Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއާއި ޗައިނާ ސިފައިން ހަމަލާ ބަދަލުކުރުން

ބޯޑަރު ސަރަހައްދުގައި އިންޑިޔާއާއި ޗައިނާ ސިފައިން ހަމަލާ ބަދަލުކޮށްފި

ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ޗައިނާ ސިފައިން ބޯޑަރު ހުރަސްކޮށް އިންޑިޔާ ސަރަހައްދަށް ވަނަނުދީ ހިފަހައްޓާފައިވާކަމަށް އިންޑިޔާއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޑިސެމްބަރު 2022 | އަންގާރަ 11:27
އިންޑިޔާގެ ޑިފެންސް މިނިސްޓަރު

އިންޑިޔާގެ ޑިފެންސް މިނިސްޓަރު

2020 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗައިނާއާއި އިންޑިޔާ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރުންތަކެއް ހިނގައިފިއެވެ.

ހަމަލާ ބަދަލުކުރުންތަކާ ގުޅޭގޮތުން އިންޑިޔާގެ ޑިފެންސް މިނިސްޓަރު ރާޖަނަތު ސިންގ ވިދާޅުވީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ޗައިނާ ސިފައިން ބޯޑަރު ހުރަސްކޮށް އިންޑިޔާ ސަރަހައްދަށް ވަނަނުދީ ހިފަހައްޓާފައިވާކަމަށެވެ. މި ހަމަލާ ބަދަލުކުރުމުގައި ދެ ފަރާތުގެ ސިފައިންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރުން ހިނގާފައިވަނީ ދެ ގައުމުގެ މެދުގައި މިލްކުވެރިކަމާމެދު އަރައިރުން އުފެދިފައިވާ ސަރަހައްދުކަމުގައިވާ، އިންޑިޔާގެ އިރުއުތުރު ހިމާލަޔަން ސްޓޭޓްގެ ތަވަންގް ސެކްޓަރުގައެވެ.

އިންޑިޔާގެ ޑިފެންސްއާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާގޮތުގައި، ބޯޑަރު ސަރަހައްދުގައި ޕެޓްރޯލްކުރަމުން ދިޔަ ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރުން ހިނގާފައިވާއިރު، އެންމެ ބޮޑަށް ހަމަލާ ބަދަލުކުރުންތައް ހިނގިއިރު ބައެއް ސިފައިން ވެއްޓި އަނިޔާ ލިބިފައިވާކަމަށެވެ.

އެހެން މަސްދަރުތަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާގޮތުގައި، ދެ ފަރާތުގެ ސިފައިންވެސް ވަނީ އެއް ބަޔަކު އަނެއް ބަޔެއްގެ ސަރަހައްދީ އިން ހުރަސްކޮށް އަނެއް ސަރަހައްދަށް ވަދެފައެވެ.

މި ހަމަލާ ބަދަލުކުރުންތަކާ ގުޅިގެން އިންޑިޔާގެ ޑިފެންސް މިނިސްޓަރު ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ހަމަލާ ބަދަލުކުރުންތައް އެހާ ބޮޑަށް ނުހިނގާކަމަށެވެ. ދެ ފަރާތުގެ ސިފައިންނަށްވެސް ކުދި އަނިޔާތައް ވެފައިވާކަމަށާއި މާބޮޑު އަނިޔާއެއް އެއްވެސް ގައުމެއްގެ ސިފައިންނަށް ވެފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕަރސަން ވެންގ ވެންބިން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޯޑަރު ސަރަހައްދު މިހާރު ހަމައަކަށް އެޅިފައިވާކަމަށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ބުނަމުން އަންނަނީ ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމުނުވާހާ ހިނދަކު އިންޑިޔާއާއި ޗައިނާގެ ގުޅުން ރަނގަޅުނުވާނެކަމަށެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު ބޯޑަރު ސަރަހައްދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިންޑިޔާ ސިފައިންގެ 20 މީހުން މަރުވެފައިވާއިރު، ޗައިނާ ސިފައިންގެ ހަތަރު މީހުން މަރުވިއެވެ.

އިންޑިއާޗައިނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު