްފި
13 ޖެނުއަރީ 2024

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟

13 ޖެނުއަރީ 2024
ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އީޔޫ ހިމޭނުން އޮތީ ކީއްވެ؟
06 ޑިސެމްބަރު 2023

މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟

06 ޑިސެމްބަރު 2023
މަންޑޭލާ "މެޖިކް" އަދިވެސްއެގޮތުގައި އެބައޮތްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު